ނިރުބަވެރި ހަމަލާއެއް އަންނަން އުޅޭ ކަމުގެ މައުލޫމާތު ރައްޔިތުންނަށް ނޭނގި އޮތީ ކީއްވެ ކަމުގެ ސުވާލު އުފެއްދެވީ އެއްވެސް ހާލަތެއްގައި ދިވެހި ރައްޔިތުން ގޯސް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ދެކެވުނު ވާހަކަތަކަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ސިފައިންގެ ތަހުގީގާއި ފިޔަވަޅުތައް ސާފުކޮށްދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ ވަނީ މިފަދަ ކަމެއް ކުރަން އުޅޭ ކަން އެއްވެސް ރައްޔިތަކަށް ނޭނގެނީތޯ ސުވާލު ކުރައްވައިފައެވެ. މިކަމާ ގުޅިގެން ކަމުގެ ޒިންމާ "ރައްޔިތުންނަށް" ދޫކޮށްލީ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ވާހަކައަށް ފާޑުކިޔަމުންނެވެ.

ޒަކަރިއްޔާ "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ސުވާލު އުފެއްދެވުމުގެ އޭނާގެ ނިޔަތަކީ އެއްވެސް ހާލަތެއްގައި ދިވެހި ރައްޔިތުން ބަދުނާމު ކުރުން ނޫން ކަމަށެވެ. އަދި އޭނާ ރައްޔިތުންނަށް ދޭން ބޭނުންވި މެސެޖަކީ ވެސް މި ދަނޑިވަަޅަކީ ބަދުނާމު ކުރަންވީ ކޮން އިދާރާއެއް ކަން ބެލުން ނޫން ކަމުގައި ޒަކަރިއްޔާ ވިދާޅުވިއެވެ.

"އަސްލު ބުނި އަޅުގަނޑުގެ އެ މެސެޖަކީ ރައްޔިތުން ހޭލުންތެރިކޮށްދިނުން. އެއްވެސް ކަމެއްގައި އެއްވެސް ބަޔަކު ބްލޭމް ކުރަން، ޚާއްސަކޮށް ރައްޔިތުން ބްލޭމް ކުރަން އަޅުގަނޑު ބޭނުމެއް ނޫން، އެހެން ވިޔަސް އަޅުގަނޑުގެ އެ ސްޓޭޓްމަންޓްގައި ގޯހެއް އޮތް ނަމަ ވަރަށް ބޮޑަށް މައާފަށް އެދެން،" ޒަކަރިއްޔާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޒަކަރިއްޔާ ވަނީ މި ހާދިސާ ހިނގައި ދިޔައީ އިންޓެލްގެ ފެއިލިއާއަކުން ނުވަތަ މުއައްސަސާގެ އިސްވެރިންގެ ފެއިލްވުމަކުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވާހަކަ ދައްކަވައިފައެވެ. ޒަކަރިއްޔާ ވިދާޅުވީ "ބްލޭމް ގޭމް" އަކަށް ދިއުމުގެ ކުރިން އެންމެން އެކަތިގަނޑަކަށްވެެގެން އެއްބައިވަންތަކަން އިސްކޮށްގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމާއި މިހާރު ވާހަކަފުޅު ދެކެވެމުންދާ ކަމަށް އާއިލާއިން މިހާރު ބުނެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ވެސް މަޝްވަރާ ކުރެވުނެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ވަޒަރު

  މީހުން ދެންމިކަމާ ވަރަށް ޒަކަރިއްޔާއަށް މަލާމަތްކުރާނެ.... އެކަމަކުވެސް ޒަކަރިއްޔާ މާފަށް އެދުނީމަ ވަރަށް ރަނގަޅު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ👏👏👏

  64
  7
 2. ޣުރާބު

  އަވަހަށް އިސްތިއުފާދީފަ ގެއަށްދޭ.

  55
  21
 3. އައްލާ ގެ އިބުރާ

  މާ މޮޅު އެއްޗެހި ކިޔަން އުޅެނިކޮށް ވާނުވާ މެސެޖެއް ދެވުނީ ދޯ؟

  60
  7
 4. ބުރާންތިސް

  ޒަކަރިއްޔާ އާއި އަޅުގަނޑައި މަދު ފަހަރެއްގެ މަތިން ބައްދަލުވި. އެމަނިކުފާނަކީ ވަރަށް ގައުމީ ޖޯޝް އަދި ހިތްވަރު ހުންނަ ބޭފުޅެއް.

  ޒަކަރިއްޔާގެ ވާހަކަފުޅުން އަޅުގަނޑަށް ނެގުނީ ތަފާތު މެސެޖެއް. އެއީ އެހާ ބޮޑުކަމެއް ރާވައި ހިންގި އިރު އިންޓެލިޖެންސަށް ނޭނގުމުގެ ސުވާލު އުފެދިފައި އޮތުމުން އަދި އެފަދަ ބޮޑުކަމެއް ހިންގި އިރު އެކަމުގައި ވާގިވެރިވި ބަޔަކުވެސް ތިބޭނެތީ އަދި ލާއިންސާނީ ކަމެއް ކުރުމުގައި ފަސްނުޖެހި ކޮށްފައި އޮތުމުން ލިބުނު ޝޮކެއްގެ ވާހަކަ.

  ދެން އަޅުގަނޑު މިހެން ބުނެގެން އަޅުގަނޑު ނޮޅާލާނީކީ ނޫން. ޒަކަރިއްޔާއަކީ އަހަރެންނާއި ތިމާގެ މީހެއް ނުވަތަ ރައްޓިއްސެއްވެސް ނޫން.

  50
  26
  • ޒަކިއްޓެ

   ޒަކިއްޓެއާށް މާފުކޮަށްފިން... ދެންވެސް ހާލަތަށް ބަލާތި އެއްޗެއް ބުނުމުގެ ކުރިން

   9
   2
 5. އަހަންމަދު

  ފެއިލްވެއްޖެ! އިސްތިުފާ!

  55
  13
 6. މަސާ

  ޒަކަރިއްޔާ އަގަމަޑުންލައިގެން ހުރެވޭތޯބައްލަވާ! އަތޮ މީހެއްހެއްގެ ފައާރާތުން ދޭ ނަސޭހަތެއް!

  47
  6
 7. ވާނުވާ

  ތީގެން ވެސް އިނގެނީ ކަލޭމެންގެ އެއްވެސް ޕްރޮފެށަނަލް ކަމެއް ނެތް ކަން...އަދިވެސް މޭމަތި ފުރުން ދެކަ ކުލަބަރި ޖަހާލާ!

  57
  10
 8. ހަސަން

  ތިއަށްވުރެ ތި މަގާމަށް ގާބިލް މީހުން އެބަތިބި މި ރާއްޖޭގަ.. ފަރުދީ ޒިންމާ އަދާ ކުރާށޭ ކިޔައިގެން ހުރިހާ ކަމެއް ކަނޑަނީ ރައްޔިތުން ބޮލަށް މި ސަރުކާރުންވެސް... ކޮބާ ލަދު.. ރައްޔިތުންގެ ފައިސާއިން މުސާރަ ދީފަ ރީތި ޔުނީފޯމު އަޅުވާފަ ތިބޭއިރު ރައްޔިތުން ނުބައިކުރަނީ މި..

  58
  5
 9. ނޫންތަ؟

  ބޭފުޅާ ކުފޫ ހަމައެއް ނުވޭ ދެއްތޯ މިހާރު ތި މަޤާމަކަށް.؟؟ . ވ ރަނގަޅުވާނެ މިބޭފުޅާ ޅ.މަޑިވަރުގަ ކާށި ހޮވާ ވިއްކަން ބެހެއޓެވިއްޔާ..

  48
  11
 10. ޥަގުތުން

  ޢެފަދަ އިބާރާތަކުން ރައްޔަތުންނަށް އަމާޒުކޮށް ބަހެއް ބުނެވުނީ ކީއްވެގެންބާ؟ ކޮންޓްރޯލުން ނެއްޓުނީބާ؟ ޙަގީގަތުގައި އެފަދަ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު އެހެން ވިދާޅުވުމަކި އިސްތިއުފާ ދޭންޖެހޭ ފަދަ ކަމެއްކަމަށް ދެކެމެވެ.

  21
  2
 11. ޙހހހ

  ތިވާގޮތކީ ވެ ރިމީހާ ރުއްސަން ހު ރިހާކަމަކަށް ޔެ ސްސަ ރ ކިޔަން ހަދާގެން އަގައޮޅެނީ ، މިމީހުންނަށް ނޭނގޭ ރައްޔިތުންގެ ފައިސާއިން ކަމެއް މި މުސާ ރަދެނީ

  17
  1
 12. ރައޔިތުން

  މިހާރު ރައްޔިތުން ތިބީ ފޫހިވެފައި މުޖްރިމުން ހީރޯންގެ ގޮތުގައި ދޫވެފައި ތިބީމަ އަދަބެއް ނުދެވޭތީ އަދުލްއިންސާފެއްނެތީމަ

  38
  4
 13. އަބުދުﷲ

  ނެގެޓިވް ކޮމެންޓް ކުރުމުގެ ބަދަލުގައި އެބޭފުޅުން އެކުރައްވާ ގައުމީ ޚިދުމަތުގެ އަގު ވަޒަން ކުރައްވާ...
  30 އެތަކެއް އަހަރު އެފަދަ ޚިދު،ތެއްގައި ދެމިހުރެވޭނީ ވަރަށް ސާބިތުކަމާއެކު ގިނަ ގުނަ މަސައްކަތް ކުރައްވާ ކާމިޔާބީތަކެއް ހާސިލުކޮށްފައި ވުމުންކަން ކަށަވަރު
  މިއަށްވުރެ ކުރިއަރާފައިވާ އަދި ވަސީލަތްތައް ގިނަ ގައުމު ތަކުގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާ...
  އެބޭފުޅުން އެކުރައްވާ މަސައްކަތައް ބަލައިގަތުމަކީ މިފަދަ ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް ދެވޭނެ ހިތްވަރެއް...

  14
  15
  • ށަވިޔަނި

   ގައުމީ ޚިދުމަތެއް ކުރައްވާނަމަ އެކަންވެސް ފާހަގަ ކުރާނަން. އެކަމަކު މާރިޔާގެ "ފިދަނަ"ތަކަށް ގައުމީ ޚިދުމަތެއް ނުކުރެވިގެން އޭގެ އަހުވަ ބޭލީ އެއްވެސް ކުށެއްނެތް ދިވެހީންނަށް.

   17
   1
 14. ކިޔުންތެރިއެއް

  ތެދުވެރި ބޭފުޅަށް އިޙްތިރާމްކުރަން

  6
  8
 15. ދުރުވާ

  ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ސުވާލުކުރުމަށް ފުރުސަތުދީ އެފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފިމުން ރައްޔިތުން ހިތްހަމައެއްނުޖެހޭނެ އެކަން ޤބޫލުކުރެއްވުމުން ޝުކުރިއްޔާ

  11
 16. އޮޅުވާލި ވޯޓު

  ބޭނުންހާއެއްޗެ ކިޔާފަ މާފުކުރާށޭ ބުނީމާ ކަލެޔައް މާފުކުރާނެ ބައެނޫންމިޔަކީ ކަލޭ ޖަހާ ހާބެރަކައް ނަށާނީ ކަލޭގެ ބައިއަތުމީހުން

  11
  4
 17. ސަކަރިއްޔާ

  ސަކަރިއްޔާ ވިޔަސް އެހެން ބެއްޔާއެއްވިޔަސް އުޅޭނީ އަބަދުވެސް މަ ބޮޑޭވާން އޭރުންތާ މަތީމަގާމުތަކުގައި ހުރިހާ ވެރިކަމެއްގަވެސް ތިބެވޭނީ....
  ތިޔަ ހުންނަނީކީ އައު ކަންކަމެއްނޫން ބޭބެމެންނަކަށް...

  13
  1
 18. އަލީ

  ވަޒީފާޔަށް ކުފޫހަމަނުވާކަން އެއިގެން އެނގުނީ. ވީމާ އިސްތިއުފާ ދެއްވުން އެންމެ ރަނގަޅީ. މުޅިގައުމުގެ އިންޓެލިޖެންސް އެއްކޮށް ފެއިލްވީ. ސިފައިންނާއި ފުލުހުންގެ މަތީ ފަންތި އެއްކޮން ބަދަލުވާން ވެއްޖެ. ތިޔަކީ ސިޔާސީ ތަނެއް ނޫން. ގައުމެއްގެ ހިތުވިންދު. ތިމީހުން ފެއިލްވީމަ މުޅިގައުމު އެއްކޮން ފެއިލްވީ. އަސްލު ހިތާމަޔާއެކު ދަންނަވަން ވަނިކުފާނުވެސް ހަމަ ފެއިލްވީ އިނގޭތޯ. ރައްޔިތުން ނާ ބެހޭވެސް ކަމެއް ނޫން ގައުމުގެ ސަލާމަތީ ކަންކަމަކީ. އެހެން ނޫން ތޯ؟

  10
  1
 19. ރައްޔިތެއް

  އަޅުގަނޑަކީ ވެސް ރައްޔިތު މީހެކެވެ! ޒަކަރިއްޔާ ދެއްކެވި ވާހަކަ ލައިވްކޮށް އަޑުއެހީމެވެ. އެއަކު ގޯހެއް ނެތެވެ. ވަރަށް ސާދާ ބަސްތަކަކުން ޒަކަރިއްޔާގެ ކަންބޮޑުވުންތައް ހާމަކުރެއްވީއެވެ. ކިތަންމެ ރަނގަޅު ވާހަކައެއްވެސް އަނެއްކޮޅަށް ޖަހައި ފިޠުނަ އުފައްދައި އަނެކުން ބަދުނާމު ކުރުމަށް ފޫގަޅާލާފައި އުޅޭބަޔަކު އުޅެއެވެ. ދުޢާ އަކީ ﷲ މިޤައުމު ފިޠުނަވެރިކަމުން ރައްކާތެރި ކުރެއްވެވުމެވެ! އާމީން

  8
  8
  • މިވެސްރައްޔިތެއް.

   ޒަކަރިއްޔާ އެދެއްކި ވާހަކައިން ރައްޔިތުން ބަދުނާމު ނުވޭތޯ އަދިއެއްފަހަރުު އެވާހަކަ އަޑުއަހާލަބަލަ.

   4
   1
 20. ކަޅުބެ

  އަސްލު ޒަކަރިއްޔާ އަށް ވަނީ ވަޒީފާގެ ބިރުވެރިކަން ވަދެފަ އެހެންވެގެން ޖަޒުބާތުގެ އޮއިވަރެއްގައި ރަށްޔަތުންގެބޮލަށް ސުވާލުމާކުތަށް އޮށްސާލީ މިއީ އެއްވެސްހާލެއްގައި ޕުރޮފެސަނަލް މީހަކުދަށްކާނެ ވާހަކައެއްނޫން އިސްތިއުފާދިނުން މުހިއްމު ދަނޑިވަޅުބަލާފަ ވިސްނަވާ.....

  8
  1
 21. ޣފ

  ޜައްޔިތުންނަށް ކަންކަން ފެނިގެން ހުއްޓުވާދޭން އެދި އާދޭސް ކުރީމަ މަންސޫރުމެން އަރާ ބުހުތާނު ދޮގުހަދާފަ ކީކޭތޯ ތިކިޔަނީ

  10
  1
 22. އަލީ

  ސިޔާސީ ވެފަ މިވަގުތައް ރަނގަޅީ ވަޒީއިން ވަކިވުން

 23. އަލީ

  ސިޔާސީ ވެފަ މިވަގުތައް ރަނގަޅީ ވަޒީއިން ވަކިވުން މިވަގުތު ސިފައިންގެ އިސްއޮފިސަރުން ތިބީ ގައުމަށާ ރައްޔިތުންނަށް ގައްދާރު ވެފަ. މިހާރު އެމީހުންގެ ގަދަރު ރައްޔިތުން ކުރިމަތީ ގެއްލިއްޖެ.

 24. އމމ

  ބު ރަދާއޭ!އެންމެ ފު ރަތަމަ ފި ރިހެނަކަށްވާށޭ. ދެން ވާހަކަ ދައްކާށޭ.ޖަޒުބާތުގާ ނުޖެހޭށޭ.މާފަށް އެދުމަކީ ވަ ރަށް ރަގަޚު ސިފައެކޭ.

 25. ޑްރާމާ ކިންގް

  ކޮންމެ ކަމެއް ބޮޑު ޑްރާމާއެއް ނޫނީ ކަންތައް ގަނޑަކަށް ރާއްޖޭގައި ވަނީ ކީއްވެތަ؟ އެމެރިކާ ތަންތާގަ ހުރިހާ ރިސޯސްތަކެެއް ހުރެގެން ކަމެއް ހިނގީމަ އެފްބީއައި ތަންތަނުން ތަހުގީގު ކުރާއިރު ޕްރެސް ބްރީފިންތަކުގަ ހަމަ މިސުވާލު ކުރޭ.. އެއްވެސް މީހަކަށް މިކަމުގެ މައުލޫމާތު ނެތްހޭ އެނގިފަ... އެގެންޏާ ހިއްސާ ކުރާށޭ.. އެއީ ޒަކަރިއްޔާވެސް އެބުނި ވާހަކައަކީ.. ފަހަރެއްގައި މިކަންކަން ރާއްޖޭގައި އާވީމަ މާނަ ގޯސްކޮށް ނެގުނީކަމަށް ވެދާނެ. އެހެންވީމަ އަބަދު އިންޑިޔާގެ ޑްރާމާ ސީރީސްތަކާ ކޮރެއާ ޑްރާމަތައް ބެލުމުގެ ބަދަލުގަ ޔޫޓިއުބް އެއްޗިހިން އެފްބީއައި ފައިލްސް ކަހަލަ ރިއަލް ކްރައިމް ޑޮކިއުމެންޓަރީތައްވެސް ދޭތެރެއަކުން ބަލަންވީ. އޭރުން މިކަހަލަ ކަންކަމުގައި ތަންކޮޅެއް ރޯފިލާނެ.

  1
  3
 26. ދޭދަރު

  "އަސްލު ބުނި އަޅުގަނޑުގެ އެ މެސެޖަކީ ރައްޔިތުން ހޭލުންތެރިކޮށްދިނުން. އެއްވެސް ކަމެއްގައި އެއްވެސް ބަޔަކު ބްލޭމް ކުރަން، ޚާއްސަކޮށް ރައްޔިތުން ބްލޭމް ކުރަން އަޅުގަނޑު ބޭނުމެއް ނޫން، އެހެން ވިޔަސް އަޅުގަނޑުގެ އެ ސްޓޭޓްމަންޓްގައި ގޯހެއް އޮތް ނަމަ ވަރަށް ބޮޑަށް މައާފަށް އެދެން،" ޒަކަރިއްޔާ ވިދާޅުވިއެވެ. "ނަމައޭ" އަދިވެސް ކުށް ގަބޫލެެއނުކުރެވެ އެއްނު. ތިއޮތީ ރައްޔިތުންށް އިހާނެތި ބަހެއް ބުނެވިފަi

  5
  1
 27. ޢަޒު

  ކަލޭމެނާ ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކަލޭމެންނަށް ނުވެ ފެއިލް ވުން އެއީ ރައްޔިތުންގެ މައްސަލައެއްތަ؟

  5
  2
 28. އިލްޔާސް

  ބޭރުމީހަކަށް ތިމަގާމު ދޭންވީއެއް ނު. ހުރިހާ ބޮޑެތި މަގާމު މިހާރު ދެނީ އިގިރޭސިންނަށަަާއި އިންޑިއާ މީހުންނަށް ވިއްޔާ!

  • ޢަމާ

   ވާނުވާނޭގި ތައުލީމީ އުރަތްޕެއްވެސް ނެތް.

 29. ރަދީފް

  ސާބަހޭ ޖެނަރަލް.

 30. ޒައި

  އެވަރު ކަމެއް ރާވާ އިރު ރައްޔިތުންގެ ތެރޭން ކޮއްމެވެސް ބަޔަކައް އެގިފަ އޮންނާނީ އެކަމުގެ މައުލޫމާތު. ކީއްވެ ރިޕޯޓް ނުކުރީ. އެއީ އަސްލު ބުނަން އުޅުނު އެތި.