ރާއްޖެ އިން އިތުރު 590 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 އިން ފެށިގެން މިއަދު އިރުއޮއްސި 6 އާ ހަމައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިންނެވެ. އެއީ 439 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 141 މީހުންނެވެ. ރިސޯޓުތަކުން ނުވަ މީހަކު ކޮވިޑަށް ފައްސިވި އިރު، ސަފާރީއަކުން ކޮވިޑަށް ފައްސިވި އެކަކު ހިމެނެއެވެ. އެއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 4،014 ސުންކުގެ ތެރެއިންނެވެ.

މިއާއެކު، ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 34،724 އަށް އަރައިފައެވެ.

ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 25،992 މީހުންނެވެ.

ރާއްޖެއިން އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެއެވެ. އިއްޔެ ރާއްޖެއިން 766 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 8،640 އަށް އަރައިފައެވެ. އަދި ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 230 އަށް އަރައިފައެވެ.

މި ބަލި ޖެހިގެން ރާއްޖެ އިން ނިޔާވެފައި ވަނީ 83 މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދަށްވީ، ބެކްލޮގެއް އުޅޭތީ ކަމަށެވެ. ބައެއް ސުންކުތައް "އިންޓަ" ނުކޮށް ހުރުމުން މި އަދަދުތައް ދަށްވި އިރު، ސުންކުތައް އިންޓަ ކުރި ނަމަ، ކޮވިޑް ވޭދަނަތައް މިއަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގައި ކޮވިޑް-19 ސުންކުތައް ނަގަނީ ފްލޫ ކްލިނިކްތަކުންނެވެ. މާލޭގެ މަގުމަތިން އެއްވެސް ވަރަކަށް ކޮވިޑް-19 އަށް ޓެސްޓް ނުކުރެއެވެ. އެހެންވެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަނީ ފްލޫ ކްލިނިކްތަކުން ސުންކު ނަގައިގެންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ސިއްހީ ހިދުމަތްތެރިން ގޮވާލަމުން ދަނީ މިއަށް ވުރެ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ހާލަތު ރަނގަޅު ކުރަން މާލެ ފުރަބަންދު ކުރަން ޖެހޭ ކަމަށް ބައެއް ޑޮކްޓަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ށސލނަލަ

    ށސަރުކާރަކުން އަޅާނުލާ ކޯޥެޑް ފުރީ އިންޑިޔާބާބޫ ފޫހިވެރިންތަކެއް މިގަައުމުހަލާކް

    14
    3
    • ކިއްލި އަލީ

      ބޯޑަރު ބަންދުކޮށްގެން ތިބެވޭހާ ފެންވަރެއް މިގައުމަކުނެތް. ސަ ރުކާރުން ކޮންމެ މީހަކު ފަހާ ނުދުވިޔަސް ވީހާވެސް ބަލައިގެން އުޅެންވި. އިންތިހާބާ މުޒާހަރާޔާ އިންޑިޔާއާ ގުޅުވައިގެން ވާނެމޮޅެއްނެތް. މިގައުމު ސަލާމަތްވާނި އަހަރެމެން އެންމެން އަމަލުކުރާގޮތަކުން.

      4
      2
  2. އިންސި

    ނޫސްވެރިންވެސް ވެއްޖެ މިރާޅު އުޅޭގޮތް ކިޔައިދީ ފިތުނަ ކުޑަކުރަން. ބޭރުގަ ނޫސްތަކުގަ މިވާހަކަތައް ޖަހާތާ ދުވަސްކޮޅެއްވެއްޖެ. މުޅި އޭޝިޔާގަ ބާރަށް ފެތުރޭއިރު ކޮންމެވެސް ގޮތަކުން ރާއްޖެއަށްވެސް އަންނާނެކަން. އެއްގައުމުން ނުވިއްޔާ އަނެއްގައުމުން.

    1
    2
  3. ޖިސްމު

    އާ ވޭރިއަންޓްގެ ސަބަބުން އުފެދުނު ރާޅުން އިންޑިޔާ، ލަންކާ، އިންޑޮނޭޝިޔާ، ނޭޕާލް، ތައިލެންޑް ފަދަ ސަރަހައްދީ ޤައުމުތަކުގަ ފަތުއަޑުކިޔާފަ ނަމްބަރުތައް މައްޗަށް ދިޔައިރު އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަން ޤަބޫލުކުރަންޖެހޭ. ރައްޔިތުންގެ އުޅުމަށް މާބޮޑު ބަދަލެއްނައިސް ނަމްބަރުތައް ކުއްލިއަކަށް މައްޗަށް ދާނެކަންވެސް އެނގޭނެ. ނަމަވެސް މިއީ ހަމައެކަނި އިންތިހާބާ، މުޒާހާރާޔާ، އިންޑިޔާމީހުންނާ، ފަރުދީ ޒިންމާއޭބުނެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކު ބޮލުގަ މިކަން އަޅުވާ ތަޅާފޮޅާ ހިސާބަށް ދިޔައިރުވެސް އެޗް.ޕީ.އޭ އިން ހަގީގަތް ހާމަނުކޮށްތިބީ. ކަމަކަށް ކަމެއްނުކޮށް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީފާ ފިޔަވަޅުތައް އެޅީމަ ކިޔަމަންވެ ބޯލަނބާނެ އެންމެންވެސް. ނަތީޖާ ފެންނަލެއްވެސް އަވަސްވާނެ.

    4
    2
  4. ރަށުމީހާ

    ކޮންމެރެޔަކު ތިހާމަކުރާއަދަދުތަކުގަ ކީވެތޯމިހާރަކައްއައިސް ބިދޭސީން ވަކިންނުކިޔެނީ؟އެންމެފުރަތަމަ ތިޔަބަނދިވަރުކިޔާއިރު ބޭރުމީހުން ވަކިން ޕޮޒިޓިވް ވާވަރުވިދާޅުވަމުން އައިސް މިހާރުމިރާޖޭގަ އެމީހުންނޫޅެނީތޯ؟ހަމަ އެކަނިމާލެއިންމިވަރޭތިވިދާޅުވަނީ