ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލައާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައަށް މަޖިލީހުން އިސްކަމެއް ދިނުމަށް މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަކުން ނިންމައިފިއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑީޝަރީ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީއިން މިރޭ ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައަކީ އިސްކަމެއް ދީގެން ބެލެވެން ޖެހޭނެ މައްސަލައެއް ކަމަށެވެ.
މަޖިލީހުގެ މެންބަރުން ޗުއްޓީގައި ތިއްބަސް، ޖޮއިންޓް ކޮމިޓީގެ މި މަސައްކަތް ގެންދަން ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އީވާ ހުށަހެޅުއްވިއެވެ. އަދި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އެ ގޮތަށް ފާސްވިއެވެ. މި ގޮތުން އެ މަސައްކަތް ކުރުމަށް ކޮމިޓީގެ މެންބަރުން ތިއްބަވަން ޖެހޭނީ އަބަދުވެސް "އެލާޓް" ގައި ކަމަށް ކަނޑައެޅިއެވެ. އަދި ކޮމިޓީތައް ސިއްރުން ގެންދަން ވެސް ފާސްކުރިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައި މި ވަނީ ވެސް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ލަސްވަމުންދާތީ އެ ކަމަށް މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ފައްޓަވާފައިވަނިކޮށެވެ. މި ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ވަނީ މަޖިލީހަށް ވެސް ފޮނުވައިފައެވެ. ތަހުގީގީ އިދާރާތަކުން މި ލިސްޓު މަޖިލީހަށް ފޮނުވާފައިވަނީ ލިސްޓު އައުން ލަސްވާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވިތާ ދުވަސްތަކެއް ވެސް ފަހުންނެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމާއެކު، މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވެސް ބޭއްވިއެވެ. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި އީވާ ވިދާޅުވެފައިވަނީ އެމަނިކުފާނު އެނބުރި މަޖިލީހުގެ މަސައްކަތަށް ވަޑައިގަނެވެން ދެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ގޮތުން ޚިޔާނާތުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
ކޮމޮޓީ ސިއްރު ނުކޮށް ރައްޔިތުންނަށް ވެސް ފެންނާނެ ގޮތަށް ލައިވްކޮށް ގެންދަންވީ ނުންތޯ ؟
ހިޔާނާތުގެ މައްސަލައަށް ކޮބާތަ އިސްކަމެއްދީފަ. އެންމެ ބޮޑުދެމީހުން ކަލޭމެންގެ މަންފާއަށް ދޫވެފައެވެ. އެއީ އަދީބުއާއި ޒިޔަތުއެވެ. ދެންކަލޭމެންބޭނުންވާބަޔަކުދޯ ހިޔާނަތްކުރިކަމަށްވަނީ އެއީ ޔާމީނު އެކަނިދޯ ދެންތިބީ ހުސް ހުދުކާފޫރުންދޯ
އީވާގެ ތިގަޓު ކަމަކާއި ލީޑަރޝިޕް އެބަހުރިކަން ދައްކަމުން ކުރަމުންގެންދާ މަސައްކަތުން ތިޔަ ދެކަންވެސް ގޮސް ހުއްޓޭ ބޮޑުކޮޅު ލަގްޒަރީ ފްލެޓްއިން އަނބުރާ ޖަލަށް ވައްދާލަބަލަ ހިތްވަރެއްް ފަންވަރެއް ހުރެގެން އުޅެންޔާމު. ޔާމީންވަނީ ގަަޓުކަން ދައްކާ ނަައިބް ރައީސްގެ ފަތްގަޑުގައި ބައިންދާ ފްލައިޓުން ގޮޅިއަށް ބާލުވަދީފައި. އޭރުން އިބްރާ ވެސް ކަމަނާއަށް ވެސް އުކުރާ ތުހުމަތެއްްގެ ވެސް ސާފުކަމެއް ސާފުވާނީ
ފައްޔާޒު ބޮރޯ ބިގް ބޮސް
ކަލޭމެންނަށް އެއްކަމެއްވެސް ނުކުރެވޭނެ އަދީބުލަށްވާ ޑުރާމާކުޅުވީ ސަރުކާރުން އޭނަލަށްވަ ޔާމީނުކުއްވެރިކުރުވީ ދެންހުރީ ޒިޔަތު އޭނަ އެއިނީ 5 ސުޓާރ ހޮޓަލުގަ ދެންތިބި މީހުން ތިބީ މަޖިލީހުގަ ބޮޑު ގޮނޑީގަ އެގޮތަށް ތިބުމުގެ ބާރު އޮތީ އަދީބުއަތުގަ އެހެންވެގެން އަދީބު ޖަލުން ނުކުމެވުނީ.
ޞބަލައީޥާ ކަލޭގެ ލަދުކޮބައި ވެރިކަންބޭނުންވިޔަސްބޮޑުވަރު ބޭނިމަސްކޮޅުރޭކިރާފައި ވަގުތުނަފައަސާދީ ކޮވެ19 މިގައުމުހަލާކުވެމިދަނީ މކަމާ ވލސްނާ ގަމާރަކުނެތީތަ؟؟؟؟
އައްދެ އައްދޭ އެމްޑީޕީ އަކީ ޑިމަކްރަސީ ޓުރާންސު ޕޭރެންސީގެ އުސޫލު ނަގަހައްޓާ ދިރުވާން އުޅޭބަޔެއް، ވީއިރު އެމްޑީޕީން ކުރާ އެއްވެސް ކަމެއް ސިއްރު ކޮށްގެން ނުވާނެ ނުންތޯ ؟
ހުރިހާކަމެއްގައިވެސް މަކަރާހީލަތް.
ޚިޔާނާތުގެ މައްސަލަ އޮއްބަން ކުރާހާ ކަންކަން ރައްޔިތުން ތިބީ ބަލަން