ކޮވިޑް-19 ޖެހިފައިވާ ޒުވާނުންނަށް އައިސީޔޫގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިވަގުތު 8،640 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 230 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވަނީ ހާމަކޮށްފައެވެ.

އެސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި އައިސީޔޫގައި އެނދުމަތި ކޮށްގެން ފަރުވާ ދޭ މީހުންގެ ތެރޭގައި 26 އަހަރާއި 37 އަހަރާއި 39 އަހަރުގެ ޒުވާނުން އެބަ ތިއްބެވެ. އެހެން ކަމުން މި ބައްޔަކީ އެއީ ހަމަ އެކަނި ހިރާސް ބޮޑު މީހުން ނުވަތަ ބައްޔަކަށް ބޭސް ކުރަމުން އަންނަ މީހުންނަށް ޖެހިގެން ހާލު ދެރާ ބައްޔެއް ނޫން ކަމަށް އެ ސެންޓަރުން ވަނީ ހާމަ ކޮށްފައެވެ.

އެނދުމަތިކޮށްގެން 230 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދާ 70 އިންސައްތަ މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމަށް ވެސް އެ ސެންޓަރުން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 34،724 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 590 މީހަކު ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މި ބަލިން 25،992 މީހަކު ރަނގަޅުވެފައިވާއިރު، 83 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިރުޝާދު

    ރާއްޖޭގައި ވެކްސިން ދެވުނީ ކިތައް ޕަރސެންޓު މީހުންކަން އެނގޭތޯ؟

  2. ނަމް

    ކީއްކުރަންތަ އެނދުމަތި ކުރަނީ ކޮންމެހެން އެނދުމަތި ކުރަން ޖެހޭ މީހުންތޯ ބަލާނެ ބަޔަކު ބައިތިއްބަން އެބަޖެހޭ އިނޑިޕެންޑެންޓުކޮއް.

    1
    2
  3. ލާހި

    މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުން ވަރަށް ގިނަ މިރާއްޖޭގައި އެއީވެސް ބޮޑު ނުރައްކަލެއް ނުންތޯ ؟