23:31

ކޮވިޑް-19 ޖެހިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުން އިތުރުވެ، މިހާރު މާލެ ސަރަހަައްދުގެ 70 އިންސައްތަ އެނދުތައް ފުރިފައިވާ ކަަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ހާމަ ކޮށްފި

23:26

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމަށް ފިޔަވާ އެހެން ގޮތަކަށް މީހުން ދަތުރުކުރުން މަނާ ކުރި ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ އަކާއި ނުލާ ދަތުރުކުރެވޭނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ

23:18

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 250 އަށް އަރައިފި.

23:18

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1091 އަށް އަރައިފި.

21:55

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ މަންމާފުޅު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:49

މާލެ އިން ކޮވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކު އެ ބައްޔަށް ފައްސިވާ ކަމަށް ހެލްތް ޕްެރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

21:22

ގދ. ގައްދޫން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި އެރަށަށް އަރާ ފޭބުން މަނާ ކޮށްފި

19:44

ރ. ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންތަކެއް ކޮވިޑަށް ފައްސިވެއްޖެ

19:43

މިއަދު މާލެއިން އެކަނި 700 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން 'ވަގުތު' އަށް އެނގިއްޖެ

19:35

މިއަދު ރާއްޖެއިން 1003 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެކަން "ވަގުތު"އަށް އެނގިއްޖެ

14:21

ގދ، ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:17

އޭއެފްސީ ކަޕުގެ ގްރޫޕްސްޓޭޖުގެެ މެޗުތައް ކުޅުމަށް ރާއްޖެ އައުމުގެ ކުރިން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ގެ ދެ ކުޅުންތެރިއެއް ހެދި ކޮވިޑު ޓެސްޓުތަކުން ފައްސިވެއްޖެ

14:01

އައްޑޫ ސިޓީ ހުޅުމީދޫން ވަކިތަރުތީބެއް ނެތި ނެގި ގިނަ ސުންކުތަކެއް ކޮވިޑަށް ފައްސިވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަތިވާން ފެށުމާއިއެކު ވެސް އޮތް އެންމެ ބޮޑު ބިރަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރުމުގެ ބިރެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު، ބަލި މީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިންތިހާއަށް މަދެވެ. އެހެންކަމުން ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރެވުނު ނަމަވެސް އެތައް ބަޔަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބުމުގެ ބިރު އެބައޮތެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައުމަށްފަހު މިއަދު ފައްސިވި އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް މާލެ އިން ކޮވިޑަށް ޓެސްޓް ކުރި އަދަދާއި ފައްސިވި އަދަަދަށް ބަލާއިރު އަދަދުތައް ހުރީ ބިރުގަންނަންޖެހޭ ހިސާބުގައެވެ.

މިހާރު 8640 ކޮވިޑް ބަލި މީހުން ތިބިއިރު އޭގެތެރެއިން 230 މީހުން ތިބީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައް ލާ

    އާ ރިކޯޑެއް ދޯ