22:28

މިއަދު ވެސް ރާއްޖެ އިން ރެކޯޑެއް: އިތުރު 1204 މީހަކު ފައްސިވެއްޖެ

00:15

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން "ވަގުތު" އިން ގެނެސްދިން ބްލޮގް މިހައި ހިސާބުން ނިމުނީއެވެ. ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅުންހުރި ޚަބަރުތަކާއި މައުލޫމާތު "ވަގުތު" ވެބްސައިޓުން މިހާރެކޭ އެއްގޮތައް ގެނެސްދޭނެއެވެ.

20:21

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންވެސް އެ ހަމަލާއާ ގުޅުން ނެތް ކަމަށް ބުނެފި.

18:48

ނުރައްކަލެއް އޮތް ކަމަށް ނުވަތަ ހިރާސްބޮޑު (ރިސްކްބޮޑު) ސިޔާސީ އަދި ދީނީ ބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަކުރަން ފުލުހުންނާއި ސިފައިންގެ ޖޮއިންޓް އޮޕަރޭޝަނެއް ހިންގާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ

17:53

17:34

ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ތިބުމުން ރައްކާތެރިކަން އާންމުންނާއި ފަތުރުވެރިންނަށް އިހުސާސް ކުރެވޭ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ

17:17

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިން މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ވެސް ހަރުކަށި އަމަލުތައް ހިންގި ކަމުގެ ރެކޯޑާއި ކުށުގެ ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެ

16:51

ނޫސްވެރިންެގެ ބައްދަލުުން ނިންމާލައިފި

16:49

ސީޕީ ހަމީދު: ހިރާސް ބޮޑު ސިޔާސީ އަދި ދީނީ ބޭފުޅުންގެ ސެކުއިރިޓީ ވަރުގަދަ ކުރަން ފުލުހުންނާއި ސިފައިންގެ ޖޮއިންޓް އޮޕަރޭޝަން ހިންގާނެ.

16:47

ސީޕީ ހަމީދު: މީހުން މަރަން ތައްޔާރަށް ތިބި ވަރަށް ފިކުރު ހަރުކަށި މީހުންގެ އަދަދު 1300 އަށް ވުރެ މާ ގިނަ ވާނެ.

16:47

ނިރުބަވެރި އަމަލަށް ހިތްވަރު ލިބޭ ފަދަ ކޮމެންޓްތަކާއި ޕޯސްޓްތަައް ކުރާ މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ.

16:39

ސީޕީ ހަމީދު: އެހެން ވިޔަސް އަދި ތިން މީހުން ވަކި ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި ބައިވެރިވާ ކަމަށް އެނގިފައެއް ނެތް.

16:39

ސީޕީ ހަމީދު: ތިން ފަރާތުގެ ބެކް ގްރައުންޑް އިތުރަށް ސާފުކުރާއިރު ދީނާ ގުުޅުވައިގެން ރާއްޖޭގައި ހިންގާ ހަރުކަށި ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަން ފެންނަން އެބަ އޮތް.

16:38

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި އިސްކޮށް ހިމެނޭ، އަހުމަދު އަދުހަމް ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ.

16:33

އޭސީޕީ ރިޔާޒް: ރައީސް ނަޝީދަށް ލާދިނީއަށް ގޮވައި މަރުގެ އިންޒާރު ދިން މައްސަލައަށް މަސައްކަތްތަކެއް ކުރި.. މި މައްސަލައަކީ ކުރިން ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް.

16:31

އޭސީޕީ ރިޔާޒް: އަޅުގަނޑުމެން މި ވަގުތަށް ހައްޔަރު ކުރަން ބޭނުންވަނީ މި ތިން މީހުން މި ވަނީ ހައްޔަރު ކޮށްފައި.

16:29

އޭސީޕީ ރިޔާޒް: އަދުހަމްގެ ވެސް ކުށުގެ ރެކޯޑް އެބަ އޮތް.

16:27

ސީޕީ ހަމީދު: ފިލަން ވެގެން އަދި މޫނު ފޮރުވަން ވެގެން މަސައްކަތް ކޮށްފައިވޭ، މި ގޮތުން ތުނބުޅިއާއި އިސްތަށިގަނޑު ކޮށަން މަސައްކަތް ކޮށްފައިވާ ކަމަށް.

16:26

ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

16:24

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒް: ޓެރަރިޒަމްގެ އަމަލަށް ހިތްވަރު ލިބޭ ފަދަ ކޮމެންޓްތަކާއި ޕޯސްޓްތަކާއި ޝައުގުވެރި ކުރުމަށް މަސައްކަތް ކުރުމަކީ ގާނޫނީ އަދި ޖިނާއީ ކުށެއް. އަޅުގަނޑުމެން މި ދަނީ މީސް މީޑީއާގައި މި ގޮތަށް ވާހަކަ ދެކެވޭ މީހުންގެ މައުލޫމާތުތައް ހޯދަމުން

16:23

އައިއީޑީ ބޮމާއި ބޮމުގެ ފޮޓޯއެއް ދައްކާލައިފި
އައިއީޑީގެ ބައިތަކުގެ ފޮޓޯއެއް - ވަގުތު އިމޭޖްސް: ޖައިޝާން

16:22

މި ގޮތުން ތިން ރުއް ޕާކް ކައިރިއަށް ދިޔަ. ޓީވީއެމް ކުރި މަތީ ހުރި ޕާކްއަށް ވެސް ދިޔަ. މުޖާޒްއާއި އަދުހަމް ސައިކަލުގައި ދަތުރު ކުރަމުން ދިޔަ ގޮތުގެ ޕްރެޒެންޓޭޝަންއެއް ފުލުހުން ދައްކަމުން ދަނީ.

16:22

އެއަށް ފަހު އެ ދެ މީހުން އެކުގައި ސައިކަލުގައި މުޅި ރޭ ދުއްވާފައިވޭ

16:22

އަދުހަމް ދުވެފައި ވަނީ މުޖާޒު އަހުމަދު އުޅޭ ގެއަށް ވަދެ މުޖާޒުއާ ބައްދަލުކުރި.

16:22

އެ ވީީޑިއޯގައި، އެ ތަނުގައި އޭރު ތިބި މީހުންގެ ފަރާތުން ހަމަލާއަށް ހަރަކާތްވި ގޮތާއި އޭނާގެ ފަރާތުން ހަރަކާތްވި ގޮތާ ތަފާތު ކަން ފެނޭ

16:21

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމުގައި އިސްވެ ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް ހޯދީ އާއްމުންގެ އެހީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެ.

16:18

ހަަމަލާގެ އެންމެ އިސް މީހާ، އަހްމަދު އަދުހަމް ފެންނަ ވީޑިއޯ ފުޓޭޖް ފުލުހުން ދައްކަން ފަށައިފި

16:17

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

16:13

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް.

14:45

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިއަދު 16:00 ގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފި. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް.

14:13

މި މަހުގެ ހަވަނަ ދުވަހުގެރޭ ބޮމުގެ ހަމަލާއެއްގައި ޒަހަމްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުރުފަރުވާ ބޭރަށް ގެންދިޔުމާއި މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި

14:09

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ތިން މިހުންގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފި.

12:08

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ ދުވެލި ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ.

https://twitter.com/VaguthuOnline/status/1391288943342022656?s=20

12:04

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން އެކަނި ހޯދައިގެން ފަރުޖެހެން ނެތް ކަމަށާއި އެ ހަމަލާ އަށް ފަންޑު ކުރި ބަޔަކު ވެސް ހޯދެން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޓަޔަރޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ.

11:50

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށް. މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާ ކުރާ ކަމަށް ވިދާޅުވި.

09:53

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ ތަހުގީގެއް މަޖިލީހުން ހިންގަނީ

09:05

ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ކުރިއެރުންތަކެއް ހޯދާ، ދެމީހަކު ހައްޔަރު ކުރިނަމަވެސް އަދިވެސް މިމައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވޭ ގޮތުން އެންމެ މުހިއްމު މީހާ ހައްޔަރެއް ނުކުރެއެވެ.

ހުކުރުވިލޭރޭ 20:30 ކަންހާއިރު ދިން ހަމަލާ އަށް މިހާރު ދެ ދުވަސް ފުރިހަމަވެ، ހަތަރު ގަޑިއިރު އިތުރު ހިނގީއެވެ. ނަމަވެސް ރިމޯޓަކުން އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ވީތަނެއް އަދި ނޭނގެއެވެ. އޭނާގެ ނަން ވެސް އަދި ފުލުހުން އިއުލާނެއް ނުކުރެއެވެ. ހަމައެކަނި ފުލުހުން ހާމަކޮށްފައި ވަނީ އޭނާ މާސްކް އަޅައިގެން ހުއްޓާ ފެންނަ ފޮޓޯތަކެކެވެ. އޭނާ ހޯދަން ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުންނާއި އާއިލާ އިން ވެސް މައުލޫމާތު ދެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ އިތުރު ޚަބަރާއި މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިލްޔާސް ވަހީދު

    "ވަގުތު" އިން ސުވާލުކުރުމުން ސީޕީ ވިދާޅުވީ، މިފަދަ ތަހުގީގެއް ފުލުހުން ހިންގަނީ އަލަކަށް ނޫން ކަމަށާއި، އެކަމަކު މިހާރުގެ ސީޕީ ނޫންތޯ ފެބުރުވަރީ ހަތެއްގަ ވެރިކަންވެޓްނުއިރު އިންޓެލިޖެންސް ބޮޑަކަހުރީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާދިންއިރު އެއައްވުރެމަތީ މަގާމެގައްނޫންތޯތިހުންނެވީ އަދިވެސްފެއިލްވީކަމަގަބޫލްނުކުރެވެނީތޯ ؟

    20
  2. ލަންގޫސް

    ކޮބާ މީހުން މަރާ ގަތުލު ކުރި މީހުން ހޯދިއްޖެތަ. ތިން ދުވަހެއް ވެސްނޫން ތިން އަހަރެއްވެސް ނޫން ވީކީ. މީނާ އަށް ވީމަ ޖެހޭތަ ވަގުތުން ކުއްވެރިޔާ އަތުލެވެން. ފުރަތަމަ މީހުން މެރި މީހުން ހޯދަބަލަ. ކިތައް އަހަރުތަ ވީ.

    32
    1
  3. ނަސީ

    ތިކަން ގޮސް ނިމޭނީ މުއިވެޔޮ ވަޅައް ދެބޯލީގެރިޔެއް ވެއްޓިއްޖޭ

    21
    2
  4. ސީރަމް

    ހަމީދޫ ރަށްޔަތުންގެ މުސާރަ ކައިގެން ފޮނިބަސްތަށްބުނެގެން އުޅޭތާ ލަށްކަދުވަސްވެއްޖެއެވެ ކަމެއްޖެހުނީމާ ހަދާނެގޮތެެއް ނޭނގި މީޑިއާއަށް އަރާ އަނގަތެޅިއަސް މިއަދު ހަމީދު މުޖުތަމައަށް ބަލައެއްނުގަނެވޭ ބުއްދިވެރިންނަކީ ހާލަތަށް ބަލާފަ އިސްތިއުފާދޭމީހުން އަވަހަށް ސަލާމަތްވޭ..

    17
    3
  5. މުފީދު

    ތިކަންކުރިފަރާތުން ތިކުރީ ރަގަޅުކަމެއްނޫން މިހެންމިބުނީ ތިކަމުގެސަބަބުން ސަލާމަތުން
    ތެދުވެރިގޮތުގައި ތިއްބަވާބޭފުޅުންނަށްވެސް ނުރައްކާވެދާނެ އެއީ ތިކަމުގެ ބަދަލުހިފުމުގެ ރޫހުގައި
    ތިބޭފަރާތްތަކުން އެގޮތަށް ވިސްނާނެތީ އެއީ ވެރިކަމުގައިހުންނެވި ބޭފުޅަކު ވެރިކަންނުކުރެއްވިގެން
    ( އެކަމަގެ ފުރިހަމަގާބިލްކަންނެތީމަ) އަމިއްލައަށް އިސްތިއުފާ ދެއްވިދުވަހުވެސް އެކަމުގެރުޅިގައި
    ގައުމުގެ އެކިތަންތަނުގައި އަލިފާންޖަހާ ބޮޑުގެއްލުމެއްދީފައިވޭ މިފަދަކަމެއް ތަކުރާރުވުމަކަށް ނޭދެން ނަޝިދު އަމަލުތަކާ ބަސްމަގުހުންނަގޮތުން ރަށްޔިތުންގެތެރެއިން ގިނަބަޔަކު ކެތްތެރިކަން
    ކޮޅުންޅުމަކީ އެކަށިގެންޥާކަމެއް ނަވެސް ކުރެވޭކަމަކުން ކުށެއްނެތްބަޔަކަށް ދެރަގޮތެއްވުމަކި ކިހާ ދެޔަކަމެއް

    11
    2
  6. Anonymous

    އެމްޑީޕީއަކީ އެޕާޓީ އުފެއްދިފަހުން މިހާތަނަށް ރާއްޖޭގައި ލާއިންސާނީ ޢަމަލުތަށް ހިންގާފަހުރި ފަރާތްތަށް ދިފާޢުކޮށް އެފަދަ ފަރާތްތަކަށް އަދަބުދިނުމާއި ސީދާދެކޮޅު ޕާޓީއެކެވެ.

  7. ޑެޑުއހ

    މާރިޔާއާ ނަޝީދު ޕޮލިހުންގެގައިގާ ދަގަނޑުބުރިން ތަޅަން ބުނުން ނުވޭތޯ ޓެރަރިޒައްމަ ؟