ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ބޭއްވި ކޮމިޓީއިން ނިންމާފައިވަނީ ރައީސް ނަޝީދަށް ދޭން ޖެހޭ ސެކިއުރިޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލިކަށިވެގެން ދިޔަ ގޮތުގެ މައްޗަށް ތަހުގީގެއް ކުރުމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައި، ހިންގަވާފައި މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި އިނގިރޭސި ވިލާތުގެ މީހަކަށާއި ދިވެއްސަކު ވެސް ޒަޚަމްވިއެވެ.

ރައީސް ނަޝީދަށް އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރުމަށް ފަހު، އޮޕަރޭޝަންތައް ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ. ދެން ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މައްސަލައާ ގުޅުން ހުރި ހަތަރު މީހަކު ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވެއެވެ. އޭގެ ތެރެއިން ހަތަރުވަނަ މީހަކީ ކާކު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އޭނާ އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ދެ މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެއީ މާލޭގެ ބާ އިންޖީނުގެ ހުންނަ މަގުގައި ހުރި ގެއަކުންނެވެ. ތިންވަނަ މީހަކީ، ފުލުހުން ވިދާޅުވާ ގޮތުގައި، މި މައްސަލައިގެ އެންމެ ބޮޑު ސަސްޕެކްޓްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ފްލެޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޣﷲﷲﷲﷲﷲﷲﷲﷲ

    ﷲﷲﷲﷲﷲﷲﷲﷲ

  2. ނަައީމް

    ރައީސްޔާމީޏް ހުންނެވި ލޯންޗޮކޮޅު ގޮއްވާލި ހުރިހާމީހުން މި އައްނި ބުނެގެން ދޫކޮއްލީ އެކަމު މިކަލޭގެ އައްހަމަލާދިނީމާ ބޮޑުކުށްކައްވޭ ހިފާހައްޔަރުކުރެވޭ މީ އިންސާފުތަ

  3. އަނެއް

    މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާކަށް ނުކެރޭނެ މި މީހުނަކަށް. އެހެން ޕާޓީއެއްގެ މިނިސްޓަރެއްނަމަ މިހާރު ގޭގަ ހުންނަން ޖެހޭނީ. އަނެއް ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ގޮތް އެއީ.

  4. ރައްޔިތުން

    ކަމާއި ގުޅޭ އިދާރާތަކުގެ މަޤާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ

  5. ފާރަ

    މަޖްލިސް މެންބަރުންގެ ސެކިއުރުޓީ ބަލަހައްޓާ މީހުންގެ ސެކިއުރިޓީ ބަލިކަށި ތޯ މެންބަރުން ބަލަނީ، ދެން މިވަގުތުގައި މ.މެންބަރުންގެ ސެކިރުޓީގައި ތިބީ ކޮންބަޔެއްބާ؟

  6. Anonymous

    މީގެ އެންމެ ރަނގަޅުގޮތަކީ މީހުން ރުޅިނާންނަގޮތައް އުޅެން ދަސްކޮށް ރިވެތި އަހުލާގެއްގެ ވެ ރިމީހަކައްވުން ...ތެދުބުނުން...ދޮގުހަދައި މީހިން ރުޅިނާ ރުވާ ފިތުނަ އުފެދޭކަހަލަ ކަންކަން ނުކޮށް ގަވައިދާގާނޫނުގެ ތެ ރޭގައި އުޅުން.....އަދި ރަނގަޅު މުޖްތަމައެއް ބިނާކުކުރުން...