ރިޝްވަތާއި ކޮރަޕްޝަން އަދި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކެއް ސާބިތުވެ ދޫނިދޫގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު، މަޖިލީހުގެ ބައެއް މެންބަރުންނަށް ގުޅުއްވާ ގޮޅީގެ ތެރޭގައި ފޯނު ގެއްގުޅުއްވާ ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހުންނަވާ ގޮޅި ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ހެނދުނު ބަލާ ފާސްކޮށްފައިވާ ކަން ކަށަވަރުކޮށް ދެއްވާ އަދީބްގެ ޤާނޫނީ ވަކީލް ވަކީލް މޫސާ ސިރާޖު މީޑިޔާއަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަދީބުގެ ގޮޅި ފުލުހުން ފާސްކުރީ ފޯނެއް ގެންގުޅޭ ކަމަށް ބުނެ މެންބަރުންނަށް ގުޅާ ސަރުކާރާ ދެކޮޅުވުމަށް ބުނަމުންދާ ކަމަށް ތުހުމަތުކޮށް ކަމަށެވެ. މީގެކުރިން ވެސް އަދީބުގެ ގޮޅި ފޯނެއް ގެންގުޅޭ ކަމަށް ޝައްކުކުރެވިގެންވަނީ ބަލާ ފާސްކުރެވިފައެވެ.

މިއަދު މެންދުރުފަހު އަދީބު ވަނީ ދޫނިދޫ ޖަލުން މާފުއްޓަށް ބަދަލުކޮށްފަ އެވެ. ކުއްލި ގޮތަކަށް އަދީބުގެ ޖަލު ބަދަލުކުރިއިރު މާފުށީ ޖަލުން ދޫނިދޫ ޖަލަށް އޭނާ ބަދަލުކުރީ މިދިޔަ ހަފުތާ އެވެ. އަދީބު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ފުރަތަމަ ބަދަލުކުރީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ސިސްޓަމް ފޭލްވެފަ ވާކަމުގެ ދަލީލެއް !

  2. އަގަތަޅާ

    މިފޮޓޯ މިއީ "މިދީބުގެ އަދީބު" ގެ ލަގަބު ދީގެން ރައީސާ ނައިބު ރައީސު ގެ އުމުރު 36 އަހަރަށް ބަދަލުކުރި ދުވަސްވަރުގެ ފޮޓޯއެއް.
    އަދީބު ގެ ގޮޅީގައި ފޯނެއް ވާ ކަމުގެ އިލްހާމެއް ވީބާ؟؟؟