ލ.ގަމުގެ މިސްކިތެއްގައި ރޭ ދަމުނަމާދު ކުރަމުން ދަނިކޮށް މީހަކު މިސްކިތުގެ އެތެރޭގައި އަޑުގަދަކޮށް ހުތުރު އެއްޗެއް ކިޔައި އިމާމަށް ހަމަލާދީފިއެވެ.
ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ 02:35 ކަންހާއިރު ފުރަތަމަ މިސްކިތް ކައިރިން ބާރު އަޑެއް އިވުނު ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުގައި އިވުނީ މިސްކިތުގެ ފުރާޅަށް ގާއުނި އަޑެވެ. އަނެއް ބަޔަކު ބުނާ ގޮތުން ސާފު ފުޅިއެއް ގޮއްވާލުމުން އިވޭކަހަލަ އަޑުތަކެއް އިވުނެވެ.
މިސްކިތުގައި ހުރި މީހަކު ބުނީ އެއަޑުތަކަށް ފަހު ޒުވާނަކު މިސްކިތައް އަރައި އަޑުގަދަކޮށް އިމާމު ސަޖިދަ ދިޔަ ވަގުތު އިމާމުގައި ފުއްކިބައިގައި ޖެހުމަށްފަހު ބޮލުގައި ހުރި މައިކް ނައްޓާލި ކަމަށެވެ.
އޭނާ ވަނީ އިމާމަށް މަރުގެ އިންޒާރު ވެސް ދީފައެވެ.
ނަމަވެސް އިމާމު ވަނީ ނަމާދު ކުރިއަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ ގަމުގެ އާބާދު މިސްކިތުގައި ދަމު ނަމާދުކުރަމުން ދަނިކޮށް މިސްކިތައް މީހަކު ވަދެ މުދިމު ގައިގަ ޖަހާ މައިކް އެއްލާލުމަށްފަހު ގޮސްފައިވާ މައްސަލައެއް ރޭ 02:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް އަދި މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.
ކަލޭނޭ ގައުމުގެ ދުވަސް ދުއްވާލައިފި ރީނދޫ ލާދީނީ ބައިގަނޑު
ހާދަ ގޮތްކުޑަ މީހަކަށޭ އެވާނީ.
ތިއޮތީ މަޑުކަށީގެ މީހެއް ލައްވާލާފަ..ތިމީހާއަށްދޭނެ އަދަބެ މިސަ ރުކާ ރުގަ ނޯންނާނެ..މާކަންތައް ބޮޑުވެއްޖެއްޔާ ތިމީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށްހަދާފަ އެހިސާބުން ވާހަކަ އހ އަށްވާނީ..
އިސްލާމްދީނާގުޅޭކަމެއްވީމަ ތަހުގީގުކުރާނީކިހިނެއްތޯ؟ މަތިފަޑީގަތިބީހުސްއެކަހަލަމީހުނާސަޕޯޓަރުން ވީމާ ތަހުގީގުދާނެގޮތްބަލަންތިބުންނޫންގޮތެއްނެތް އާންމުތަންތާކޮށްލެވޭކަހަލަ ކަމަކަށްވެސްވެދާނެދޯ؟
ކީކޭ ދެންބުނާނީ. މިގައުމެއްނެތް.
މުދިމަކީ އިސްލާމެއް އަދި ނިކަމެތި މީހެއް އެހެންވީމަ ހައްޔަރު ކީކުރަން ތަހުޤީގުވެސް ފުރިހަމަ ނުވާކަށް ބުނާނީ އެމްސީއަށް ސަލާން
ހަތާވީސް ވިލޭރޭގަ ބީތާވެގެން އުޅުނު ޒުވާނެއް ބާ؟ މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަން.
މިނިވަން ފިކުރުގެ ސޮރެއްވީމަ ތިކަން ތިނިމުނީ. ވައްސަލާން
ހަމީދު މިކަހަލަ މައްސަލަތަކުަގައި ކަލޢ ވ ފަހަތަށް ބަރުކަން ފާހަގަ ވޭއެއީ ކީއްވެ؟އެމްޑީއެން ރަހަތޯ؟
މިވަރުކުރަން ދޫކޮށްލައިގެން ނުވާނެ
ތިޔަ މައްސަލައެއް ނުހިނގާނެ ތުހުމަތު ކުރާ މީހަކުވެސް ނުފެންނާނެ ތިޔައީ ބާރަށް ކުރިއަށްދާ ޒާތުގެ މައްސަލައެއްނޫން ތިމައްސަލާގައިވެސް ގޯސްވާނީ ރައްޔިތުމީހާ " އަޅުގަނޑު ހިތަށްއަރާ މިވަރު ކަމެއް ހިނގިއިރު ނަމާދުގެ ޖަމާޢަތުގައި ތިބި މީހުންނަށް މިކަން ނުހުއްޓުވުނީ ކީއްވެ ބާއޭ؟"
މަޑުކަށީ ކުދިންގެ މައްސަލަ ނުބެލޭނެ
ތިމައްސަލަ ބަލާނެ ކޯޓެއް ނުހުންނާނެ މިގައުމަކު. އޭނާ ވާނީ ބޯގޯސް މީހަކަށް އެންމެފަހުން. ބަލަން ތިބޭތި
ހިތާމަހުރި ކަމެއް މިއިމާމްއެގޮތަށް ސަޖިދާގަ އޮއްވައި ނިޔާވިނަމަވެސް މިގައުމުގަ މެއްސަކަށް ނުވަތަ މަދިރި ކުރާވަރުވެސް ނުކުރާނެ އެހެންތާވާނީ ގައުމުގެ ރައީސް ކަމެއް ނުކުރޭވިއްޔަ އަނެއްކާ ހަމަލާދިންކަލޭގެ ނުވާނެ ހަރުކަށި މަޑުކަށީގެ ބާވަތަކަށްވެސް އެއީ އިސްލާމް ދީނަށް ކުޑައިމިސްކޮށް ހުރުމަތްކެނޑީ އެންމެންކުރިމަތީ އެންމެންދަންނަ ދެކެފަރިތަ މީހެއް ވީމާއިތުރު ސުވާލެއް ނެތި ކުރިކުށަށް އަދަބު ނުދީ ބެހެއްޓީމަ އަނިޔާލިބުނު ފަރާތަށް ވާނެގޮތް އިހްސާސް ކުރައްވާ އެއްވެސްބިރެއް ނެތް ބޭނުން ގޮތަކަށް ބޭނުންކަމެއް ކުރުމުގެ ހުއްދަދީފަ އޮންނަކަހަލަ ނޫނޭވާ އިންސާފު އެބަހުރި ނިކަމެތިން ނަށް ލިބިފަ މީ ތަންކޮޅެއް ބޮޑުވަރު
ދެން ބުނޭ ނަފްސާނީ މީހެކޭ.. މިކަލޭގެ ދޫކޮށްލައިފިއްޔާ ނުވާނެ އެކަކުވެސް ޖަލުގަ ބަހައްޓައިގެން.. އޭރުން އިންސާފުވެރިވާނީ
މީ ލާދީނީ ފިކުރޭ ބުނަންކެރޭނެ ހިތްވަރެއް އެމް.ޑީޕީގެ ކިބައިގައި އެބަހުރިބާ؟
މިސްކިތް ބަލަހައްޓަން ސެކިއުރިޓީ ގާޑުން ޕޮލިހުން ތިބެންޖެހޭ ނުންތޯ ؟ މޮޔައިންވެސް މިސްކިތަށް އަރާ އުދަގޫ ކުރާ ދުވަސްވަރެއް ވީމާ ސެކިއުރިޓީ މުހިންމު!
ތިޔައޭ މައްސަލަ އަކީ ތިތަކަހަލަ ކަމަކީ ކަމަކަށް ނުބަލާ
ނަފްސާނީ މައްސަލަ ހުންނަ ބަލި ސޮރެއް ދެއްތޯ.. އިރުކޮޅަކުން ހިއުމަންރައިޓްސްއޭ ރިހާކުރޭ ކިޔައިގެން ދުވާ ކުދިންކޮޅު ރޮއެ ހޭރޭތަން ނުފެނުނަސް ރަނގަޅު މި ސޮރު މީ ނަފްސާނީ ކުއްޖެކޭ ކިޔައިގެން.. މީނަ ސޮސައިޓީ ތެރައަށް ދޫކުރެވެންވާނީ ގާނޫނީ އިމުގެ ތެރެއިން ކަނޑައަޅައިފަ އޮންނަ އަދަބު ރަނގަޅަށް ދީ ހަމަކޮށްފަ..
މި މައްސަލަ ތަކުގައި ފިޔަވަޅު ނޭޅިދާނަމަ ދާޚިލީ ހަމަ ނުޖެހުންތަކަށް ގައުމު ހިނގައިދާނެ ކަމެއް. ދެރަވަރުކަންތައްމިހުންނަނީ.
މި ވާނީ ކޮންކަހަލަ ހަމަލަޔަކަށްބާ؟ މީވެސް ހަމަ ނިރުބަވެރި ހަމަލާއެއް، ޒާތީ ކަމެއްނޫން ނަމާދަށް ހުއްޓާ އައިސް ގަޔަށް ބޮލަށް އަރައިގަތުމީ، ކިހާބާރު މިނެއްގައި މި ތަހުގީގު ހިގާނެބާ، އަދި ސައްކު ކުރެވޭ މީހާ އަތުލެވޭނެބާ، މިއީ މި ދިވެހި ބިމުގައި ހިގައިގެން ވާނެ ކަމެއް ނޫން، އަނިޔާވެރި ކަމާ އަގަރެން ގައިމުވެސް ދެކޮޅު، އެއީ ކޮންމެއް މީހަކަށް ކިރިެަސް.
މި ނުވޭތަ ކުށަކަށް؟ މިކަހަލަ މީހުނަކީ މުޖުތަމައުއަށް އޮތް ބޮޑު ނުރައްކަލަކަށް ނުވޭތަ؟ .... ތަހުގީގު ކުރެވެންޖެހޭ.. ރައްޔިތުންގެ އިންސާނީ ހައްގުގެ ވާހަކަ ދައްކާލާނެ ޖަމިއްޔާއެއްހާ ހިސާބު ނެތީތޯ؟
ހައްޔަރެއް ނުކުރެޔޭ... އެއީ ކާކުކަން ނޭނގޭތީބާ.... ނޫނީ ގައުމުގެ ހާލަތުގެ ޒުވާނެއް ވީމާ ބާ
ހައްޔަރުކުރޭ... ތަކުރާރްވިޔަ ނުދެއްވާ ހަރުކަށި ފިޔަވަޅުއަޅާ ޓެރަރިޒަމް އަމަލަކީ ގަބޫލުކުރޭވެނެ އަމަލެއްނޫން
ތިޔައޭ މައްސަލަ އަކީ ތިޔަކަހަލަ ޒުވާނުން ނަކީ މިއަދު މިމުޖުތަނައުގައި އުޅެންވާކަހަލަ ބައެއްނޫން...މީ ސިއާސީ މީހުން އުފައްދާ ބައިގަނޑެއް.....މިއުޅޭޒުވާުން ބޭނުންވަނީ މަސައއކަތެއް ނުކޮއް ކައިގެންބޮއިގެން އުޅެން....ދެން ކޮންމެވެސް އަންނެއްލައިގެން ސައިކަލް ދުއްވާލާފަކޮފީއަށް އަ ރާލަން....މިހެން މަސައްކަތެއް ނުކޮށް ޒުވާނުން ގިނަވެ....މިހާ ރު އެޒުވާނުންް ޖެހެނީ ބަންގާޅީން އަތުން ސަލާން ޖަހައިގެން ނުވަތަ ޖަރީމާހިންގައިގެން ނުވަތަ ކޮންމެސްތަނަކުން ވައްކަންކޮށްގެން ބިޓައް ކޮފީގަނޑެއްވެސް ދެވެނީ...ހާލަތު ދެއްތޯ
އަޅުކަންކުރާ ތަންތަނަށް ހަމަލާދިނުމަކީ ޓެރަރިޒަމްނޫން ކޯއްޗެއް ، އެކަމަކު އަޅުގަނޑަށް އެބައޮތް ޔަޤިންކަން ފުލުހުންގެ ކައުންޓަރ ޓެރަަރިޒަމްގެ ފުލުހުން ރެއިޑްކޮށް ހަމަލާދިންމީހާ އުފުރާނުލާނެކަން މީޑިޔާތަކުގައިވެސް މިކަމަކީ އާދައިގެ ކަމެއް ކަމުގައި ދައްކާ
ސަރުކާރަށް ދަންނަވަންއޮތީ ހަރުކަށި ފިކުރު ހުއްޓުވަން މަޑުކަށި ފިކުރު ޕުރޮމޯޓްނުކޮށް ދީނުގައި އޮތް ގޮތަށް ޢަމަލުކުރައްވާށެވެ.
މިސަރުކާރުން އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ
ތިވާނީ ހެޔޮނިޔަތުގައި އެމީހާމިސްކިތައްއަރައި ކުރިކަމެއްކަމަަށް
މީހަކު ހައްޔަރެއް ނުކުރާނެ . ތިޔަކަން މާބޮޑު ކަމަކަށްވެސް ނުހަދާ ނިންމާލާނެ. އެއި ނަމާދަށް ހުރި މީހަކަށްނު ހަމަލާ ދިނީ. ނަމާދަށް ހުރި މީހަކަށް ހަމަލާ ދިނުމާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކި މިހާރު އެއްވެސް ކަމަކަށް ނުވާކަން އެންމެންވެސް ދަނޭ. އެކަމުގެ ހެއްކަކީ ސަރުކާރުގެ މަތީ މަޤާމްތަކުގައި މިހާރު އެފަދަ މީހުން ވަރަށް ގިނައިން ތިބިކަން. އެންމެފަހުން މިނިސްޓަރކަންދިން ގޮއްޔެއަކީވެސް އިސްލަމްދީނަށް ފުރައްސާރަކުރުމުގައި ކުރިއަރާހުރި ގޮއޔެއެއް.
މިއަށްވުރެ ހަރުކަށި ހައްދު ފހަނައަޅާފަ ތިބި ބއެއް އުޅޭނެތަ... މީޑިއާ ތަކުންނާ ސަރުކާރު ތަކުން މިކަހަލަ މީހުން ސިފަކުރަނީ ބުއްދިނެތް ބައެއްގެ ގޮތުގަ .. މިކަހަ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ދޭނީ ހިމާޔަތް
ސަރުކާރާއި ފުލުހުންނަށް ތި ހަމަލާދިންމީހަކީ މޮޔައެއްކަމުގައިވެއްޖެނަމަ އަންނިއަށް ހަމަލާދިން ކޮންމެ މީހަކީ މޮޔައެއް
މީ ހަގީގީ ޓެ ރަ ރިޒަމްއަކީ
އިސްލާމްދީނާއި ދެކޮޅު އަމަލެއްވީމައި ލާދީނީ ސަރުކާރުން މިކަން ބޮޑުކަމަކަށް ނުހަދާނެ. ލާދީނީ ގުންޑާ އަންނި ގެ ޑްރާމާއަށް މުޅިގައުމު ކައްކުވަނީމި.
ދިވެހި ފުލުހުންނަކަށް ތަޙުޤިޤ ކުރާކަން ނޭނގެ އެވެ ރެޑްހޭނޑް މައްސަލައެއް ވެސް ހުށަހަޅައިގެން އަހަރެއްވާއިރުވެސް ތަހުޤީގެއް ނުނިމެއެވެ. ހަމީދު ދަސްކޮށްދީފައި އޮންނަނީ ލޮގުނަގާށެވެ. ނޯއިންޓެލް ނޯއިންވެސޓގޭޝަން، އަޅުގަނޑުގެ ރައްޓެއްސަކު ބުނީ ފުލުހަކަށް ވީތީ ލަދު ގެންނަ ކަމުގައެވެ.
މިއީވެސް ޓެރަރިސްޓު ހަމަލާއެއްނޫންތޯ؟
ކިހާވަ ރރެއްގެ ހާއްސަ ކަމެއް ދޭނެބާ އެމީހަކު ހޯދާ އިންސާފުގެ ކު ރިމައްޗައް ފެންނަން.
ތިޔަމީހަކު ހޯދޭނެބާ؟ ހޯދިއްޖއެއްޔާ ކުޅެދޭ މީހެއްބާ؟
ތި ދެން ބޮޑުވަރު.
ދުވަހަކުވެސް ތިމީހަކު ހައްޔަ ރުކޮށް ތި އިމާމް މީހާއަށް އިންސާފެއް ނުލިބޭނެ
މަޑު ކަށި މީހެއް މިފަހަރު. ނުލަފާ ހަމީދަށް ފެންނަކަމަށް ވެސް ނަހަދާނެ.
އެމީހާގެ ތުނބުޅި ހުރިތޯ ބަލާބަލަ
ތަންކޮޅެއް ހަރުކަށި ނުވަތަ މަޑުކަށި ޢިބާރާތަކުން އެކަން ކުށްވެރިކޮއްލާ! އޭރުން އިންސާފު ލިބުނީ މި ޤައުމުގަ.
ލަވަކިޔަން ނުވަތަ އަންހެނަކު ފިރިހެނުންތަކެއް ކުރިމަތީ ނަށަންހުއްޓާ ކުރި ކަމެއްނަމަ މިހާރު އެމީހާ އޮންނާނީ ކުޑަގޮޅީގަ އުޑުފައިން.
އިމާމުގެ އިތުރުން އެހެން ބަޔަކު ތިބިބާ ނަމާދު ކުރަން... އަޑުގަދަކުރީ ކީކޭ ކިޔާފަބާ؟ އެމީހާގެ ޝަކުވާ އަކީ ކޮބާއިބާ؟