ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ކާފިއު ގަޑި ކަމަށްވާ ރޭގަނޑު 21:00 އިން ފެށިގެން ސިނަމާލެ ބްރިޖު ބަންދު ކުރާނެ ކަމަށާއި އޭގެ ކުރިން ހުރިހާ ދަތުރެއް ނިންމުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ކާފިއު ފަށާ ގަޑިން ފެށިގެން ބްރިޖް ބަންދުކުރާނެ ކަމަށެވެ. ކޮންމެ ރެއަކު 21:00 އިން ފެެށިގެެން ދަންވަރު 4:00 އާއި ހަމައަށް މާލޭގައި ކާފިއު އިއުލާންކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޝަރީފް ވިދާޅުވީ ވީހާވެސް ގިނަ ފުލުހުން ކާފިއު ވަގުތު މަގުމައްޗަށް ނެރެ މި އަމުރު ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ކާފިއު ގަޑި ފެށުނު ނަމަވެސް މަގުތައް ހިމޭން ވަނީ އޭގެ އެތައް އިރެއް ފަހުން ކަމަށެވެ. އޭނާަ ވަނީ މިގޮތަށް އަމަލުނުކުރުމަަށް އިލްތިމާސް ކުރައްވައިފައެވެ.
ބަންދު ވަގުތުތަކުގަައި ބްރިޖް އިން ދަތުރު ކުރެވޭނީ ހަމައެކަނި ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާފިއު ވަގުތުގައި ބޭރުގަައި އުޅޭ ފަރާތްތަކާއި މާސްކު އަޅަމުން ނުދާ މީހުން ދަނީ ޖޫރިމަނާކުރަމުންނެެވެ. މިފަދަ މީހުން ޖޫރިމަނާކުރަމުން އަންނަނީ 1000ރ. އިންނެވެ.
މިހާރު ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ ކޮވިޑް-19 ރެކޯޑް މިންވަރަކަށް ފެތުރެން ފެށުމާއި ގުޅިގެންނެވެ. ދުވާލެއްގެ މައްޗަށް މި ބައްޔަށް ފައްސިވާ މީޙުންގެ އަދަދު އަންނަނީ 500 އަށްވުރެ އިތުރުވަމުންނެވެ.
މިކަމާ ގުޅިގެން މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ސުކޫލުތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ވަނީ ބަންދުކޮށްފައެވެ. މީގެެ އިތުރުން ޖިމްތަމާއި ކުޅިވަރު ކުޅޭ ތަންތަން އަދި ކަސްރަތު ކްލާސްތައްވެސް ވަނީ ބަންދުކުރުމަށްް ނިންމާފައެވެ.
ބަލަ ތިޔަ ހާއްސަ ހުއްދަދޭމީހުންނޫންތާ ޕޮސިޓިވްތިޔަވަނީ ބޮންވެސްގޮއްވަނީ ކަންކުރަންނޭގިގެން ތިޔަ ތެޅި ފޮޅެނީ ހީވަނީ ކަމަކުންސަލމަތްނުވެގެން އުލެޙެން ދައުރު ހަމަނުވެގެން މިވެތިން ސަލާމަތް ނުވެގެން ހަދާނެގޮތްހުސްވެގެން ބޮލާފޮށާ އެޅިގެން އެތިބަ ތެޅެނީ އިސްތިއުފާދީފާ ގެއައްދޭބަލަ
ރަނގަޅަށްވިއްޔާ އިންޑިއާ މީހުނަށް ދެވޭނެ 24 ގަޑިއިރުވެސް.. ދިވެހިންނަށް ވީމަ ބަލާވެރިކަން ޖައްސަނީ
ރައީސް ޔާމީން ދިވެހިންނަށްޓަކާ އަޅައިދެއްވި ބުރިޖުވެސް މި ނުލަފާ ސަރުކާރުން ކާލަނީ
މިމާލެ ލޮކްޑައުންކޮށް ނިކަމެތި އާއްމު ރައްޔިތުން ބަނޑަަށްޖައްސާފަ ބަނޑަށް މަރުވީމަ ޖެހެނީ ކޮންތާކުތޯ؟ ހުސްއެކަނި އެއްކޮޅަކަށް ވިސްނައިގެން މިގައުމު ނުހިންގޭނެ.
ފުލުހުން 8 ޖަހާއިރު ނިކުންނަންވީ އެއިރުން ހިމޭންވާނެ 9 ޖަހާއިރު ކުޑަކުޑަ ކައިވަތެއްގެ ތެރޭގައި އުޅޭމީހުން ގިނަވީމާ ވާނީއެހެން ޒަރޫރީ ބޭނުންތަށްވެސް ހުންނާނެދޯ.
މި ސަރުކާރަކީ ޖެހިފައޮތް ބަލާވެރިކަމެއް
ރައީސް ޔާމީން ރައްޔިތުންނަށް އަޅައިދެއްވި ބުރިޖު ދިވެހިންނަށް ބަންދުކުރެވިގެން ނުވާނެ.. މީ ރައީސް ޔާމީން ގެ ތަފާތަކީ.. ރައީސް ޔާމީން ރައްޔިތުން ދެކެ ލޯބިވޭ.. މި ސަރުކާރުން އުޅެނީ ރައްޔިތުންނަށް ބަލާވެރިކަން ޖައްސަން
ކޮމިއުނިސްޓް ޑިކްޓޭޓާރޝިޕެކޭ ކޮބާ ތަފާތެއް.. ގޭ ބަންދުކޮށް ރައްޔިތުންނަށް ދުއްޕާން ކުރުން
އަހަރުމެން ނާރާނަން ބުރިޖަކަށް.. ޖަޒީރާވަންތަ ކޮށް ކަނދުފަތީގަ ދާނީ.. ގޯނި އަދެގެން ތިބޭނީވެސް
ޖަޒީރާވަންތަ ގޮތަކީ ބުރިޖު ބަންދުކޮށް ބޮއްކުރާގަ އުޅުން.. ބޮޑުކަމުދާންވެސް ފާހަނާއަށްވުރެ އަތިރިމަތި ރަނގަޅުވާނެ.. ސުތުލި ގޯނިން މުންޑު އަނދެލައިގެން ތިބޭއިރު ކިހާ ނަލަވާނެ ދެެއްތޯ
ހާހާހާ....އަސްލުވެސް
އަޅުގަނޑުމެނަށް އުނދަގޫ ތިޔަ ޖައްސަވަނީ އިންޑިޔާ މީހުން ނޫންވީމަތޯ
މި ސަރުކާރުގެ ނުބައިކަން ހުރިވަރަކީ ވެކްސިން ޖަހުވަން ލުއިދޭން އުޅެފަ ވެކްސިން ޖެހީމަ ލުއިތައްވެސް ވެންޓިލޭޓަރު ކާލިހެން ކާލުން
މި ސަރުކާރު އޮތޯ ރޭޕާ ޖޫރިމަނާއަށް ފައްސިވެފަ
ރައީސް ޔާމީން އެޅުއްވި ބްރިޖެއްވީމަ ހިތްޕުޅަށް ތަދުވީ ކަމަށް ވަނީ.. ފްރީ ރައީސް ޔާމީން
މިފެންވަރު ބްރިޖެއް ނޭޅޭތީ ޖެލަސްވީ ތޯއްޗެ
މި ކަހަލަ ޖެއްސުންކޮށްފަ ޒުވާނުންދެކެ މާލޯބިވާ ބައެއްކަމަށް ހެދެނީ
ހާހާހާހާހާ.....ސަޅި..ގޯނި އަނދެގެން ހުރެ ކަނދުފަތީގަ ދުއްވާލާފަ ދާއިރު ޕިކެއް ނަގާފަ ފޮނުވާލައްޗޭ....