ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރާލަންޖެހޭ ކަމަށް ބުނެ ނ.ކުޑަފަރީ ޓީޗަރަކު ފޭސްބުކް ގައި ލިޔެފައިވާ ޕޯސްޓެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ޓީޗަރު އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ ކަމަށެވެ.

ފޭސްބުކް ޕޯސްޓުގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ޓީޗަރު ލިޔެފައިވާ ޕޯސްޓު އެޑިޓްކޮށްލަން އެޑިއުކޭޝަން ޕީއެސް އެންގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އެ ޓްވީޓަށް ރިޕްލައިކުރަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ، އެ މެސެޖް ލިބުމާއިއެކު ސްކޫލުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ. އަދި މުވައްޒަފު ޖަވާބުދާރީ ކުރެވުނު ކަމަށް ޕީއެސް ވިދާޅުވިއެވެ. އެއީ ބޮޑު ކުށަކަށްވާއިރު މައްސަލައިގެ އިދާރީ ތަހުގީގު ނިންމައި ސީއެސްސީ އަށް ލަސްތަކެއް ހުށައެޅޭނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

"މިހާރުވެސް މުވައްޒަފަށް ވާނީ ފިޔަވަޅު އަޅާފައި" އަހުމަދު އަލީ ވިދާޅުވިއެވެ. އިއްޔެ ވައްޑޭ ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ، ރުޅިއާއި ނަފްރަތު މުޖުތަމައުގައި ފަތުރައި މީހުންގެ ލޭ ހުއްދަކުރާ މީހުންނާ ދެކޮޅަށް މުޅި ގައުމު ތެދުވާން ޖެހޭ ކަމަށެވެ.

ވައްޑޭ ދައްކަވާ ބައެއް ވާހަކަތަކުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ވައްޑޭ

    އަޅޭ ކީއްވެބާ ވައްޑޭ ދެއްކި ވާހަކައަށް ފިޔަވަޅު ނާޅަނީ..............

    17
    2
    • .....

      ގުންޑާ ގްރޫޕް މީހެއްނު. އެހެންވެ.

  2. އިބްރާހީމް

    މިއީ މުސްލިމް ޤަވްމެއް މިޤަވްމުގެ ރައްޔިތުންގެ ވިންދާ ކުޅޭ މީހުންނަށް ފިޔަވަޅު ނާޅާ ބަހެއް ބުނާ މީހާއަށް ފިޔަވަޅު އެޅުމުގެ ހަމަޔަކީ ޔަހޫދީންގެ ހަމަ، ދީނަށް ފުރައްސާރަ ކުރުމަކީ ހަމަ ތަވްބާވާން ޖެހޭވަރުގެ ކަމަކަށް ނުވަނީތޯ؟

    22
    1
    • ޟުސީ

      މުސްލިމުންނަށް ވައްކަމާ ފޭ ރުން ހުއްދައެއްނޫން.

  3. ރަދީފް

    ވައްޑެ ވެސް އެއީ ރުޅިއާއި ނަފްރަތު ފަތުރާމީހެއް.ތަފާތަކީ ވައްޑެ އެކަންކުރަނީ މަޖްލިހުގެ 4 ފާރުތެރޭގަ ހުރެ.އަމިއްލައަށް މަޖާވާން ނުވަތަ ގަޓް ހުންނަކަން ދެއްކުމަށް ވައްޑެއެއީ މައިކެއް ލިބިއްޖެނަމަ ވަޖިދުވާމީހެއް.މިހާލަތުގަ ވައްޑެ ކިތަންމެ ކޮހެއް ގޮވައިފި.އެއްވެސް މީހަކަށް އަނިޔާވެރިވާން ހިތްވަރުދީގެން ނުވާނެ.ވައްޑެއަށް ހެޔޮވިސްނުން މިންވަރުކުރައްވާށި.އާމީން

    9
    3
  4. ޖުލައި

    މުރުތައްދުވާ މީހުންނާއި މެދު އިސްލާމީ ޝަރީއަތުގަ އޮންނަ ހުކުމްގެ ވާހަކަ އޭނާ ބުނެފަ އެ އޮތީ. ލާދީނީ މީހުން ދީނަށް ފުރައްސާރަ ކުރިކުރިހެން ލިބޭ މަގާމްތަށް މަތި ވަނީ. އެއްވެސް އަދަބެއް ނުދެވޭ

    13
    2
  5. ޖުލައި

    އެމްޑީޕީ މީހަކު ރައީސް ޔާމީނު މަރާލަން ގޮވީމަ އެމައްސަލަ ނުބެލި. ޓެރަރިޒަމް ނޫން ވީމަ

    16
    1
  6. ގެރި

    ރައީސް ޔާމިން އާ ދިމާލަށް މިކަހަލަ އެއްޗެހި ގޮވާ މީހުންގެ މައްސަލަ ކީއްވެ ނުބެލެންވީ.... ރީނދޫ ހުން ޖެހިފަ ތިބޭ މީހުން ރައީސް ޔާމީން އަށް އިންސާފު ލިބޭކަށް ނޭދޭނެ

    14
    2
  7. ލަޠީފް

    ވައްޑެ މާރާލަނޭކަމަށް ، ޔާމީންގެ ގޭގައި ބޮންގޮއްވުމަށް ގޮވާލާ ގޮވާލުން އެއީ ކަމެއްނޫނެވެ. ކަމަކަށްވަނީ ޞާލިޙް ދަންޖައްސަން ގޮވާލުމެވެ.

    12
    1
  8. އަލީ

    ކަލޭމެން އިސްލާމްދީނަށް ހަޖޫ ޖެހުން ހުއްޓާލާ! މިއީ ދިވެހި އިސްލާމީ މުޖުތަމައު އެއް. އެކަން ނޭނގި އުޅެންޏާ ވާނެ މިހެން. އެހެން ނޫނަސް އޭނަ ނެތް ދޯ ވައްޑޭގެ ނަމެއް ލިޔެފަ. އަނެއްކާ ވައްޑޭއަކީ ތަ ސިކުމީހަކީ ތި މަތިން ބައިން ޖެެހެނީ؟ ޔާމީނު ގޭގަ ބަހައްޓާފަ ގޮއްވަން ބުނިމީހާ އެހެރީ ހަމަ. އެއްވެސް ކަމެއް ނުކުރޭ. އެކަމަކު ކަލޭމެން މިސޮރު ފާހާ ދުވާނެ.

    15
    3
  9. ނަައީމް

    ދެން ކަލޭ ކީއްވެތް ރައީސްޔާމީން ގެ ލޭ ބޯން ތިޔަގޮވަނީ ވައްވައްޑޭ ކަލޭ ހަމަތަ ވައްވައްޑޭ އަގައޮތީމާ ތަޅުވަނީ ދައުރުނިމުނީމާ ދެންހަދާނެގޮތެއްވިސްނިއްޔތާ މާތާހިރެއްނު

    12
    1
  10. ޓީޗަރަކު ބުންޏަސް ޙައްޤު ވާނީ ޙައްޤަށް

    މުރުތައްދުވާ މީހާ ތައުބާ ނުވެއްޖެނަމަ އޮތީ ޤަތުލުކުރުން.

    17
    2
    • ރާގޮޑިރާޖަ

      ފޭޜިގެން ހޯދާމުދަލާއި ފައީސާ އެއީ ތިމަންނަމެންގެ ގަނީމާމުދަލޭވެސް މިއުޅޭފެންނުވަ ރާ ގުރޫޕައް ބުނެވިދާނެތޯ

      2
      2
      • ސުވާލު

        ތިޔަބުނަނީ އެމްޑީއެންގައި އުޅޭ ފެންނުވަރާ ގުރޫޕު ވާހަކަތަ؟ މިރާއްޖޭގައި ފެންނުވަރާ ބަޔަކަށް އުޅޭނީ ލާދީނީ އެމްޑީއެން ގުރޫޕު.

        2
        1
  11. އާސިދާ

    އަބަދުވެސް ކޮންމެވެސް މައްސަލައެއްނުބެލިގެން ކުޑަކުދިންތަކެއް އުޅޭހެން.....މެންބަންވެސް އަހުލާގު ދަށީ...ވާނީވެސްއެހެން ވަކި ތައުލީމީ ސަ ރުތެއް ބަލަނީކީނޫން....އިއްޒަތް ތެ ރި މެންބަ ރެކޭ ބުނީމަ ނިމުނީ.....

  12. ޙަލީލް

    ވަކި ޕާޓީއެއްގެ މީހުން މަ ރަންބުނީމަތަ ތަހުގީގު ކު ރަންޖެހެނީ.. ކޮބާ ޔާމީން ގޮއްވާލަން ބުނި އެމްޑީޕީ މީހާ..

    8
    2
  13. ބުރާންތިސް

    ތިކަހަލަ ޕޯސްޓް ގިނަވަނީ ފިޔަވަޅު ނާޅާތީ.
    އިހައްދުވަހު ރ.ޔާމީން އަށް ހަމަލަދޭން ޖެހޭކަމަށް ބުނިމީހާ މިހާރުވެސް ރަށުތެރޭގައި އުޅޭނެ. އަދި ފިޔަވަޅޭއްވެސް ނާޅާނެ.
    ދެން ތިއީ މިހާރު މާބޮޑުކަމެއްނޫންހެން ހީވނީ.

  14. ބުރާންތި

    އައި ތިންކް ޓީޗަރު ބުނެފަ އެވަނީ މުރތައްދުންނަށް ދީނުގަ އައިސްފަވާ ހުކުމް. އެއްމެން ނުކުމެ އޭނަ މަރާކަށްނޫން. ރޯނު އެދުރު ވިޔަސް ބޮޑުވރު. އިސްލާމް ދީނުގަ ކަމެއް އައިސްފަވާ ގޮތް ބަޔާން ކޮށްދިނުމަކީ ކުށެއްބާ މި ސަރުކާރުގަ؟

    10
    2
  15. ބޯ ހަލާކު

    އައި ތިންކް ޓީޗަރު ބުނެފަ އެވަނީ މުރތައްދުންނަށް ދީނުގަ އައިސްފަވާ ހުކުމް. އެއްމެން ނުކުމެ އޭނަ މަރާކަށްނޫން. ރޯނު އެދުރު ވިޔަސް ބޮޑުވރު. އިސްލާމް ދީނުގަ ކަމެއް އައިސްފަވާ ގޮތް ބަޔާން ކޮށްދިނުމަކީ ކުށެއްބާ މި ސަރުކާރުގަ؟

    6
    2
  16. ހުސޭނުބޭ

    ކަންހިގާފައިވާ ގޮތަށް ބަލާއިރު ވައްޑެ މަރާލަން ފޭސްބުކްގައި ޕޯސްޓެއްކުރީ އެޑިއުކޭޝަނުން އެކަމުގެ އަޑީގައި އޮވެގެން.

    3
    1
  17. ކިނބޫ

    ގިސާސް ހިފުމަކީ ސިކު މީހުން ކުރާ ކަމެކޭ ކިޔައި މީހުންގެ ލޭ ހުއްދަ ކުރަން ވަކާލާތުކުރި މީހަކަސް މިކަލޭގެވެސް މަރާލަން ގޮވާލެވިގެން ނުވާނެ.

    2
    1
  18. ރަދީފް

    ކޮބާ މަގޭ ކޮމެންޓް؟

    2
    1
  19. ދޮގެއްތަ؟

    ނަޝީދު އާއި އޭނަގެ އައުވާނުން ބޭނުންވަނީ ގައުމުގަ ފިތުނަ ފަސާދަ އުފައްދާ އަހުލީ ހަނގުރާމައެއް ފެށުން. ކޮޅުމަތި މިފެންނަނީ.
    ގިސާސް ހިފުމަކީ ދިރުމެއް ވާކަމެއް ކަމަށް އޮތް ބަސްފުޅަށް ގޮން ޖަހާ، މަރަށް މަރު ހިފުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ލޭ ހުއްދަ ކުރަން ގޮވޭ ގޮވެއްޔެއްކަންވެސް ނުދަންނަ ބައެއް ނަޝީދުގެ ބައިގަނޑަކީ.
    ތިބުނާ ވަހީދަކީ ފާޅުގަ މިކަމަށް ގޮވާލި މީހެއް. އޭނަގެ ލެއާ ޖެހުނީމަ އެވީ މައްސަލައަކަށްނު! އެންމެނަށްވެސް އޮންނާނީ މިގޮތެއްނު ހަމަ.

  20. ކިނބޫ

    މަޑުކައްޓެއްގެ ވާހަކަ ބުނާއިރަށް މައްސަލަ ބަލާ ފިޔަވަޅު އެޅޭނު އެބަ. އެހެން މީހުން މަރަން، ދަން ޖައްސަން ގޮވާ ރީނދޫ ޓްވިޓަރޭމެން މިހާރުވެސް އެތިބަ ހޭނެތެނީ. ބަޔަކު އެނގޭ ކަމަށްވެސް ނަހަދާ. ތިހެނެއް ތިކަމެއް ނުވާނެ. ތިމާމެން ހިތުހުރި ގޮވެއްޔެއް ގޮވަންވީ. އެހެން މީހުން ހަމަހިމޭނުން ކަރު އެލުވާލައިގެން އާދެމަސާހިބު ވެފަ ތިބެންވީ. ނުވާނެނު ތިހެނެއް މިހާރަކު. އެހެންވެ މިބުނަނީ ގައުމު ހަމައަކަށް އެޅުވުމުގެ ޚިޔާލާތެއް ފިކުރެއް އަދި ގާބިލުކަމެއްވެސް ހުރި ބައެއް ނޫނޭ މިއަދު ބާރުގަ މިތިބީ. ދުއާއަކީ މިބައިމީހުންގެ ބާރުވެރިކަން ނިގުޅުއްވައި މި އަނިޔާއިން އަޅަމެންނާއި އަޅަމެންގެ ގައުމު ސަލާމަތް ކުރެއްވުން.

  21. ދދދދދ

    އެހާވަރު ކަމެއްތަ އެއީ! ތިޔަ މީހާ ގްރޫޕުން، ޔާމީނު މަރާލާށޭ ކިޔާފަވެސް އެބަ ގޮވައެއްނު.
    ދެން މާބޮޑު ކަމަކަށް ވެގެން އުޅޭކަށް!
    ހުވާ މިބުނީ ވެރިމީހައިން ފެށިގެން އެބާގައިގަ ހުސް ބޮލުރޮދިން.

  22. ނަޖުދާ

    ލާދީނީ ބައިގަނޑަށް ނިސްބަތްވާ އަގުބޮޑު ފުރާނައެއް މަރާލަން ގޮވާލެވިގެން ނުވާނެ. ވަރަށް މާތް ބައެއް އެއީ. ކޮންމެސް އެހެން މީހެކޭ ގޮވާ. އޭރަކުން އަޅައެއް ނުލާނެ.

  23. ގުއިތުބުޅި

    ކަލޭމެން ތި ދީނީ ސަކަ ރާތް ޖަހާވަ ރަށް ވު ރެ ރާއްޖެ ކުޑަ. ޜައްކާވޭ އަފްގާނަށް

    • ކަލެޔަކަށް ނޫން އެނގޭނީ އޭނާ ރައްކާ ވާންވީ ތަނެއް. ކަލޭ ޖެހޭނީ މިތާ އިސްލާމް ދީން އޮތީމަ ދެފައި ފިއްތައިން ހުންނަން

  24. ދާރި

    ބާ ރަށު ސުޖާއު އަޢީ ވައްޑެވެސްތީ ބިމުން މަތީގަ ހިގަންއުލޭމީހުން

  25. އަލްހަވްރާ

    ވެރިއަކަށް ހުރި މީހާއަށް ގައުމުގެ އެއްވެސް ކަމެއް ހަމައަކަށް އެޅުވުމުގެ ގާބިލުކަން ނެތުމުގެ ނަތީޖާއަކީ މީ. މިފާއިތުވީ ދެތިން އަހަރުތެރޭ މުޅި ގައުމު މިވަނީ ފިތުނައިގެ އަލިފާން ރޯވެފަ. މި ނިއްވާލާކަށް އެފަކީރަކަށް ނުމެއެނގޭ. ކިހާ ދެރަ ކަމެއް.

  26. އިންޑިއާ އައުޓް

    ތިޔަކަމަކާ ބުނާނެ އެއޗެއް ނޭނގޭ ތިޔަކަހަލަ ކަނތަކަށް ވާހަކަ ދެއްކޭނީ ދީނީ އިލްމުވެރިންނައް އެހެނަސް ދެރަކަމަކީ ލާރިދިންވަރަކުން ދޭމީހާ ރުހޭކަހަލަ ރައުޔު ނެރެދޭ އިލްމުވެރިން ތިބުން އެހެންވެ އަހަރެމެންކަހަލަ ގަމާރުން ތިބެން މިޖެހެނީ ވާނުވާގަ