އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގާފައިވާ ބޮޑު ހިޔާނާތުގައި ތުުހުމަތުވާ މީހުންގެ ނަންތައް މަޖިލީހުން ހާމަކުރަން ޖެހޭ ކަމަށާއި، އެ ނަންތައް ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް ކުރާ ބަދުނާމު ނުހުއްޓޭނެ ކަމަށް ރައްޔިތުންގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ފޮނުވިއިރު މީހުންގެ އަދަދު 281 އަށް އިތުރުވެފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ބޭއްވި ބައްދަލުވުގައި ވަނީ ހާމަކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަކީ ކުރިއަށްދާ ތަހުގީގަކަށްވާތީވެ ކޮމިޓީއާ ހިއްސާކުރެވިފައިވާ މައުލޫމާތު ސިއްރު ކޮށްދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެދިފައެވެ.

އެކަމާ ގުޅޭ ގޮތުން ލިޔެފައިވާ އާޓިކަލްއެއް ރީޓްވީޓް ކުރައްވާ ރޮޒެއިނާ ވިދާޅުވީ، ހިޔާނަތާ ގުޅުވައި އެތައް ބައެއްގެ ބޮލުގައި "ވަގު" ބަދުނާމު އަޅުވާތާ އެތައް ދުވަސްތަކެއްވެއްޖެ ކަމަށެވެ.

"ތީގައި ކުށްވެރިވާ ބައެއްގެ ނަންވިއްޔާ ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް މިކުރާ ބަދުނާމު ނުހުއްޓޭނެ" ރޮޒެއިނާ ވިދާޅުވިއެވެ.

ހިޔާނާތުގެ މައްސަލަ އަށް ހާއްސަ އިސްކަމެއްދީގެން ބެލެވެން ޖެހޭ މައްސަލައެއް ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދީފައި މި ވަނީ ވެސް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ލަސްވަމުންދާތީ އެ ކަމަށް މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ފައްޓަވާފައިވަނިކޮށެވެ. މި ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ވަނީ މަޖިލީހަށް ވެސް ފޮނުވައިފައެވެ. ތަހުގީގީ އިދާރާތަކުން މި ލިސްޓު މަޖިލީހަށް ފޮނުވާފައިވަނީ ލިސްޓު އައުން ލަސްވާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވިތާ ދުވަސްތަކެއް ވެސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޯޖހތުއްތު

    ޗޮއްޕަޓުގެ ނަން އޮތްތޯ ބަލަންދޯ؟ 3 ދައުރު މަޖިލީސް މެންބަރުކަންކޮށްފަ ހޮސްޕިޓަލެއް އެޅޭވަރުގެ މުއްސަނދިކަމެއް ލިބުނުގޮތްވެސް ބެލޭނެ ދުވަހެއް އަންނާނެ

  2. ހުސޭނުބޭ

    ބައެއް މީހުންގެ ނަން އުނިކޮށް އަނެއްބައި ނަންތައް އިތުރުކޮށް ތި ލިސްޓް އާންމުކުރާނެ! މަސްފަލަ ގެރިތަކެއް ލިސްޓުގައި އޮތީމާ އާންމުކުރެވޭކަށް ނެތް!

  3. ބޭބެ

    އަނެއްކާ ރޮޒައިނާ... ބައިއަޅައިގެން މުއްސަނދިވެފަތިބިމީހުން ތިބީ އެމްޑީޕީގަ ވީމާ ތިކަމެއްވާކަށްނެތް ވަށްސަލާމް.

  4. ޙަމަހަމަ

    ރޮޒޭ ބަލަ ކަބުލޯ މެންވެސް ފައިސާ ހޯދި ގޮތެއްވެސް ބަލަންޖެހޭ ރަގަޅައްތޯފެހީ ބިލްހެދީވެސްރަގަލައްތޯ؟؟؟

  5. ބުއްޅަބޭ ޖޫނިއަރ

    ނަން ނެންގުވީތޯ؟ މާވަރަކަށް އަނގަގަދަވެގެން ތިއުޅެނީ.

  6. ސުމައްޔާ

    ނުކެރޭނެ ހާމަކުރާކަށް .ވަގަށް ކެރޭނެތަ ތިމަންނާއަކީ ވަގޭ ބުނަން.ރޭޒޭގެ ތި އިޚުލާސްތެރި ހުށަހެޅުމަށް ޝުކުރިއްޔާ.

  7. މައިކް

    މިފަހަރު ރައިތުން ނައް އެގޭ ތެދުވެރިން ރައިތުންނައް އިހުލަސްތެރިން.