ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގޯހަކަށް ފަހު ގޯހެއް ހަދަމުން ކަމަށް އޭޑީކޭގެ ޑޮކްޓަރު ޑރ. އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް މިހެެން ވިދާޅުވެފައި ވަނީ، އޭފްސީ ކަޕްގެ ކޮލިފިކޭޝަނުގެ ފަހު ބުރުގަައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ދެކޮޅަށް ވާދަކުރުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައުމަށް އެޗްޕީއޭ އިން ދިން ހާއްސަ ހުއްދައާއި ގުޅިގެންނެވެ.

އެމީހުން ރާއްޖެ އަޔަސް ތިބެމުން އަންނަ ހޮޓަލުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އެމީހުން އެތަަނުން ބޭރަށް ނިކުމެ އުޅޭ މަންޒަަރު ފެނުމުން ގިނަ ބަޔަކު ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. މިކަމާއި ގުޅިގެެން މި މެޗް އިތުރަށް ރާއްޖޭގައި ނުބޭއްވޭނެެ ކަން އެފްއޭއެމް އަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވަަނީ އަންގަވާފައެވެ. އަދި އިންޑިއާ ކުޅުންތެެރިން ފޮނުވާލުމަށް ވެސް އޭނާ ވަނީ އަންގާފައެވެ.

ޑރ. ނިޔާފް ވިދާޅުވީ މިއީ އެޗްޕީއޭ އިން ކައްޗަށް އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މިކަމަށް އުޒުރު ދެއްކެން ނެތް ކަމަށެވެ. އެޗްޕީއޭ އިން ގޯހަކަށްފަހު ގޯހެއް ހަދަަމުން އަންނަ ކަން ފާހަގނ ަކުރައްވައި ޑރ. ނިޔާފް ވިދާޅުވީ މި ވަގުތު އިންޑިއާގެ ޓީމެއް ރާއްޖެެ ގެނެސް ލާހޫރެން ދޫކޮށް ނުލެވޭނެ ކަމަށެވެ.

ރާއްޖެ އައިސް ކޮންމެ ކުޅުންތެރިއެއް ވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. އަދި ކޮންމެ ދުވަހަކު ހުން ބެލުން ފަދަ ކަންކަންވެސް ކުރަން ޖެހެއެވެ. ރާއްޖެ އައިސް ބެންގަލޫރު ހުރިހާ ކުޅުންތެރިން ހެދި ޓެސްޓު ވަނީ ނައްސިވެފައެވެ.

ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕުކޮށްގެން ތިބީ ހޮޓެލް ޖެންގައެވެ. މި ހޮޓެލްގައި ކުލަބް އީގަލްސް ކުޅުންތެރިން ވެސް ތިބީ ކޭމްޕުކޮށްގެންނެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، ރާއްޖޭގައި ވެސް ބަލި ފެތުރޭ ދުވެލި ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. ރާއްޖެއަށް އިންޑިއާ ޓޫރިސްޓުން އައުން މަނާ ނުކުރާތީ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގައި މިހާރު ފެތުރެމުން ދަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓްއެއް ކަމަށް ސިއްހީ މާހިރުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަވަރު

    އެޗް.ޕީ.އޭ އަކީ ބަޔަކު މޮޑޭފުށްގަޑެއް އެކަންނޭގޭ މީހަކުނޫޅޭ މުސްކުޅި ދައިތަޔަކުލައްވާ ގައުމެއް ހަލާކުކޮއްފި.

    78
    • ޑޯޒް

      މާލޭގަ ފްލޫ ކުލިނިކް ވެސް ނެއް 3 ދުވަސް...ހުސް ޓެސް ހަދަނީ

  2. ހޯހޯ

    އިންޑިއާ އައުޓް އިންޑިއާ އައުޓް . މިހެން ބުނީމަ ރުޅި އަންނަ މީހުން އުޅޭނެ އެކަމަކު މީ ބޮޑުވަރު ރައްޔިތުން ގޭގަ ތިބޭބަޔަކު ތިބެ ތިބެ ވަރުބަލި ޑޮކްޓަރުން ނާ ނަރުހުން ވަރުބަލިވެ ގޮތް ހުސްވަނީ .އެކަމަލު ވީ އައި ޕީ މީތި ފެތުރުމުގަ ދެރަކަމެއް.

    65
    1
  3. އިބްރާހިމް

    އެ އީ އިންޑިއާ މީހުން ހުރިހާކަމެއްވެސް ހުއްދަވާނެ
    ކީއްކުރާނީ ދޯ

    59
  4. ކާފަބޭ2020

    ޑރ ނިޔާފްދަރިފުޅާއެވެ. ނޫސްތަކަށްތިޔަޚަބަރުދިނުމެކޭ އީއާރރޫމްގައެކަނިމާއެކަނިހުންނަވައިގެން ވާހަކަފުޅުދެއްކެވުމާ އެއްވެސްތަފާތެއްނެތެވެ. އަޑުއިވޭނެކަންފަތެއްފެންނާނެލޮލެއް ވެރިކަމުގަތިބިމީހުންގެނެތެވެ. އެމީހުނަށްފެންނަނީ ޖައްސާ މަތިންދުއްވާބޯޓުތަކާއި ލިބޭޑޮލަރުކޮޅެވެ. ތިޔަޚިދުމަތްތެރިން ކުރާބުރަނުރައްކާތެރިމަސައްކަތުގެއެއްވެސްކަމަކާވިސްނާނެ ވަގުތެއްނެތެވެ. އެންމެން ނަފްސީނަފްސީވެފައެވެ.

    84
  5. މޯޑު

    އެހެން ވީމަ މި ސަރުކާރައް ލާދީނީ ބައިގަޑޭ ކިޔަނީ ތަރާވީހަށް އިމާމަކު ގެންނަން ޖެހުނީމަ ކޮވިޑް ފެތުރިދާނެ. ބޯޅަ ކުޅެން ގިނަބަޔަކު ގެނަޔަސް ކޮވިޑް ނުފެތުރޭ

    78
  6. ޙުކުމް

    އިންޑިޔާގެ ބަޔަކަށް އިންޑިޔާ މީހުންނަށް އާދެވޭނެ...

    21
    3
  7. ދޯދި

    މިމީހުން ބެލެނިވެރިބަޔަކު ތިބޭނެ އެފަރާތްތައްވެސް ކުށެއްކޮއްފައިވާނަމަ ހައްޔަރުކުރޭ. އެއީ އެމީހުންއެކަނި ވެގެން ކޮއްފައިވާ ކަންތައްތަކެއްނޫން. ހޮޓާގެ ސެކެއުރިޓީކޮބާ؟؟ މަހުލޫފު ބެހެއްޓި ސިފައިންކޮބާ؟؟

    20
  8. ާއަހުމަދު

    ޑރ. ވަރަށް ހިއްވަރުގަދަ ތީ ދެއްކުން ހަރާން ވާހަކައެއް، އިންޑިއާ ވީމަ

    27
  9. ރުއް

    މުޅި ރާއްޖެއަށް ކޮވިޑް ފަތުރާލި ބޭފުޅާ އެއޮންނެވީ މިހާރު ހޮސްޕިޓަލްގަ

    24
  10. މަނީމަނީ

    ވަރައްދޯހަޅި ސިޔާސަތު ކުޅިވަރައްވުރެ ފުރާނަ މުހިންމުވާންޖެހޭ ކަން ނޭގެނީ

    26
  11. ގައުމީ ލޯބި

    ހެލްތް މިނިސްޓަރާއި ފޮރިން މިނިސްޓަރު އިސްތިއުފާ.. ދެއްވުން ވަރަށް ބުއްދިވެރި.. އެދެމީހުން މެދުވެރިވެގެން ދިވެހީން ހާލަކަށް ވައްޓާލަނީ ގަސްތުގައި.. ނޫނެކޭ ބުނެވޭނެ ޖާގައެއްނެތް.

    އިންޑިޔާގެ ކޮރަންޓީން ފެސިލިޓިއަކަށް ދިވެހިރާއްޖޭގެ ހަދައިގެން މިހާރުވެސް އެތައްބަޔަކަށް އެބަލި ވާނީ ފެތުރިފައި.. މީހުން މަރުވަނީ.. ކާކު ޒިންމާ ނަގަނީ..!

    ކުރީގެ މިނިސްޓަރަށް ނުވެގެން ނޭކިޔާފަ ބޮޑު މުސްކުޅިޔަކު ވައްދާއިގެން ވާނުވާ ނޭގިގެން މިއުޅެނީ..

    އެއަރ ޕޯޓުގައިވެސް އެއްވެސް ތަރުތީބެއް ނެތް.. މީހުން ތައް ގައިގޯޅިވަނީ.. އެހެން ގައުމުތަކުގައި ވަރަށް ބޮޑަށް މީހުން ކޮންޓްރޯލްކުރޭ އެއަރ ޕޯޓުގައިވެސް..

    އަމުދުަން އިންޑިޔާމީހަކަށް އަވައްޓެރި އެއްވެސް ގައުމަކަށް މިހާރު ނޭރޭ.. އެކަމަަކު އަހަރުމެން މިތިބަ އެމީހުން ގެނަންނީ.. ބުނާކަހަލަ މިގައުމުގައި ބަލިފަތުރަން އާދޭ..އާދޭ.. ޢޭ!

    ނުހިންގުނަސް އަދި ކަން ކރުަން ނޭގުނަސް ދިވެހީން ނުރައްކަލަށް ލުމަކީ ގަބޫލު ކުރެވޭނެ ވަރުގެ ޖަރީމާއެއްނޫން.. އަވަހަށް ހުއްޓުވާ! ނޫނީ އިސްތިއުފާ ދީފައި ގޭގައި ތިބޭ.!

    26
  12. Anonymous

    ޑރ. ނިޔާފަށް ފަށްފަށުން ޝުކްރިއްޔާ. ދިގުއުމުރުފުޅާއި ފުރިހަމަ ޞިއްޙަތުގައި ލަހައްޓަވާ، ޚިދުމަތުގައި ލަހައްޓަވާށި. އާމީން. ދިވެހި ރައްޔިތުންގެ ޙައްޤުގައި ތިޔަ ވަރުވެސް ކޮށްލަން ކެރިވަޑައިގަންނަވާ ބޭފުޅަކުނެތް. ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވަމުންދާއިރު ނުވެސް ދެނެހުރި ކަހަލަ. ފިޔަވަޅު ތަކަށް ލުއިދީ އަޅާވެސް ނުލާ ތިބީ. އަދިވެސް އިންޑިޔާ ކަހަލަ ބަލި ކޮންޓްރޯލް ނުވެ އޮންނަ ތަންތަން މީހުން ގެންނަނީ ކީއްވެގެންބާ.

    30
  13. މަގޭ ޚިޔާލު

    މިގައުމުގައި އެންމެ ބޮޑަށް މިނިވަން މުސްތަގިއްލު ވާންޖެހޭނީ ރައީސުލް ޖުމްހޫރިއްޔާއެވެ. ރައީސް ޖެހޭނީ ހުވާ ކުރާހިސާބުންފެށިގެން ސިޔާސީޕާޓީން ވަކިވާށެވެ.

    18
  14. ޢަދީލް

    މިހާރު މީނާގެ އިތުބާރު ގެއްލިއްޖެ... މިވެސް ހަމަ މަޥްހޫރުވާން އޭއްޗެކޭ މީއްޗެކޭ ކިޔާމީހެއް. ސަލާމް

    5
    3
    • ޜޮދި

      ނިޔާފުގެ ޓޯކަންއެއް ނުލިބުނީތޯ؟ހާދަޖޭވަނީ

      3
      1
  15. ނީރާ

    ސާބަހޭ ޑޮކްޓަރ ނިޔާފު ތީހަމަ ތެދެއް

    9
    1
  16. އަބްސީ

    މުސްކުޅި ދައިތައެއް ވިޔަސް މިނިސްޓަރެއްވިޔަސް މަސައްކަތު މީހެއްވިޔަސް ފައިސާގެ ދަހިވެތިކަމުގަ ޤައުމު ހަލާކޮކޮއްލަނީ، ފަހުން ނުބުނެވޭނެ
    ވެރިމީހާ ބުނެގެންނޭ ވޯޓަށް ޤައުމު ހުޅުވާލީ، ޤައުމަށް ޚިޔާނާތް ތެރިވި އެންމެ ނަށް ސުވާލު އަންނާނެ ދުވަހެއް އެބައާދޭކަން ހަދާން ކުރާތި