މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި އަނިޔާވެވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ދިގުކޮށް ވާހަކަދައްކަވާފައިވާ ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެެވެ.

ހަމަލާ އަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވެ ވެންޓިލޭޓަރުން ނެގުމަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަދެއްކެވީ ވެސް އިއްޔެގެ ވަގުތެއްގައެވެ.
މިވަގުތު އެމަނިކުފާނު ނުރައްކަލުން ސަލާމަތްވި ނަމަވެސް، އިންފެކްޝަންގެ ސަބަބުން އެމަނިކުފާނުގެ ހާލަތު ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނަށް ފަރުވާދިން އޭޑީކޭއިން ވިދާޅުވެއެވެ. .

https://twitter.com/nazimsat/status/1391099171503960066

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަލީ ނިޔާފް ވިދާޅުވީ، ނަޝީދަށް އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެނައީ އެރޭ 20:30 އެހާކަން ހާއިރު ކަމަށާއި އެވަގުތުން ފެށިގެން ޑޮކްޓަރުން ނަޝީދަށް އެޓެންޑް ވެފައިވާ ކަމަށެވެ. ނިޔާފް ވިދާޅުވީ، ނަޝީދުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހޭނައްތައިގެން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ބަލިތަކަށް ޙާއްސަ ޑޮކްޓަރު ނިޝާން ވިދާޅުވީ، ނަޝީދު ހޮސްޕިޓަލަށް ގެނެވުނުއިރު ވަރަށް ބޮޑަށް ހަށިގަނޑުގެ ބައެއް ތަންތަނުން ލޭ ފައިބަމުން ދިޔަ ކަމަށާއި އެންމެ ފުރަތަމަ ބެލީ ލޭ ފައިބާ ތަންތަން ރަނގަޅު ކުރެވޭތޯ ކަމަށެވެ.

ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް މުޅިއަކު 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށާއި ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގުނު ނަމަވެސް، އަދިވެސް ރިސްކު އޮތް ކަންކަން އެބަ ހުރި ކަމަށް އޭޑީކޭ އިން ވިދާޅުވެއެވެ. ގިނަ ސާޖަރީތަކެއް ހަދައި ނިންމާފައި އިންފެކްޝަންގެ ނުރައްކާ އޮންނާނެތީ ޑޮކްޓަރުންގެ ޓީމުން ގެންދަވަނީ ނަޝީދު ހާލުކޮޅު ކްރިޓިކަލް ކޭސްއެއްގެ ގޮތުގައި ނަންގަވައިގެން ވަރަށް ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ

    ސޯވަޓް؟ ނަޝީދު ތަންކޮޅެއް ދިގުކޮށް ފާހާނާ ކޮށްފި؟

    20
    2
  2. ނަައީމް

    މިއަދު އައްނިއައް އަސްލުބަޑި އަކައްވެއްޖޭ ޔާމީން އައްވީމާ ގޫބައްޑާ އަކައްވީ މިހުރީ މިކަލޭގެ ކަންތައްހުންނަގޮތް އިންސާފައް ތަބާނުވާނަމަ ގައުމު ގައި މިފަދަ ކަންކަން އާންމުވަނީ

    17
    1
  3. ވެރިން

    ފުޅު، ފުޅު ،ހާދަހާ ވާ އިއްޒަތަކާ ގަދަ ރެކޭ ދޯ ހަމަ ސަހަ ރޯ

    21
    4
  4. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    10
    3
  5. ސނ

    ކިތަންމެ ރުޅި އަޔަސް އަންނި އަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮއްދިން ބޭފުޅެއް.

    8
    22
    • ވެރިން

      މަދު ބަޔަކަށް ކަންތައް ވިޔަސް ގިނަ ރައްޔިތުން ނަށް ޖެހުނީ ބަލާ ވެރިކަން އައްނިޔާ ހެދީ

      20
      4
  6. ހުސޭނުބޭ

    ގޭތެރެއިން ދިން ހަމަލާއެއްވީމާ އާއިލާ މީހުންނާ ވަރަށް ވާހަކަދައްކަން ޖެހޭނެ! ދަރިފުޅު ބުނެފައި އޮތީ އެތެރޭގެ ޙަމަލާއެކޭ!

    23
    1
    • ޢަހޫ

      ބޮޑުވަގު ވައްކަންކުރީވެސް އަމިއްލަގެއިން.

      3
      1
  7. މައުރޫފް

    އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ އެއްވެސް މުސްލިމަކު އެދޭނެ ގޮތެއް ނޫން. އެއީ މުސްލިމުންގެ ސިފައެއްނޫން. އެކަމަކު ރައީސް ޔާމީނާ ދޭތެރޭ އޭރު ފިނިފެންމާ ލޯންޗް ގޮއްވިއިރު އޭރު އިދިކޮޅުގައި ތިބިމީހުން ކަނތއްކުރީ ވަރަށް އިހާނެތިކޮށް .މަލާމާތްކޮށް އެކަންކުރި މީހުންނަށް ހިތްވަރު ދީ އެމީހުންނާއެކު ޑީލް ހަދައި ވަރަށް ދެރަކޮށް ކަންތައްކުރީ އަދިވެސް އެމަނިކްފާނަށް އިންސާފެއްނުލިބޭ.

    14
    1
  8. ކޮތަރު

    ބަލަގަ ނަޝީދު އާއިލާމެންބަ ރުންނާ
    ގިނައި ރުވާހަކަނުދައްކާ ދެންކާކުތަ އެމީހުންނާގިނައި ރުވާހަކަދައްކާނީ ؟
    ވަ ރަށްހަމަނުޖެހޭޚަބަ ރެއް!!

  9. ޢައިސް

    ކަސައުޓީ ޒިންދަގީކޭ ގެ ބަޔެއް

  10. ޢަދިމް

    ދަރިފުޅަށް އަޚުލާޤު ދަސްކޮށްދީ.