ނިރުބަވެރި ހަމަލާތަކާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންނަށް ސާބަސް ދެއްވާ، ފުލުހުން ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރައްވައިފައެވެ.

އަދި ރައީސް އޮފީސް ޓެގް ކުރައްވާ ރާއްޖޭގައި ނިރުަބަވެރި ހަމަލާތަކުގައި ބައިވެރިވާ މީހުން ނުވަތަ ޓެރަރިސްޓުން ތިބި ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ފުލުހުންނަށް ތައުރީފުކުރައްވާ ވާހަކަދައްކަވާފައި މި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމަނިކުފާނުގެ ގެކޮޅު ކައިރިން ނިރުބަވެރި ހަމަލާ އެއް ދިން މައްސަލައާ ގުޅިގެން ފުލުހުުންނަށާއި ސިފައިންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް ނަޝީދަށް ނުރައްކާ އޮތްކަން ކުރިން ވެސް އެނގޭ އިރު އެފަދަ ހަމަލާ އެއް ދިނުމުގައި ކާމިޔާބު ވުމަކީ ފުލުހުންނާއި ސިފައިންގެ އިންޓެލެޖެންސް ފެއިލްވުން ނޫންތޯ އާއްމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވެސް ވަނީ ނިންމައިފައެވެ. އެ ކޮމިޓީއިން ނިންމާފައިވަނީ ރައީސް ނަޝީދަށް ދޭން ޖެހޭ ސެކިއުރިޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލިކަށިވެގެން ދިޔަ ގޮތުގެ މައްޗަށް ތަހުގީގެއް ކުރުމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައި، ހިންގަވާފައި މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި އިނގިރޭސި ވިލާތުގެ މީހަކަށާއި ދިވެއްސަކު ވެސް ޒަޚަމްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ހާދަ އެކަނިވެރި ނިކަމެތި ފޮޓޯއެއް! ޒަމާނެއްގައި ތިމާ ވަރުގެ މީހަކު ނެތިގެން ވަށައިގެން މެހިމާބުރުހެން މީހުން ތިބިނަމަވެސް މިއަދު ދުނިޔޭގެ ފިލާވަޅު ބައްލަވާ!

    11
    9
    • ޢަހޫ

      ތިމާވަ ރުމީހަކު ނެތިގެން ޔާމީނުވެސް އުޅުނީ. ޜަގަޅު ސަޜީއަތެއްކޮޢްފިނަމަ އަތްކަޑަންޖެހޭހިސާބުގަ މީހާއެހު ރީ.

      4
      4
  2. ޑީމަކްރަތީ

    ބަލަމައުމޫނު ރައީސް ނަސީދަކައް ހިތެއްރަގަޅެއްނުވާނެކަމުގެޖަލުގެ ތޭރިތައް ދެން ދެކެވެވާހަކައެ ފުޅިތޮށިމުގުރާފަ ބައްޕެން ކެއްކިވާހަކަ މިވަރުގެ ނުލަަފައި މީހެއްތި އްދިވެސްވއރުކަންބޭނުމީ ނަމޫނާބަލަންވީ ނަސީދުކަހަލަވެރިންބޭނުމީ

    6
    12
  3. ޙައްވަ

    ހިތްތައް ދެނެވޮޑިގެންވަނީ ޚާލިޤުވަންތަ ﷲ ތަޢާލާ. އިންސާނަކަށް އަނެއް އިންސާނެއްގެ ހިތެއް ނޭގޭނެ.

    13
    • ސިކުނޑި

      ހިއްހޯދާކައް ނޫޅޭ މީހަކު... އޭނާ އަމަލީ ގޮތުން ކުރިކަމަކައް އަދަބު ދެނީ ދުނިޔޭގަ.
      އާހިރަތް ދުވަހުން އަދި އޭގެ އަޒާބު މާހިތިކޮއް ލިބޭނީ

  4. ާވަތުބަތާނަ

    ކޮބާ ކަޅުފޮށި ހޯދިގޮތް ކަމަކުނުދޭދޯ.

  5. ﷲގެ އަޅާ

    މި ދެން ހާދަ ފޫހި މީހެކޭ. މީނަގެ ދިގު ތި ރީސް އަހަ ރު ރަށް ރަށުގެ ނިކަމެތި ކުދިން ކިޔަވަން އުޅުނު ހާލު 😤 ފޮތް ފަންސު ރު ގަނޑެއްވެސް ލިބުނުތޯ ބަލާނުލާ . ރައީސް ނަށީދު ހިލޭ ފޮތް ، ދަބަސް ދެންވެސް ބޭނުން ހު ރިހާ އެއްޗެއް ހިލޭ ދެއްވަން ފެއްޓެވީ. އެއީ ރައީސުންގެ ސިފަޔަކީ.

    5
    3
  6. ހައްވަ

    ވަށަަވަށައިގެން މީހުން ތިބުމަކުން ސަލާމަތެއް ނެތެއްނު؟

  7. ޟާޒް

    ހާމާނު ބަހެއް ބުނެލީތަ

  8. ތަކުރު

    މައުމޫނު ކަލޭ ނަސް ރީނާއަށާއި އަންހެން ދެދަ ރިން އައު ރަ ނިވާނުކޮށް އުޅޭތީ އެމީހުންނަށް ތައު ރީފްކޮށްކޮށް ހު ރެބަލަ ތީ މިހާ ރު މިގައުމުގަ ލާދީނީ ބޮލެއް.