މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން އެކަނި ހޯދައިގެން ފަރުޖެހެން ނެތް ކަމަށާއި އެ ހަމަލާ އަށް ފަންޑު ކުރި ބަޔަކު ވެސް ހޯދެން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޓަޔަރޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ދެ މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެއީ މާލޭގެ ބާ އިންޖީނުގެ ހުންނަ މަގުގައި ހުރި ގެއަކުންނެވެ. ތިންވަނަ މީހަކީ، ފުލުހުން ވިދާޅުވާ ގޮތުގައި، މި މައްސަލައިގެ އެންމެ ބޮޑު ސަސްޕެކްޓްއެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ފްލެޓަކުންނެވެ.

ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދީދީ ވިދާޅުވީ އެ މީހާ އާއި ރައީސް ނަޝީދާއި ސީދާގޮތުން ހިތްހަމަނުޖެހުމެއް ނޫނީ ޒާތީ ކަމެއް އޮންނަން ޖެހޭ ސަބަބެއް ނެތް ކަން ސާފުވާ ކަމަށެވެ. އެހެންކަމުން އޭނާ އަމިއްލަ އަށް ބޭނުންވެގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށާއި އުއްމީދަކީ އެކަމަށް ފަންޑު ކުރި ބަޔަކު ތަހުގީގުގެ އަލީގައި ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ ހަމަލާގެ މެދުވެރިއެއް. އުއްމީދުކީ ތަހުގީގަށް ފަންޑު ކުރި ބަޔަކު ދެނެގަނެވުން. ޑރ.އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި ބަޔަކުވެސް ދެނެގަނެވިފައެއް ނުވޭ." އެނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފުޓޭޖާއި މި މީހާގެ ފޮޓޯތައް އިއްޔެގެ ވަގުތެއްގައި އާންމުކޮށްފައެވެ. ސީސީޓީވީ ފްޓޭޖަށް ހައްޔަރު ކުރި މީހާގެ މަންޒަރުތައް އަރާފައި ހުރިއިރު، އޭނާ ހުރީ މާސްކް އަޅައިގެނެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ. ދެން ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ދޫކޮށްލާފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރަކާއި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ދެ އޮފިސަރަކު ވެސް މި ތަހުގީގުގައި ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖައުހަރީ

    ފުރަތަމަ ފަންޑް ކުރިމީހުން ހޯދާފައި ، ދެންތާ ހަމަލަ ދިން މީހުން ހޯދަންޖެހޭނީ.. ބުއްދި ޤަބޫލުކުރާ ވާހަކަ ދެއްކިނަމަ މާރަނގަޅުވީސް ބުރިގާޑިޔަރ... ފުރަތަމަ މަރުހަލާ ނިންމާފައި ދޯ އެހެން ދިމާލަކަށް ދީލާލާނީ..... ތާއީދު ހޯދުމަށް މޮޅު ވާހަކަ

    7
    5
  2. ކަލޭނޭ

    ޖަރީމާގެ ޖާވިދު ހުމާމަށް އަފްރާޝީމުގެ މައްސަލައިގަ ފައިސާގެ ހުވަފެންދެއްކިގޮތަށް މިކަމުގަ އެމްޑީޕީގެ ބައެއްގެ އަތެއް އޮތްތޯ ތަހުގީގުކުރެވެންޖެހޭ

    7
    1
    • ޢަހޮމަދު

      ޥަގުންގެ ބަޑަށް ވައިއަރަގެން އުޅޭހެން ހީވޭ.

      2
      1
  3. ބުރާންތިސް

    މާދުރުގައި ހުރެފައި މޮޅު އެއްޗެއް ބުނެލީ ދޯ ؟
    ކަންކަން ކުރާނެ ތަރުތީބުތަކެއް ހުރޭ. މިލިޓަރީގައި އުޅުނުއިރު އެކަން ޑީޑީ އަށް މާރަނގަޅަށްވެސް އިނގޭނެ.
    ދެން މާބޮޑަށް ކަންކަން އިނގޭކަން ދައްކަން އުޅުނަސް ބޮޑުވަރު

    7
    4
  4. ރާއްޖެ

    ކޮބާ އަފްރާޝީމް ޤަތުލު ކޮއްލަން ފަންޑު ކުރިމީހުން..ގައިމު ބުނި އެބަޔަކު އެނގޭ ވާހަކަ..މީކީ އަދުލެއް އިންސާފެއް ހަމައެއް ލަމައެއް އޮތް ތަނެއް ނޫން..ބޮޑުންނަށް މުސާރަ ބޮޑުކޮށް އެްްބަޔަކު އަނެއްބަޔަކަށް ލާރިޔާހެދި އުޅުނީމަ ވާނެ އެތި މިފެންނަނީ...

    10
  5. ޗޯދަރީ

    ޑީޑީ ނެތް ފުރަތަމަ ފަންޑު ކުރިމީހުން ހޯދާށޭ ކިޔާފަ. އެކަންވެސް ކުރަންޖެހޭނެޔޭ ބުނެފަ އޮތީ. ރަނގަޅުވާހަކައެއް

  6. ކޮބާހޭ

    ކޮބާހޭ ރައީސް ޔާމީނަށް ހަމަލާދިންމީހުން އެކަމެއްނުބެލީމަ އޭގެ ހިތްވަރު ޓެރަރިސްޓުންނަށް އައީ އެހެންވީމައޭ އަޅުގަނޑުމެން މިވިދާޅުވަނީ ވަކިމީހަކަށް ވަކި ގޮތެއް ނުހަދާށެވެ ހުރިހާއެންމެންނަކީވެސް އިންސާނުންނޭ ޖަނަވާރުންނެއްނޫނޭ.

  7. ކާފަ

    އޯ ލައްބަ. އިސްލާމް ދީނަށް ފާޅުގަ ހަޖޫޖެހި މީހަކަށްވީމަ ފަންޑުކުރި މީހާ ހޯދަން މިޖެހުނީ....

  8. ރާގޮޑިރާޖަ

    ޥައްކަންކުރުމަކީވެސް ދީނަށް ހަޖޫޖެހުން. ޢިސްލާމްދީނުގަ އޮންނަނީ ވަގުންގެ އަތްކެޑުމަށް.