ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމުގައި އިސްވެ ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ ވަރަށް ކުޑައިރު މާލެ ބަދަލުވި ގޮތަށް މާލޭގައި ދިރިއުޅެމުންދާ މީހެކެވެ. އަދި މަދު ފަހަރަކު ނޫނީ ރަށަށް ނުދެއެވެ.

މިއީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭރު ހުރި މީހެކެވެ. އަތަމާ ޕެލެސްގެ ސީސީޓީޖީ ފުޓޭޖާއި ބާ އިންޖީނުގޭ ހުންނަ މަގުގައި ހުންނަ ސިސީޓީޖީ ފުޓޭޖަކަށް އޭނާގެ މަންޒަރުތައް އަރާފައި ހުއްޓެވެ.

އަދްހަމް ހައްޔަރު ކުރީ ފުލުހުން މިއަދު ހެނދުނު ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި ގޮތުން ބޮން ގޮއްވާލި އިރު އޭނާ ހުރީ އަތަމާ ޕެލެސް ކައިރީގައެވެ. އޭނާގެ އަތުގައި ރިމޯޓެއް ޒާތެއްގެ އެއްޗެއް އޮވެއެވެ. ބޮން ގޮވި ފަހުން ދުވެފައިދެއެވެ. ބާ އިންޖީނުގޭ ހުންނަ މަގުން ދުވެފައި ދާއިރު، އޭނާގެ އަތުގައި އޮތް ރިމޯޓު ޒާތުގެ އެތި ވަކި ހިސާބަކުން އެއްލާލައި މަންޒަރު އެ ފުޓޭޖުން ފެންނަ ކަމަށްވެއެވެ.

ފުލުހުން އިއްޔެ ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފުޓޭޖާއި މި މީހާގެ ފޮޓޯތައް އާންމުކޮށްފައެވެ. ސީސީޓީވީ ފްޓޭޖަށް އޭނާގެ މަންޒަރުތައް އަރާފައި ހުރިއިރު، އޭނާ ހުރީ މާސްކް އަޅައިގެންނެވެ.

މި މައްސަލައިގައި އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެއީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. ތަހުމީނަކީ ބޮން ހަރުކޮށްފައި އޮތް ސައިކަލުގެ ވެރިފަރާތެވެ. މުޖާޒަކީ މިއަދު ހައްޔަރު ކުރި މީހާއާ ގުޅުން އޮތް މީހެއް ކަމުގައި ފުލުހުން ވިދާޅުވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހިބަރު9

  އަދުހަމް އަހުމަދު
  ތިގޭގައި ތިބޭނީ ހުސް އެމްޑީޕީ މީހުން.
  އެމްޑީޕީ ބަޔަކު ކީއްވެބާ މިފަދަކަމެއް އަންނިއަށް ކުރަންވީ؟! ކޮންކަމެއް ހާސިލުކުރަން ކުރިކަމެއް؟!

  48
  4
  • ސަޓޭ

   ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ

   25
   1
 2. ވިސްނޭ

  އަވަހައް އިންސާފު ގާއިމުކޮށް.. އެކަމަށް އެކަށީގެންވާ އަދަބުދީ..ބަލަންތިބޭނާން ..

  22
  3
 3. ބުރާންތިސް

  ސަރުކާރުން ސިވިލް ޕޮލިސިން ބޭނުންކޮށްގެން އިންޓެލިޖެންސަށް ކުރެވިދާނެ ކަންކަން.
  1- ރާއްޖެއަށް އެތެރެ ކުރާ ސިކިއުރިޓީ ކެމެރާ ޑިއުޓީ ކަނޑާލުން
  2- އާއްމުންނަށް ގަނެ ބޭނުންކުރެވޭ ވަރަށް އަގުހެޔޮކޮށް އެސްޓީއޯ މެދުވެރިކޮށް ކެމެރާ ވިއްކުން.
  3- ކެމެރާ ސިސްޓަމަކުން ވީޑިއޯ ފްޓޭޖެއް ޕޮލިހުން ބަލަން ބޭނުންވެގެން ބަލާނަމަ އެބަޔަކަށް 500ރ ޕޭއިކުރުން.
  4- ބޮޑެތި ކުއްތަކުގެ ވީޑިއޯ ކެޕްޗަރ ކުރެވިފައި ހުރިނަމަ 1000ރ ދިނުން.
  5- ގަސްތުގައި އަމިއްލަ ގޭގައި މިދެންނެވި ލުއިތައް ސަރުކާރުން ދީފައި އޮއްވައި ވީޑިއޯ ޑިލީޓްކޮށްފިނަމަ ހެކި ނައްތާލުމުގެ ދައުވާ އެބަޔަކަށް ކުރުން.

  މިގޮތަށް ހަދަނިކޮށް މުޅި މާލެ ކަހަލަ ބައިބޯ ތަންތަން އެއްކޮށް ސިކިއުރިޓީ ކެމެރާތަކުން ބަލައި ލެވޭނެ. މީހަކަށް ކެމެރާއަކަށް ނާރައި އެއްކަމެއްވެސް ނުކުރެވޭނެ.
  ކުއްކުރުން އިސާހިތަކު މަދުވެދާނެ.

  57
  3
  • ކޮމެންޓު

   ކެމެރާ އަށް އަރައިން ކެމެއް ވޭބާ

   9
   1
 4. ސާމް

  އޭނާގެ އަތުގައި އޮތް ރިމޯޓު ޒާތުގެ އެތި ވަކި ހިސާބަކުން އެއްލާލައި މަންޒަރު އެ ފުޓޭޖުން ފެންނަ ކަމަށްވެއެވެ. ކީއްވެ މިހާ ދުވަސްވީއިރު ދެން ރިމޯޓު ހޯދިފައި ނުވަނީ. އަދި ހޯދާ ވާހަކައެއްވެސް ނެތް. އަރަތެއްތަމީ

  14
  3
 5. ކެމެރާ

  ކޮންމެ ގެޔަކަށް ކެމެ ރާސެޓެއް ސަ ރުކާ ރުން ހަދިޔާކުރުން ވަ ރަށް މުހިއްމު ނޫންނަމަ ސަ ރުކާ ރުން ބޭނުންތަންތަން އަވަހަށް ކެމެ ރާ ހަ ރުކު ރޭ.

  13
  2
 6. ރައްޔަތުން

  މުޅިން ޑު ރާމާ. ކޮވިޑް ސަ ރުކާ ރު ފޭލްވީމާ. ތީ ކުޅުނު ފިލްމެއް. ނަސީދެކައް އެއްވެސް ގެއްލުމެއް ނުވޭ

  6
  2
 7. ސަންގުމަރުމަރު

  ތީ ރައީސް ނަޝީދު އަޑީގައި ހުރެގެން ރާވައިގެން ޖެއްސި ސްޓަންޓެއް. ބަރުލަމާނީ އަށް ރައްޔިތުންގެ ސިމްޕަތީ ވޯޓު ހޯދުމަށް ކުރި ހަޑި ހުތުރު އަމަލެއް.

  9
  4
 8. އިބްރާހިމް

  ކެމެރާއަށް އެރިއަސް އެއްބަސްނުވީމާ ސަލާމަތްވާ އުކުޅަކީ އެމްޑީޕީން ރާއްޖޭގައި އުފައްދާފައިވާ ކަމެކެވެ. އެމްޑީޕީ އުފެދުނީއްސުރެ މިހައިތަނަށް ރާއްޖޭގައި ހިންގާފަހުރި ހުރިހައި ޖަރީމާއެއް ހިންގިމީހުންގެ ދިފާއުގައި އެމްޑީޕީގެ ވަކީލުންވަނީ ވަކާލާތުކޮށް އެމީހުން ސަލާމަތްކޮށްފައެވެ.