ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ ދުވެލި ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ މައްސަލާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ ދެ މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި މާލޭގެ ދެ ގެއަކުންނެވެ. ހަމަލާގެ އެންމެ އިސް މީހާ ކަމަށް ބުނާ މީހާ ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

މިއާއެކު ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށެވެ. މިހާތަނަށް ލިބުނު ކުރިއެރުމުގައި ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރުން ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ވެސް ބޮޑު ދައުރެއް އަދާ ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޏަވިޔަނި

  ޢިމުރާނު ހަމަރަގަޅުވާނީނޭ ގޭގޮތައްހިފަން ތިމަގާމަކައްކުފޫހަމަވާމީހެއްނޫ ހިފާއިމްރާނު ފައިސާހޭފައިސާ؟؟؟

  3
  1
 2. އަނިލް

  ކަލޯ ތިޔައީ ލާދީނީ އަންނި ވީމާ ތިޔަުޅެނީ ކޮބާތަ ފުރަތަމަ ދުވަހު ވެރިކަމަށް އައުމަށްފަހު ބަލަން ބުނި ރިލްވާނުއާއި، އަފްރަސީމު، ޔާމީން ރަޝީދު މި މީސްމީންގެ ގާތިލުންތައް ހޯދާ ،މައްސަލަތައް ބަލާ ނިިންމާނެކަމަށް އެމީސްމީހުންގެ މައިންބަފައިނަށް ގުބޯ ހައްދާފައި ވޯޓު ހޯދިގޮތް ހަދާންނެތުނީތޯ މިހާރު ކޮބާތޯ ހުމާމުގެ މައްސްލަ
  މީހާގެ ދޫއޮތިއްޔާމާދަމާވެސް މީޑިޔާތަކަށް އަރާ އަނގަ ހުޅުވާނެ

 3. ޥ

  Thanks

  2
  1
 4. މްތީގު

  ޢިމުރާނު ހާދަހުސިޔާރޭ ނޭގޭގޮތައް ހިފަން އިސްތިއުފާ ފައިސާ ފައިސާ؟

  1
  1
 5. ޙަސަނު

  މިހާސްކަމުގެވަގުތުގައި އިމް ރާން ކިތައް އަންހެނުނަނަށް އިސްތިހާ ރާ ނަމާދު ކު ރާގޮތް އަތުހަ ރަކާތާއިއެކު ބުނެދީފިންތޯ.