ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ރޮކެޓެއްގެ އެކި ބައިތައް ވެއްޓިފައިވާތީވެ އިތުރަށް އެކަން ބަލަމުންދާ ކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ޗައިނާ އިން ޖައްވަށް ފޮނުވާލި ތަނުން ކޮންޓްރޯލު ގެއްލުނު ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ހެނދުނު ވެއްޓިފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ރޮކެޓް ވެއްޓުނު ސީދާ ލޮކޭޝަނެއް ޗައިނާ އިން ހާމައެއް ނުކުރެއެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ، ރޮކެޓް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޯސްޓުގާޑް ސްކޯޑަން އިން އެކަން ބަލަމުން އަންނަ ކަމަށެވެ. ރޮކެޓް ވެއްޓުނު ސީދާ ސަރަހައްދެއް ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.

ދިގުމިނުގައި 108 ފޫޓް އަދި ބަރުމިނުގައި 20 ޓަނު ހުރި ރޮކެޓް ޖައްވަށް އުދުއްސާލީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޯބިޓްގެ ތެރެއަށް ރޮކެޓް ދިޔަ ފަހުން ރޮކެޓްގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އަދި ބިމަށް ދަމާ ބާރުގެ ސަބަބުން ރޮކެޓްގެ މިސްރާބު ދުނިޔެއަށް އަމާޒުވެ ވެއްޓުނީއެވެ.

ރޮކެޓް އެނބުރި ދުނިޔެއަށް ވެއްޓުނުއިރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ކުދިކުދި ވެފައެވެ. ވެއްޓިފައި ވަނީ ރޮކެޓްގެ ކިހައި މިންވަރެއް ކަމެއް އަދި ޗައިނާ އިން ހާމައެއް ނުކުރެއެވެ.

މިރޮކެޓް ދުނިޔެއަށް ވެއްޓޭކަމަށް ޗައިނާ އިން ބުނުމާއިއެކު ޔޫރަޕްގެ ސްޕޭސް އެޖެންސީން ވަނީ މިރޮކެޓް އިންސާނުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިދާނެ ކަމަށް ލަފާކޮށްފައެވެ. ރޮކެޓް ވެއްޓިދާނެ ކަމަށް ޔޫރަޕްގެ ސްޕޭސް އެޖެންސީން ލަފާކުރި ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ވެސް ހިމެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހާލުފޮޅި

    އެއޮއްބޮޑު ރޮކެޓް އައިސް ވެއްޓުނުއިރު އެމްއެންޑީއެފް އަށް ހަމަ ރޭކާވެސް ނުލި؟؟؟ މީގެ އެތައް ދުވަހެއް ކުރިން ބޭރުގެ ހަބަރުތަކުން ކިޔާތީ މަށަށްވެސް އެކަން އިނގޭ..

    18
    3
    • ފޮޅިހާލު

      މާބޮޑަށް ހަބަރުތައް ކިޔުނީ މަ ވެދާނެތިހެން.. ރޮކެޓް ހުރިގޮތަކަށް ނޫނޭ ވެއްޓެނި، ދުނިޔޭގެ ސަތަހަޔަށް ވަންނައިރު ކުދިކުދިވެ ބުރައިގެންދާނެ.

      6
      1
    • ޚާޖީބަނޑާރަ

      ތިބޭ ފުޅާ ޕަބްޖީ ކުޅެޭހެން ދިވެހިއަސްކަރިއްޔަަާ ކުޅެން ނޫޅުމަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެދަންނަވަވަން؛ މިިގައުމު ދުނިޔެެޭގެ އެންމެހާ ބާރުތަކުން ދިފާއުކުރަމުން މިދަނިީ ދިވެހިއަސްކަރިއްޔާެއިން

      4
      2
    • ވަނަވަރު

      އަޅޭ އެކަން ކުޑަހުވަދޫ މީހުންގާތު އަހަާލަބަލަ. މިރާއްޖޭގެ ތިކަހަކަ ކަންކަން ދިރާސާކުރާ ބަޔަކަށް އުޅޭނީ އެމީހުން.

      5
      2
      • އާޝޯޙު

        މި ފަހަ ރު ތިބުނީ ރަނގަޅަށް. ވެއްޓުނީ ކުޑަހުވަދޫއާާއި ކައި ރިއަށް

  2. އަފިރިން

    ހާލުފޮޅި އަށް ތިއޮތީ ރަނގަޅަށް ފޮޅި އެޅިފައި. ފުރަތަމަ ޖައްވީ ކަންކަމަށް ފޮނުވާ ރޮކެޓްގެ މަޢުލޫމާތު އެއްކޮށްބަލަ. ތިއުޅެނީ ޗައިނާއަށް ވުރެވެސް ކުރީގައި، އެމީހުންވެސް އެބަ ބުނޭވިއްޔާ ރޮކެޓް ދުނިޔޭގެ އެޓްމޮސްފެއަރ ވަންނަ އިރައް ކުދިކުދިވާ ވާހަކަ

  3. ނަރުކެނޑި

    ދުވަސްކޮޅަކުން ޗައިނާ ވެސް ރާއްޖޭގެ ކަނޑައް ވެއްޓޭނެ

  4. ނަރުކެނޑި

    ހާލުފޮޅި މި ރޮކެޓް ދުއްވަން އިން ގޮލާތަ

  5. 3 އޮރެންޖް

    މާމޮޅު ބަޔަކަށް ހެދިގެން އުޅުނަސް މި ޤައުމުގެ ކަނޑުގެ ސަރަހައްދުއް މަސްބޯތެއް ހިފެހެއްޓިޔަސް އެވެސް ފެންނަނީ ދިވެހި އާއްމު މަސްވެރިންނަށް. ގެއްލިގެން އުޅޭ އުޅަނދެއްވިޔަސް ގިނަފަހަރަށް ފެނިފައި ހުރި އާއްމު ފަރުދުންގެ އުޅަނދުތަކަށް. ދެން އެހިސާބުން ކޮންމެވެސް ރައށެއް ނުވަތަ ރިސޯޓަކަށް ގުޅައި އެހީހޯދައި އެންމެފަހުން މީދިއާގައި މެޑެލްހަގަން މިވެރިން ތިބެނީ. މުޅިންވެސް ދެއްކުންތެރިކަން

  6. މިތުރާ

    ޗައިނާ އިން ރާއްޖޭގެ ކަނޑަށް އެޅި ބޮޑު ކުނި ގަނޑެއް ތީ!