ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) މަރާލަން ޖެހޭ ކަމަށް ބުނެ ޕޯސްޓް ކުރި ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުޙައްމަދު އަޝްރަފް ސަސްޕެންޑްކޮށްފިއެވެ.

އެ ޓީޗަރު އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު އަދީ ވިދާޅުވެފައިވަނީ އެ މެސެޖް ލިބުމާއިއެކު ސްކޫލުގެ ޕްރިންސިޕަލްގެ ސަމާލު ކަމަށް އެ ކަން ގެނެސްފައިވާ ކަމަށެވެ. އަދި އެ ޓީޗަރު ޖަވާބުދާރީކުރުވުމަށް ފަހު، މައްސަލައިގެ އިދާރީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

"މިހާރުވެސް މުވައްޒަފަށް ވާނީ ފިޔަވަޅު އަޅާފައި" އަހުމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ހުސައިން "ވަގުތު" އަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ތަހުގީގު ހިނގަމުންދާ ކަމުގެ މެސެޖް ލިބިފައިވާ ކަމަށެވެ. އަދި އެ ތަހުގީގު ނިމެންދެން އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެއީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީއިން ބަލަމުންދާ މައްސަލައެއްގައި، ސިވިލް ސާވިސް ގާނޫނުގައި ވެސް އޮންނަ ގޮތުގެ މަތިން ސަސްޕެންޝަންގެ ފުރަތަމަ 30 ދުވަހުގެ މުއްދަތު ކުރިއަށް ދަނީ،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ވައްޑޭ މަރާލަން ގޮވާލައި އެ މީހަކު ޕޯސްޓެއް ކޮށްފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ވައްޑެ ދެއްކެވި ވާހަކައެއް ހިއްސާ ކުރަމުންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ކެބިނެޓްގައި މަޝްވަރާ ކުރުމުން ވައްޑެ އެ ކަމަށް ފާޑުވިދާޅުވެފައި އޮތުމުންނެވެ. އެ ކަން ކުރަން އުޅުނު މީހުން ވައްޑެ ސިފަ ކުރެއްވީ "ސިކް" މީހުންގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޭރި

    އަނހަ އެކަމަކު ރައީސްޔާމީން ގޮއްވާލަންބުނި ކަލޭގެ ހަށްޔަރެއްނުކުރޭ ހެޔޮނުވާނެ ތިހެންނަހަދާ އިންސާނިއްޔަ ވަންތަކަން އިސްކުރުމަށް ފުލުހުންނަށް ގޮވާލަން .

    79
    5
    • Anonymous

      އިންސާފު މިނަނީ ކުލައިން. އިއްޔެ ރައީސް ޔާމީނަށް ހަމަލާދޭން ގޮވީ... ގައުމަކީ ޖަންގައްޔެކޭ އެއްފަދަ. ގާނޫނު ތަންފީޒެއް ނުވި.. ވެރިއަކު ނެތް. ... އިރުކޮޅަކުން އެސޮރުވީ މޮޔައަކަށް. ގަމާރަކަށް. ދެބަންދިހަރަކަށް.
      މިހުރިހާ ކަމަކީ ސަރުކާރެކޭ ކިޔާފަ މިއޮތް މުޑުދާރު އެތިގަނޑުގެ ނޮހޮރުއްޕާން. ހުސް ޑްރާމާ ކުޅެނީ... މަކަރުން ގައުމު ހަލާކު ކުރަނީ. ދީނާ ކުޅެގެން އެއްބަޔަކު އަނެއްބަޔަކާ ޖައްސުވަނީ.. އެކަކު. ސަހުޔޫނީ އަކަށް ހަމަލާ ދެނީ. އަނެކަކު އިމާމަކަށް ހަމަޅަދެނީ. މީހުން މަރަން ގޮވަނީ. ބަލަނީ ޔިމާ ކުލައިގެ ވަލުޖަނަވާރުން ހެދިގެން އުޅެންޏާ.. މި ގައުމު ސަލާމަތްވުމެއްނެތް. އަނިޔާވެރިކަން އިންތިހާ.

      32
      2
    • ޗަސްޕެންޑު

      އިސްލާން ޓީޗަރު ވެސް ހައްޔަރެއް ނުކުރެއޭ!! ޗަސްޕެޑެކޯލަ ކުރީ!!! ނަޝީދު ކަރު ބުރި ކުރަން ގޮވި ޕީޕީއެމް އައިސްތު ވެސް ހައްޔަރެއް ނުކުރެ އެއްނު؟؟ މި ރާއްޖެ މި މީހުން މަރަން ގޮވާ މީހުން މިނިވަން ކަން މަތީ އުޅޭ ޤައުމެއް.. އަޖައިބެއް ކަލަ ޤައުމެއްމިއީ

      10
      12
  2. ކަޅުބެ

    ހަގީގަތުގަވެސް ވަށްޑެ ތައުބާވާންޖެހޭ އެކަމަކު އިންސާނަކުމެރުމަށް ގޮވައިގެންނުވާނެ އެއީ ގާނޫނީ ކުށެއް ނޫނީ ރައީސްޔާމީން ގޮއްވާލަންބުނިމީހާ ބުނިހެން މައާފަށް އެދޭ .

    35
    3
  3. ރަދިފް

    އެއްވެސް މީހަކަށް އަނިޔާވެރިވާން ގޮވުން އެއީ ރަނގަޅުކަމެއް ނޫން.ވައްޑެގެވެސް ޒިންމާއެއް އެބައޮތް.ހިތައް އައިހާ އެއްޗެއް ބުނުން / ލިޔުން އެއީ އަދި އެންމެ ރަނގަޅުގޮތެއް ނޫން އިނގޭ ރޯނުއެދުރު ވައްޑެ.

    43
    1
  4. Anonymous

    ޔާމީން މަރާލަން ގޮވި އެމްޑީޕީ އެކްޓިވިސްޓް އެހުރީ ދޫވެފައި. ކޮބާ އިންސާފަކީ

    55
    2
    • Anonymous

      މިގައުމުގައި އިންސާފު ލިބޭނީ މުރތައްދުންނަށާ މުނާފިގުންނަށް.

  5. ތަކުރު

    ބަލަ ބޭނުންހާ ވާހަކައެއް ދެއްކުމުން ސަސްޕެންޑް ކުރާކައް ނުޖެހޭތޯ؟

    28
  6. ހާލުފޮޅި

    ދެންކޮބާ ޔާމީން ގޮއްވާލަން ބުނި މީހާ؟ ހައްޔަރެެއް ނުކުރޭ؟؟ ވެދާނު ތި ވައްޑޭއެއް މަރާލަން ބުނީ މަޖާޒީގޮތުން ކަމަށްވެސް...

    40
    1
    • ނިކް

      އަންނި ކަރު ބުރި ކޮށްލާނަމޭ ބުނި އަސްތުގެ ވާހަކަވެސް ލިޔެލިނަނަ ފުރިހަމަވީސް ޕާޓީ މީހާވީމަ ނުކެރުނު ދޯ ލިޔެލާކަށް؟؟ ތީތީ ކަޑައޭ ބުރޯ.. މިރާއްޖޭގަ މީހުންނަތަންގޮވި ކާކު ހައްޔަރު ކުރީ؟؟ ތިޔަ ޓީޗަރުވެސް ނުކުރެއެއްނު؟؟ މުސާރަލިބޭ ސަސްޕެންޝަނަކީ އިތުރު ޕުރަމޯޝަނެއް

      8
      14
  7. ނޭނގެ

    މަރުގެ ހުކުމް އަންނަ ޒާތުގެ ވާހަކަތައް ދައްކާ މީހުންނަށްް އެކަން ބަޔާންކޮށްދީ ހަނދާން ކޮށްދިނުމަކީ ކުށެއްތަ؟

    30
    1
    • Anonymous

      ރީނދޫ ބައިގައިގެ މީހުން ބުނަނީ ޔަހޫދީންގެ ބުނުން. އެމީހުންނަކީ ކުށުން މައުސޫމުވެގެންވާ ބައެކޯ.

      19
      2
  8. ފޮތްކިޔަވާ އުނގެނޭ

    މިހާރު މިގައުމަށް ޖެހިފައިވާ އެންމެ ބޮޑު ފިތުނައަކީ ޢިލްމާނުލާ ވާހަކަ ދެއްކުމުގެ ފިތުނައެވެ. ޝަރުޢީ ޢިލްމާނުލާ އެމީހެއްގެ އަމިއްލަ ބުއްދިއަށް ވިސްނޭގޮތަށް އިސްލާމީ ޝަރީޢަތުގައިވާ ކަމަކުންކުރެ ކަމެއް އެންމެނަށް ވިސްނުވައިދޭން އުޅުމަކީ އެންމެ ބޮޑު ފިތުނަ.

    17
  9. ޔުނައިޓެޑް

    މީ އިންސާފުތަ؟ ފްރީޑަމް އޮފް ސްޕީޗް އިންނަނީ ވަކި ބަޔަކަށްތަ؟

    16
    1
    • ފުންފުން

      އެކަން ގަބޫލު ކުރާނީބރީނދޫ ކުލައިގެ މީހުން އިދިކޮޅުގަ ތިބޭއިތު.. އޭރު ހިނގާނީ މޮޑަން ޔޫރަޕުގެ މިނިވަން ޑިމޮކްރަސީ.. އެމީހުން ވެރިކަމުގައި ހިންގާނީ ހިޓްލަރުގެ ގާނޫނު. މިމީހުންނަށް ގާނޫނުވެސް ތަންފީޒް ނުކުރެވޭ. ރޯޔަލްވެފަ ތިބެނީ. ހަމަ ފައްކާ ޔައުޖޫޖު މައުޖޫޖުންގެ ބައިގަނޑެއް ވެރިކަމުގައި މިތިބީ. ތިމާމެންގެ މައްޗަށް ގާނޫނު ނުހިނގާ. ތިމާމެނާ ދެކޮޅު ކޮންމެ މީހަކު ވީ އަނދަގޮނޑިޖަހަން... އަނިޔާވެރިކަމުގައި އިޒްރޭލަށް ދޫނުކުރާ ސަތުކާރެއް މިތާ މިއޮތީ.

  10. ޔުނައިޓެޑް

    ވަކި ބަޔަކަށްތަ ފްރީޑަމް އޮފް ސްޕީޗްގެ ދަށުން ބޭނުން ހާ އެއްޗެއް ކިޔެނީ،

    12
  11. އަޙްމަދު

    އިސްލާމް ދީނާ ހިލާފު ވާހަކަ ދައްކާ ކޮއްމެމީހަކުމިދުނިޔޭގަތިހެންއާރާބާރުގައުޅުމަށްދޫކޮއްލަށްވަނީއިމްތިހާނަކަށެވެ ހިއްޕެވުންވަނީވަރުގަދަކުއްލިހިއްޕެވުމަކުންނެވެ ދޮގުކޮއްކޮއްތިހެންނިކަންދާއިމްވެބަލާށެވެ ނުވެވޭނެކަންޔަގީނެވެ

    18
    1
  12. އިބްރާހިމް

    ރާއްޖޭގައި ލާއިންސާނީ ޢަމަލުތަށް ހިންގާފަރާތްތަކަށް އަދަބު ނުދެވުމަކީ މި ޙަމަލާ މެދުވެރިވާން ދިމާވި ސަބަބެވެ. އެމްޑީޕީއަކީ މިފަދަ ލާއިންސާނީ ޢަމަލު ހިންގާފަރާތްތަކުގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާބައެކެވެ. މިގޮތުން ފެބްރުއަރީގެ ބޮޑުހުޅުޖެހި ފަރާތްތަށް ދިފާއުކޮށް ރ ޔާމީނަށް ދިން ބޮމުގެ ހަމަލާގައި ކުއްވެރިވި ފަރާތްތަށް ޖަލުންނެރެ ދޫކުރުމާއި ޑރ އަފްރާޝިމްގެ ޤާތިލުން ދިފާއުކުރުމާއި މިހެންގޮސް ކިޔާނެކަމެއްނެތެވެ. މަޖީދީމަގު ބަންދުކޮށް ހީވަނީ މިއީ ރާއްޖޭގައި މުޅިން އަލަށް ކަމެއްކޮށްގެން އުޅޭހެންނެވެ.

  13. ނަޝީދު

    ސަ ރުކާ ރުގަ މިތިބަ ބުރާންތި ތަކާ ކިވާ ރައީސ1 ޔާމިން މާރާލަން ގޮވި މީހާ އެއީ ހަމަ މުނިވަނެއް ކެނެރީގެ ބުއްޅަބެއައް ހަމަލާދިން މީހުން މިހާރުން މިހާރައް ދޫކޮއްލަން ގޮވާލަބް ..

    7
    1
  14. އަބުރު

    ކޮބާހޭ ޔާމީން މަރަން ގޮވިމީހާ

  15. އަހުމަދު

    ވައްޑެ ދީނަށް ފުރައްސާރަ ކުރީމަ އޯކޭ.؟؟؟؟؟

    5
    1