ގދ، ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ތިނަދޫން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ އަންހެނަކާއި އޭނާގެ ދަރިފުޅެވެ.

އެ މީހުންނަކީ މާޅެ އިން އެރަށަށް ގޮސް ކަރަންޓީންގައި ތިއްބާ އަލާމާތްތައް ފެނިގެން ކޮވިޑަށް ފައްސިވި ބަޔަކާއި ގާތުން އެއްތާވި ދެ މީހެކެވެ.

މި މީހުން ޓެސްޓުކޮށްފައި ވަނީވެސް ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ.

މިއާއެކު މިހާރު ތިނަދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 44 މީހެކެވެ.

ތިނަދޫއަކީ ކޮވިޑްގެ ވޭދަނަތަކެއް ފެނިގެން މިދިޔަ މަސް ތެރޭގައި އަރާ ފޭބުން މަނާ ކޮށްފައިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު