ކ. އަތޮޅު ހިންމަފުށީގައި ބަނގުރާ ބޯން ތިބި ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 02:10 ހާއިރު ހިންގި އެ އޮޕަރޭޝަނުގައި ހަތް ފުޅި ބަނގުރާއާއެކު ކަަމަށެވެ.

ފުލުހުން ވިދާޅުވީ، ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ގެއެއްގައި ހަތަރު މީހަކު ބަނގުރާ ބޯން ތިބިކަމަށް ހިންމަފުށި ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބުމާ ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެކެވެ.

މި ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގިޔާސުއްދީން

  މިއީ ބިރަކާ ނުލާ މަޖާކުރަން ދަސްކޮށްދިނުމުގެ ނަތީޖާ.. ސީދާ އެންޑީޕީން ޒިންމާ ނަގަން ޖެހޭނެ

  16
 2. ރަދީފް

  ލަދު ކޮބާ؟ ރަމްޞާން މަހެއްގެ 27 ވިލޭރޭ ކިހިނެއް ތިޔާ އުޅެނީ.

  12
 3. ޖޫދު

  ބަގުރަލާ މަސްތުވާތަކެތި ތިޔާގިކުރުމަކީ މި ސަރުކާރުގެ ވަޢުދެއް!

 4. ބަޑިއެދުރު

  ވޭތިވެ ދިޔަތަނަށް ނަޒަރުހިންގާލާފިފިނަމަ ޖަޥާބު ފެންނަކަހަލަ. އެއީ ރަށްފުށުގަ މަސްތުވާތަކެތީގެ ވައްތަރުތައްވިއްކުމާއި، ބުއިން ޢާއްމުވެއްޖެ.ޕޮލިހުން ތިބެނީ އަވަހާރަފުޅުގައޭ ހީވާކަހަލަ.700ވަރަކަށްމީހުންގެޖުމްލަރަށެއްގައި ރޯދަނުހިފާ15ވަރަކަށްމީހުން އުޅޭކަމީ ޙަޤީޤަތެއް.
  މީހަކު މޮޅުކޮއްލަން މާލެ ޕޮލިހާ ގުޅާލާއިރަށް ބޮލުން ނަށްޓާލާ ޒޯނުޕޮލިސްޓޭޝަނާގުޅުމަށް ވަރަށް
  އަވަހަށްބުނުއްވީމަ ތަންކޮޅެއް ޒިންމާދާރުކަން ކުޑަކަމަށް ޤަބޫލުކުރަން ފަސޭހަ ކަން ފާހަގަކުރަންޖެހޭ.

 5. ޑައެލޯގް

  ތިކަންދާނީ ވަޔަށެވެ. އެއީ މިސަރުކާރު ބޭނުންވާގޮތެވެ، ބިރަކާނުލާ މަޖާކުރުން

 6. ބުރުގާ

  އައްޗީޑި 4 ކާފަރު ފިރިހެނުން. އީދު ފާހަގަކޮއްލީދޯ ޖިންނިތައް. ދެން އަރާ މިސްކިތައް، ތަރާވީހައް، އޭރުން 4 ކުޅި ހަމަވާނީ