ނިރުބަވެރި އަމަލަށް ހިތްވަރު ލިބޭ ފަދަ ކޮމެންޓްތަކާއި ޕޯސްޓްތަައް ކުރާ މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެފަަދަ ކަންކަމަށް ޝައުގުވެރި ކުރުމަށް މަސައްކަތް ކުރުމަކީ ގާނޫނީ އަދި ޖިނާއީ ކުށެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށްފަހު އެކި ފަރާތްތަކުން މީސް މީޑިއާ އާއި ހަބަރުތަކުގެ ކޮމެންޓް ސެކްޝަންތަކުގައި އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންދާކަން ފާހަަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް ވާހަކަދައްކަވަނީ -- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

"ބައެއް ފަރާތްތަކުން ނިރުބަވެރި މި އަމަލަށް ހިތްވަރުދޭ ކަހަލަ، އެކަން ކުރި މީހުންނަށް ތައުރީފްކޮށްފައި ކޮމެންޓް ކުރުން ފަދަ ކަންކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މި ބާވާވަތުގެ ނިރުބަވެރި އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފް ކުރުމާއި، ހިތްވަރު ދިނުމާއި ޝައުގުވެރިވުމާއި، ތާއިދުކުރާކަން ދެއްކުމަކީ ދިވެހި ރާއްޖޭގެ ޓެރަރިޒަމް ގާނޫނު ތަކުން މަނާކޮށްފައިވާ އަދި އެހެން ގާނޫނުތަކުންވެސް މުއްދަތު ކަނޑައެޅިގައިވާ ޖިނާއީ ކުށްތަކެއްކަން އަޅުގަނޑު ފާހަަގަކޮށްލަން ބޭނުން". ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، މިގޮތުން ކާކުކަން އެނގޭ ގޮތަށާއި، ކާކުކަން ނޭނގޭ ގޮތަށް މީސް މީޑިއާގައި މިގޮތަށް ވާހަަކަދައްކާ ކޮމެންޓްކޮށްފައި ހުރި މީހުންގެ މައުލޫމާތު ނަގައި، ކޮންބައެއްތޯ ސާފް ކުރުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ.

"މިގޮތަށް ނިރުބަވެރި އަމަލުތަކަށް ހިތްވަރުލިބިދޭ ގޮތަށް ކޮމެންޓްކޮށް، ތާއިދުކޮށް މި މީހުންގެ މައްޗަށް ތާއިދު އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓްތައް ކުރާ މައްސަލަތައް އަޅުގަނޑުމެން ބަލައި، އެ ފަރާތްތަކާއި މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެކަން މި ފުރުސަތުގައި ފާހަގަކޮށްލަން". ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޙައްޤު

    އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ކަންކަމާ ދިމާ އިދިކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ނިރުބަވެރިއެއް!

    77
    5
    • Anonymous

      ތީ ކަލޭމެނަށް ކުރެވޭނެކަމަކީ. މީހުނަށް ބިރުދެއްކުން. ގާނޫނުބތަންފީޒެއް ނުކުރެވޭ. ދެން ދެއިރު ދެދަޅައަށް ޕްރެސްކޮންފަރެންސްއޭ ކިޔައިގެން އަލިފު ލައިލާ ވާހަކަ ކިޔުން. ވ.ނާގާބިލް ފުލުހުންފެ އިދާރާއެއް.

      42
  2. ޢެޑްމުންޑޯ

    އެމްޑީޕީގެ އިސް ބައެއްމީހުންނަށް ފުރަތަމަ ފިޔަވަޅު އަޅާ ، ފިނިފެންމާ ލޯންޗް ގެ ޓެރެރިސްޓް ހަމަލާ އަށް ޖޯކުޖަހާ ހިއްވަރު ލިބޭގޮތަށް ދެއްކި ވާހަކަތަށް މިހާރުވެސް އެހެރީ ފެންނަށް ، އެއީ ގައުމުގެ ރައީސް އަށް ދިން ހަމަލާ ،

    75
    3
  3. ޙަހސ

    ޢެހެންވިއްޔާ ފުރަތަމަ މި ސަރުކާރުގެ ވެރިން ހައްޔަރުކުރޭ

    69
    2
  4. އެމަންޖެ

    ފުރަތަމަ ނަޝީދާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަން.

    73
    2
  5. ގަންޓާބެ

    މީކަލޭމެންގެ މައްސަލައަކީ ފޮނިވާހަކަދައްކަނީ އެއްވެސް ކަމެއްނުވޭ ދެންވެސް އެއްޗެއް ގޮއްވާލީމަ އަނެއްކާ ތެޅިގަންނާނީ ކުރަންޖެހޭ އަސްލު މަސައްކަތެއް ނުކުރޭ

    47
    4
  6. ހެޔޮބަސް

    ހަމަހިމޭނުންތިބުމަށް އިލްތިމާސްކު ރަން !

    17
    7
    • ކަލޯ

      ރަނުގެ މާސްކެއްގެ ވާހަކަ ތަ ތި ބުނީ

      15
  7. ހަސަނު

    ނަބިއްޔާއަށް ބަދު ބަސް ބުނެ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ އެންމެ ބޮޑު ނިރުބުވެރިކަން.

    87
    4
    • ހހހހ

      އެހެން ބުނާއިރަށް ތިތިބަ 2 މީހުންގެ މޫނުގެ ކުލަ ތަޣައްޔަރުވާނެ. އަޅެ ކޮންމެވެސް ކުއްޖަކު އެސުވާލު ތިސަރކައްގަ ކޮށްލަބަލަ!!

      24
  8. ޙައްޕު

    ޜައްޔިތުންގެ ހިތުގައި ވެރިންގެ މައްޗަށް ނަފުރަތު އުފައްދަން އެންމެގިނަ މަސައްކަތް ކުރި މީހާއަށް ފުރަތަމަ ފިޔަވަޅު އެޅުން މުހިއްމު.

    49
    1
    • ހަމްދާން

      ވެރިން ކިޔަނީ ކޮންބަޔަކަށް؟ މުސްލިމުންގެ ވެރިންނަކީ އަދުލު އިންސާފު ގާއިމުކުެާ ﷲ ގެ ދީނަށް ނަސްރުދޭ މީހުން. ތިމާގެ ބޭބެ މުސްކުޅިވީމަ ރިޝްވަތު ދިނަސް ތަހުގީގަށް ބަންދުކުރަންވީމަ ބޭބެވީމަ ދޫކޮށްލާ މީހުންނެއްނޫން. ތިމާގެ ޕާޓީ މީހާ ﷲ އަމުރުފުޅަށް "ސިކް" މިބަސްރައްދުކޮށް ގިސާސް އަށްހަޖޫ ޖެހީމަ ކަންފަތް ބީރުކޮށްގެން ހައްދު ގާއިމު ނުކޮށް ހުންނަ މީހާއެއްނޫން. ޕެންޑަމިކްގަ ރަޖާލައިގެން ފިލާ އޮންނަ މީހާއެއްނޫން. ވެރިންނަކީ ޢުމަރު ރަޟިޔަﷲ އަންހުފަދަ ހިތްވަރުގަދަ ކެރޭ ﷲ މެނުވީ އެހެން ފަރާތަކަށް ބިރު ނުގަންނަ މީހާ.
      މަރަށް ބިރުގަންނަނީ ޖާހިލުވީމަ. އެހެންވެ އެތެރެ ކޮއިލުގަ އެއޮންނަނީ. އެއީ ވެރިއެއްނޫން. ވެރިކަން ވަގަށް ނަގައިގެން ހަވާލުކުރީމަ އެއާ ހަވާލުވެހުރި ދުޝްމަނުންގެ ޕަޕެޓެއް.

      30
  9. އަލަނިރު

    ހަރުކަށި ކަމަށް އެންމެ ބޮޑަަށް ބާރުދެނީ ދީނަށް ފުރައްސާރަ ކުރުން ފާޅުގައި ބައެއް މީހުން ކުރާތީ. ފޭސްބުކާ ޓްވިޓަރގައި ސީދާ މުރުތައްދުންގެ ނަންނަމުގައި ﷲ އަށް ފުރައްސާރަކޮށް ރަސޫލާއަށް ފުރައްސާރަކޮށް ބަޔަކު އެކައުންޓްތަކެއް އޮޕަރޭޓް ކުރާތާ އެތައް ދުވަހެއް. އެއްވެސް ފިޔަަވަޅެއްނާޅާ..އެމީހުން އެކަން ކުރަނީ ރާއްޖޭގައި ތިބެ ކަމަށް ވެސް ބެލެވޭ ކަންކަންހުރޭ

    58
    1
  10. ނަސޭހަތެއް

    ކޮން ފިޔަވަޅެއް އެޅޭނީ މި އުޅެނީ މިތާ ﷲ ގެ ޝަ ރީޔަތް ތަންފީޒު ނުވެގެން.

    53
    1
  11. އަހުމަދު

    ހަރުކަށިކަމަކީ އިސްލާމްދީނާދެކޮޅަށް ކުރެވޭކޮއްމެކަމެއް

    40
    2
  12. މުހަންމަދު

    އެހެން.. އެކަމަކު ކީރިތި ރަސޫލާއާއި އަދި އިސްލާމް ދީނުގެ އަސްލުތަކައް ހަޖޫޖަހައި ލާދީނީ ވާހަކަފަތުރާ ދިވެހީންނައް ފިޔަވަޅު ނާޅާތި. އޭރުން މުޖުތަމައު ދާނީ ހަރުދަނާވަމުން ތަގްްއާވެރިވަމުންތާއެވެ. މާތް ރަސްކަލާނގެ ދެއްވި ހަމަ ބުއްދި ބޭނުން ކުރާކަށެއް ނުވޭތޯ. މިއޮތްފަދަ ކޮވިޑުގެ މުސީބާތުގެ ތެރޭގައިވެސް އިސްލާމްދީނައް ނަސްރުލިބޭކަހަލަ ކަމެއް އޮޅިގެންވެއް ކުރަން ނޫޅޭތި. މާތްރައްކަލާނގެ ކޯފާއަކައް އިންތިޒާރުކޮއްގެން އުޅޭހެންވެސް ހީވާކަހަލަ. ނުވަތަ އެކަލާނގެއަށް ޗެލެންޖު ކުރާހެންވެސް ހީވާހަކަލަ. ކީރިތި ރަސޫލާއަށް ގޮންޖަހާފަ އެރަސޫލާގެ ޝަފާއަތައް އެދެންޖެހޭ ދުވަހާއި މެދު ވިސްނާށެވެ. އަޖަލަ ހަމަ ނުވަނީސް ތިމާއަށް މުސްލިމެއްގެ ގޮތުގައި ކިހާ މިންވަރަކައްތޯ ދުނިޔޭގެ ހަޔާތުގައި އެއްވެސް އަމަލެއް ކުރެވިފައިވަނީ ބަލާށެވެ.

    47
    2
  13. ޙުއްތު

    ދީނަށް ފުރައްސާ ކުރާ މީހުނަށް ފިޔަވަޅެއް ނޭޅޭނެތޯ ؟ 😄

    58
    1
  14. ރަސްދޫ

    ވަރަށް ސާފުކޮށް ބުނެލަން ކޮބާ ރައީސް ޔާމީނާ ދިމާލަށް ވަގަށް ގޮވާ މަރަން ގޮވި މީހުން . ނަސީދު އެކަނިތަ މިތާ އުޅެނީ. އޭނަ މަރެއްވިސް ނިވި ދޯ ☹️

    39
  15. ޑެއިލް

    ތިވެސް އެކަހަލަ މީހެއް

    19
    3
  16. ސސސސސސ

    ގައުމުގެ އިސްވެރިއަކަށް ކަމެއް ދިމާވީމަ ޕޮލިހުން އަށް ހުރިހާ ކަމެއް ބެލޭ އިންސާފު ހޯދައިދޭ އެކަމަކު އާދައިގެ ދަށުދަރަޖައިގެ ފަރުދަކަށް ނުހޯދާދެވޭ. މި ގައުމުގަ އުޅރންވީ ހުސް ސިޔާސި އިސްވެރިން އެހެން އެމޭންއެ މިގައުމުގެ ވެރިން އަށް ވޯޓު ދޭންވީމަ އެކަނި ބޭނުންވާ މީހުން 🤦🏼‍♀️ މި އޮތީވާ ގައުމެއް

    30
  17. އަކުރަމް ކމލ

    ލާދީނީ ވާހަކަ ދައްކާ ފަތުރާ މީހުންނީ އެންމެ ފުރަތަމަ ގިންތީގެ ޓެރަރިސްޓުން ގޮތުގައި ކަނޑައަޅަން ޖެހޭ. މިފަދަ ޕޯސްޓްތައް ފަރާމީހުންނަން ފުރަތަމަ ފިޔަވަޅު އެޅިގެން ހަރުކަށި ވިޔަސް ހަރުދަޑި ވިޔަސް އެކަހަލަ މީހުންނަން ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލް ކުރެވެނީ. ސަބަބަކީ ލާދީނީ މީހުންގެ ސަބަބުން ހަރުކަށި ފިކުރުގެ މީހުން އުފަންވެގެން އަންނަނީ، ފުރަތަމަ އެކަހަލަ މީހުން ހިފާ ހައްޔަރުކޮށް ކުރެވޭތޯ ބަލާބަލަ؟؟؟؟؟؟

    26
    1
  18. ކަމަނަ

    ކުށެއް ނެތް މީހެއް މަޢުލޫމާތު އެއްކޮށް ގޮޅިއަށް ލާ އަނިޔާ ކުރުން، އެ ކަލޭ މެން ކުރާ މަސައްކަތަކީ. މީހުންގެ ދިރިއުޅުން ހަލާކު ކުރުން. ހަދާން ކުރާތި ދުވަހެއް އަންނާނެއެވެ. ކަލޭ މެންގެ ސަބަބުން މީހުން ގެ ދަރިން ޢާއިލާ ބިކަ ވެގެން ދާއިރު، ބޮޑު މުސާރަ ނަގައިގެން ތިބޭ.

    25
  19. ފާއިޒް

    ފުރަތަ މަ ރައީސް ޔާ މިން މަރާލަން ގޮވާލި މީހާ ހައްޔަރު ކުރަންވީ ނޫންތޯ....

    31
  20. ކޮރަލް

    އިސްލާމްދީނައް ފުރައްސާރަ ކުރާމީހުންގެ ހުކުމްއި ލްމްވެރީން ކިޔާ ދީ ބަލާށެވެ.

  21. ސުލޯލިހް

    ދީނައްފުރައްސާރަ ކުރާ މީހުން ހިމާޔަތްކޮއް އެމީހުން އެބަ ފުރައްސާރަ ކުރެޔޭ ބުނާމީހުން ހިފާ ހައްޔަރުކުރަން ގޮވާލާ ސަރުކާރެއް ދިވެހިން ރިޕްރެސެންޓެއް ނުކުރާނެ. މިހުރިހާ ކަމެއްގެ ހައްލަކީ ދީނައްފުރައްސާރަ ކުރާ ފަރާތްތައް ހިފާހައްޔަރުކުރުން. އެކަމަކު އެހެން ހަދަންވެއްޖެއްޔާ އެމްޑީޕީގެ އިސް ހުރިހާ އެމްމެންހެން ހިފާ ހައްޔަރުކުރަން ޖެހިފައި އޮންނާނީ. މުސްލިމުންނައް ވާޖިބުކަމެއް ދީން ދިފާއުގައި ބަސްބުނުން.

    11
  22. ކިނބޫ

    ބަޔަކުމީހުން އުސް ފަސްގަނޑު ހިސާރު ކޮށްގެން ތިބިއިރު މީހުންގެ ފޮޓޯގަ މަރަން، ދަން ޖައްސަން ލިޔެ އާންމުކޮށް ގޮވާ ހެދި މައްސަލަ އާއި އެކަން ކުރި މީހުން މިހާރުވެސް އެފަދަ ގޮވެލި ގޮވާތީ އެކަންކަމަށް ފިޔަވަޅު އަޅާ ވާހަކަ ދޯ؟
    އޭރުގެ ސަރުކާރުން އެކަންކަން ނުބަލާ ދޫކޮށްލީތީ މަސްއޫލިއްޔަތު އަދާނުކުރި މީހުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ.

    12
  23. ދޮންނޭ

    މީހުން ރުޅިއެރުވުން ނޫން ކަމެއް ނުކުރާތި! މިތިބީވާ ބަޔަކާ މި ގައުމު ހަވާލު ކުރެވިފަ.

  24. އަތަށް

    ފުރަތަމަ ފިނިފެންމާ ގޮއްވި ދުވަހުގެ ޓްވީޓްތަކާ ފޭސްބުކް ކޮމެންޓްތައް ބަލާ ފިޔަވަޅު އަޅާ

    13
  25. ސަނީ

    ހުވާކޮށްފައި ބުނަން ތިކަން ނުވާނެ. ހަމަ ވަޔަށް ދާނީ. މާދަން ހަނދާން ނެތޭނެ. ތިޔައީ ދިވެހީން

  26. ޑައެލޯގް

    ބަލަ ކޮބާ ކަލޭމެންބުނި ދުލާ،ފަޔާއި އަތުގެ މިނިވަންކަން؟

  27. އެޒް

    ދީނައް ކުޑާމީސް ކުރެވޭ ކޮންމެ މާހައުލެއް، ހާދިސާއެއް އަދި ވަގުތެއްގައި ދީނުގެ ދިފާއުގައި ބަސްބުނެ ލާދީނީ އޮއިވަރައް ރައްދު ދިނުމަކީ އިލާހީގޮތުން ކޮންމެ މުސްލިމަކައް ދެއްވާފައިވާ އަދި ނުހަނު ބޮޑައް މުޅިމުޖުތަމައުގެ މައްޗައް ލާޒިމް ކުރައްވާ ދެއްވާފައިވާ ހައްގެއް. އެހައްގަކައް އެއްވެސް މީހަކައް ބަޔަކައް އަދި ސަރުކާރަކައް އަރައެއް ނުގަނެވޭނެ އެއީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް. ލަދީނީ ކަންކަމާއި ދެކޮޅައް އަޑުއުފުލުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބު ކަމެއް. މިއީ އިލްމުވެރީން އިއްތިފާގުވާ ކަމެއް.

  28. ބީތާ

    ކީއްވެބާ ދީނަށް ފުރައްސާރަކުރާ ބައިގަނޑަށް ފިޔަވަޅެއް ނޭޅެނީ.................އެހެންވީމަ ލާދީނީ ކިޔާނަން.............ކަމެއް ކުރެވެއްޏާ ކޮއްބަލަ...........މި ފަސްގަނޑުގަ އިސްލާމް ދީނަށް ބަދުބަހެއް ބުނެވިގެން ނުވާނެ................
    ސީ.ޕީ އިސްތިޢްފާ ދީފަ ގެޔައްދޭ