ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ތިބުމުން ރައްކާތެރިކަން އާންމުންނާއި ފަތުރުވެރިންނަށް އިހުސާސް ކުރެވޭ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު އެކަމަނާ ކުރައްވާފައިވާ ޓުވިޓަކާއި ގުޅިގެން، އެ ޓުވިޓު އާންމުންނަށް ސާފު ކޮށްދެއްވުމަށެވެ.

އެގޮތުން 2015 ވަނަ އަހަރު އެކަމަނާ ކުރައްވާފައިވާ ޓުވިޓަކީ ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރައްވަނިކޮށް ލޯންޗުގެ ތެރޭގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ފަތުރުވެރިންނަށް ހާއްސަކޮށްގެން ކުރެއްވި ޓްވީޓެކެވެ.

އެޓުވިޓުގައި މިނިސްޓަރ ވަނީ ވަނީ "ދުވާލުގެ ވަގުތުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާންޖެހޭ ގައުމަކަށް ޒިޔާރަތްކުރަން ބޭނުންވޭތޯ" ވިދާޅުވެފައެވެ.

އެ ޓްވީޓު ސާފުކޮށްދެއްވަމުން މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އެޓްވީޓުގައި ގޮވާލާފައި ނުވާނެ ކަމަށާއި އަދި ސެކިއުރިޓީއަކީ މުޖްތަމައުއަށް ހުރި ނުރައްކާތަކަށް އަވަހަށް ބަދަލުތައް އަންނަމުންދާ ކަމެއް ކަަމަށް ކަމަށެވެ.

އެގޮތުން ދިރާސާތަކުން ދައްކާގޮތުގައި މިއަދު މުޖްތަމައުގެ ހާލަތު އޮތްގޮތުން ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ތިބުމުން އާންމު ރައްޔިތުންނާއި، ފަތުރުވެރިންނަ ވެސް ރައްކާތެރިކަން ބޮޑަށް އިހުސާސް ކުރެވޭ ކަމަށް އެޓްވީޓުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރގެ މިޓުވިޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެއީ ކޮންގޮތަކުން ބަލާފައިވާ ދިރާސާއެއްގެ މައްޗަށް ބެލުމަށްފަހު ދައްކާފައިވާ ވާހަކައެއްތޯ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަބޭ

  ޑިފެމްސްމިނިސްޓަރައް އައްޔަންކުރެވުނު ހިސާބުން ސެކިއުރިޓީ ޕްރޮފެސަރަކައް ބަދަލުވީ

  32
 2. ތުއްތު

  ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ. އެވެސްހަމަ ކަމަނާ މިވެސްހަމަ ކަމަނާ.

  32
  1
 3. ޢިއްތިހާދު

  ޙެޔޮނުވާނެ ތިކޮސްނުގޮވާ ކަލޭމެން ބޮލުގަ ހުރިއިސްތަޝިތައްހުދުވީވެސް ތިހެންމާލޭމަގުމަތީ ސަލާމަތީބާރުތަކާ ދެކޮޅައްހަޅޭއްލަވަންތިއްބާ އޭރެއްގަ އޮށްނަސަރުކާރަކާ ދެކޮޅައް މިހާރު ތިގޮވަނި ކޮއްމެދުވަހަކު ކެބިނެޓް ބައްދަލުވުން އޮށްނައިރު މަޖިލީހުގެ ރައީސްގެ ދޮރުމަތީގަ ބަހައްޓާފަ ހުރިވެހިކަލްތައް ނަގައް މިނިސްޓަރީތަކައް އެއްގީމޭބުނީމަ އެވާނެޖޯކަކަށް މަގުމައްޗައް އިންސާނުން ނުކުތީމަ ކޮއްމެރެއަކު ތަޅާއަދި މިރުސްދުންއަޅާލޮލައް އެވަރުންނުވީމަ ހިފާހައްޔަރުކުރުމައްފަހު ހުކުންކުރޭ މަގުމަތީހުރި ދެފުޜޮޅުލީ 90 ކިލޯހަމަނުވާ އެއްޗެއްނުނެގުނީމަ ދެންތިބެ އެއްޗެކޭގޮވަނީ ތިބެފަ ދެކޮޅުންވެސް ބޭއްވި އެއްވުންތައްބެލީމަ ފެއްނާނެ ބޭނުންވެއްޖެނަމަވެރިކަން ކުޜާބަޔަކު އަދިސަރުކާރުތަކުން ކުރާކަންތައް ބޭނުންވެއްޖެނަމަ.

  23
  1
 4. އިބޫ

  ފިދަނަތަކެއްގެ ވާހަކަތޯ. ލަދެއް ހަޔާތެއްނެތީމަ ތިމަގާމުގަތިހިރީ.

  28
  1
 5. ސައްތާރު

  ދެ އަނގައިން ވާހަކަ ދައްކާ މީހެއްނުތީ

  27
  1
 6. ޜަޒީން

  ކުރީގައި ބުނީ ތިޔަގޮތަކަށް ނޫން .. ލަދު ވެސް ނުގަންނަ ބަޔެއް.

  30
 7. ޔަކީ

  ބަޑި އަދި ބޮލައް އަމާޒު ކޮއްފައި ހުންނައިރު އަދި މާ ބޮޑައް އަމާންކަނަ ހިތައް ތަސައްލީ ކުރެވޭނެ.

  13
 8. ޖާނޭ

  މާރިޔާ ވިދާޅުވިއަސް އެއީ ހަމަ ތެދެއް. ހަތިޔާރު އެޅި މީހުން މަގުމަތީގައި އުޅުމުން ރައްކައުތެރިކަން ކަށަވަރުވޭ. ޚަމަނާ ހަނދުމަފުޅުވޭތޯ ޔާމީނަށް ހަމަލާ ދިނުމުން ކުރި މަލާމާތާ ކީ ހުތުރު އެއްޗެތި. މިއަދު ކަމަނާގެ، ބާރުގެ ދަށުގައި ހުރިހާ ހަތިޔާރު ހުރެ ކަމަނާގެ މައުޝޫޤާ އަށް ހަމަލާ ދިނުމުން އަމިއްލަ ނުކުޅެދުން ތެރިކަން ޤަބޫލުކޮށް އިސްތިޢފާދީބަލަ. ލަދުން ބޯހަލާކު.

 9. އިކުލީލް

  ރައީސް ޔާމީންގެ އަމުރަށް އޭރު މަގުތަކަށް ހަތިޔާރުއެޅި ސިފައިން ނިކުންނަން ޖެހުނީ ކީއްވެގެން، ކިހާ ނުރައްކާ ވީމަތޯ އެނގިލައްވާނެ ކަމަށް އުއްމީދު ކުރަން.

 10. ހައްވަ

  މމމމމާރިޔާ އެބުނަނީ ހަތިޔާރު ހިފައިގެންތިބި އިންޑިޔާ ސިފައިންގެ ވާހަކަ އޭ.ދަރިންނޭ އެކަންވިޔަ ނުދޭތި

 11. އިބްރާހިމް

  ކަނބުލޮ ތިޔައީ ވ ހަޑިކަމެއް. މުޖުތަމައުގައި ނު ރައްކާ އޮތްމިންވަ ރު ހާމަވާކަމެއް ތިޔައީ. އަމާންކަން ލިބޭނެ އިސްލާމީ ޝަ ރީޢަތް ޤާއިމްކު ރުމުން. އިތުބާ ރު ނުކު ރެވެނީތޯ؟ އަޖުމަ ބަލާލަންވެސް ނިކަން ހިންގާލަބަލަ. ނުޖެހޭނެ ކޮންމެ ދެމީހެއްގެ ދެމެދު ބަޑިދީފަ ސިފައިން ބައިތިއްބާކަށެއް.

 12. އިންޑިއާ އައުޓް

  ހަތިޔާރު އެޅި ފިނދަނަ ތަކެއް މަގުމަތީ ތިބުމުން ރައްޔިތުން ހިނި އަންނާނެ ނޫންތޯ ފިނދަނަ މިނިސްޓަރު ދައްކަވާ ވާހަކަ ފުޅު ހެހެހެ

 13. މުރާސިލް

  މާރިޔާއެވެ ތިޔަ ކަމަނާ ކުރިން ކީ އެހެން ފަރިއްސެކެވެ. އޭރު ކިޔަމުންގެންދިޔައީ މަގުމަތީގައި ހަތިޔާރު އެޅީ ސިފައިން ތިބުމަކީ މިޤައުމުގައި އަމާންކަން ނެތްކަމުގެ ހެއްކެއް ކަމުގައެވެ. މިއަދި އެއާއި ދިމާ އިދިކޮޅަށް، ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ތިބުމުން ރައްކާތެރިކަން އާންމުންނާއި ފަތުރުވެރިންނަށް އިހުސާސްކުރެވެޔޭ ކިޔަމުން ތިގެންދަނީ ތިމަންކަމަނާއި ސިފައިންގެ ވަޒީރަކަށް ހުރީމާ ހެއްޔެވެ؟ ތިޔަ ވާހަކަ ދައްކާ އިރު ތިމަންކަމަނާ މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ޤާނޫނު ހަދާ މަޖުލީހުގައި ފައިން އެރި މީހާ ކަން ހަދާން އެބަހުރި ހެއްޔެވެ؟

 14. މުރާސިލް

  ތިޔަ ނަޒަރިައްޔާއިން ބަލާކަމަށްވާނަމަ، އެންމެ ބޮޑަށް ރައްކާތެރިކަން އިހުސާސްކުރެވޭނީ އެންމެ ބޮޑަށް ހަނގުރާމަ ހިނގާ މައިދާން ތަކުގައެވެ. އެފަދަ މައިދާންތަކުގައި ބަރު ހަތިޔާރުތަކާއި އެންމެ ޒަމާނީ ނުރައްކާތެރި އަދި މީހުންނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުން ދެވޭނެ ވަރުގެ ހަތިޔާރުތައް ހުންނާނެއެވެ. މާރިޔާމެން ތިމާމެންނަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގެން ޖެހެއެވެ.

 15. ވ. ހީނުވޭ

  އޭރު އޮތީ އިދިކޮޅުޕާރޓީއެއް. ތިއީ ތެދެއްކަމުގައިވާނަމަ ތިއީ އިދިކޮޅުޕާރޓީއާއި އެއްކޮޅަށް ކުރިކޮމެންޓެއް. އެދުވަސްވަރަކީ ޓްއަރިޒަމް ބޮއިކޮޓްކުރަމުން އައި ދުވަސްވަރެއް. ތާރީޚް ބައްލަވާ.