ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމުގައި އިސްވެ ހުރި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް ހޯދާފައިވަނީ އާންމުންގެ އެހީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ތެރެއިން އަދުހަމް އަކީ އެކަމުގައި އެންމެ ބޮޑު ރޯލު ކުޅެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އާންމުން ދިން މައުލޫމާތަށް ބަލާފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އޭނާ އަކީ ކާކުކަން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދުމުން އެކި ގޮތްގޮތުން އެބޭފުޅުންނަށް އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ލިބުނު ކަން ފާހަގަ ކޮށްފައެވެ.

"ސަސްޕެކްޓް އެކެއް އައިޑެންޓިފައިކޮށް ހައްޔަރު ކޮށްފައިވަނީ އާންމު ފަރާތުން ސީދާ ދެއްވާފައިވާ މައުލޫމާތެއްގެ އަލީގައިކަން ވެސް ފާހަގަ ކުރަން" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، އެފަދަ މައުލޫމާތު ހިއްސާ ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެއްވެސް ފަރާތެއްގެ މައުލޫމާތެއް އާންމު ނުކުރާނެކަށާއި އެފަދަ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ދެން ހައްޔަރުކޮށްފައި ވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މުޖާޒް އަޙްމަދު (ކ)، ތަހްމީނު އަޙްމަދު(ވ):- ވަގުތު އިމޭޖަސް- އަހްމަދު ޖައިޝަމް

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުޤީޤު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެނެވެ. މި ގޮތުން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރަކާއި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ދެ އޮފިސަރަކު ވެސް މި ތަހުގީގުގައި ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނިންދޫދު

  ގާނޫނުގައި އޮންނަނީ 15ދުވަސްތައްްގިނަވެގެން ޖެހެން އެވަ ރުގެ ނުބައިވެގެންވާ ޢަމަލެއް ހިންގީމަވެސް، ދެން އެވީ ކޯޓުން ދޫކޮށްލަން، ގާނޫނުތައް ކޮށާ މަށަން ވެއްޖެ ނޫންތޯ މަޖިލީހުގެ މެންބަ ރުން ، އެއްބަޔަކު،އަނެއްބަޔަކު ތަޅާ ނޮފޮޅާ

  13
  2
 2. Anonymous

  3 ވަރަކަށް ދުވަސްތެރޭ ރައީސް ނަޝީދަށް ހަމަލާ ދިން މީހާ ހޯދައިފި.....ނަމަވެސް...ރިޟްވާނުގެ ޤާތިލް ކޮބާ؟؟؟ ..ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮއްލީ ކާކު؟؟...މިސުވާލ7 ތަކަކަށް ޖަވާބެއް ނުލިބޭ....

  މިހެންވެސް މިވަނީ ހަމަ ރައީސް ނަޝީދުވީމަ....އާންމު މީހަކަށް ވެއްޖެޔާ މިގޮތެއް ނުވާނެ...

  11
 3. Anonymous

  ހަަ ހެވެނީ. ގާނޫނު ބަލާ ކިޔާ ހަދާފަ ތިކަހަލަ ކޮމެންޓް ކުރަންވާނީ.

 4. ޑައެލޯގް

  މަސްވެރިން ބޭރުގެ ބޯޓުއަތުލައިގަންނަގޮތަށްދޯ ތިކަންވެސްވީ އާންމުން ނިކުމެހޯދީ އެކަމު ފޮނިކަނޑަނީކަލޯމެން

 5. ކިނބޫ

  އާންމުން ކުރި ކަމެއް ނޫނީ ނުވޭ. އެކަމަކު އާންމުންނަށް ބިރު ދައްކާ ގަދަބަސް ބުނެވޭތޯ އުޅެނީ!