އިތިއޮޕިއާއިން ރާއްޖެ އައި މީހަކު ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައި، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކަސްޓަމަސް އިން ވިދާޅުވީ، އެ މީހާއަކީ ވައިގެ މަގުން އިތިއޮޕިއާއިން ރާއްޖެ އައި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެެއް ކަމަށެވެ.

އަދި އެ މީހާއަކީ މިިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ ރާއްޖެ އައިސްފައިވާ ރޫޓާއި،އަދި އޭނާގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން، އެ މީހާގެ ލަގެޖް ކަސްޓަމްސް އިން ބެލިއިރު، އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ކަމަަށް ކަސްޓަމަސް އިން ވިދާޅުވިއެވެ.

އަދި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ފައްސިވެފައިވާ ކަމަށް ކަސްޓަމަސް އިން ވިދާޅުވިއެވެ.

އަދި އެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.413 ކިލޯގުރާމް ހުރި ކަމަށާއި، އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 10,239,000.00 (ދިހަ މިލިއަން ދެލައްކަ ތިރީސްނުވަ ހާސް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދް

    އެމީހާމިހާރަކު މިދުނިޔެއަކުނެތް އަމިއްލަޔަށް މަރުވެއްޖެ

    3
    3
  2. ޙަސަނު

    ރާއްޖޭގެ އިންޓެލް ތައްޔާރައް އޮންނަނީ މަސްތުވާއެއްޗެއްސައް ތައްޔާރައް

    2
    1