ނުރައްކަލެއް އޮތް ކަމަށް ނުވަތަ ހިރާސްބޮޑު (ރިސްކްބޮޑު) ސިޔާސީ އަދި ދީނީ ބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަކުރަން ފުލުހުންނާއި ސިފައިންގެ ޖޮއިންޓް އޮޕަރޭޝަނެއް ހިންގާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފުލުހުންގެ ކުރިޔަށްދާ ގެންދާ ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ހާދިސާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމިން "ގޮއްވާލަން" ޖެހޭ ކަމަށް މީސް މީޑިއާގައި މީހަކު ހިތްވަރުދީފައިވާތީވެއާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރަށް މަރާލާނެކަމުގެ އިންޒާރު ދީފައިވާތީ އެބޭފުޅުންގެ އިތުރުން މިފަދަ އެހެން ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކުރޭތޯ "ވަގުތު" ސުވާލު ކުރުމުން ސީޕީ ވިދާޅުވީ، މީސް މީޑިއާގައި އެމީހާއެއީ ކާކުން އެނގޭ އައިޑީތަކުންނާއި ކާކުކަން ނޭގޭ އައިޑީތަކުން ކުރާ ކޮމެންޓްތައް ފުލުހުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
ސީޕީ ވިދާޅުވީ ދައުލަތުގެ ވަޒީރުންނާއި، މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ހިރާސް ޕްރޮފައިލް އޮތް މިންވަރަށް ބަލާފައި އެބޭފުޅުންނަށް ސެކިއުރިޓީގެ އިންތިޒާމު ހަމަޖެއްސުން އެއީ ގައުމީ ދިފާއިބާރުން ކުރަމުން އަންނަކަމެއް ކަމަށްވިޔަސް ބައެއް އިސް ފަރާތްތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުންވެސް ދައުރެއްވެސް އޮންނަ ކަމަށެވެ.
އެއަށް ފަހު ސީޕީ ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިތުރު އެސެސްމެންޓްތައް ހަދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަސްދުކުރަން އެމްއެންޑީއެފްއާ އެކީގައި ޖޮއިންޓް އެކްސަސައިޒްއެއް ކުރިޔަށްގެންދަން. ހާއްސަ ގޮތެއްގައި މިހަމަލާއާ ގުޅިގެން އިތުރު އެންހޭންސްޑް ނިއު ސެކިއުރިޓީ އެސެސްމެންޓެއް ހެދުމަށް ފަހުގައި އިސްމަގާމުގައި ތިއްބެވި ފަރާތްތަކަށް އޮތް ނުރައްކަލާއި މިކަންކަން އިތުރަށް އެއާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން" ހަމީދު ވިދާޅުވިއެވެ.
ބޮމުގެ ހަމަލާއާ އެކު އެމްއެންޑީއެފްގެ އެލާޓްލެވެލް މައްޗަށް ޖައްސައި ސަރުކާރުގެ އިމާރާތްތަކުގެ ބޭރުގައި ސިފައިން ދަނީ ހަތިޔާރާއެކު 24 ގަޑިއިރު ހަރަކާތްތެރިވަމުންނެވެ.
ނަޝީދު ފަރުވާހޯއްދަވަމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލުގެ ބޭރުގައިވެސް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމަނިކުފާނަކީ އެންމެ މަތީ ލެވެލްގެ ސެކިއުރިޓީ އެމްއެންޑީއެފުން ފޯރުކޮށްދެމުން އަންނަ އެއް ބޭފުޅާއެވެ. ނަމަވެސް އެމަނިކުފާނަށް ހަމާލާއެއް ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ކުރިން އެމްއެންޑީއެފްގެ ނުވަތަ ފުލުހުންނަށްވެސް ލިބިފައެއް ނުވެއެވެ.
ތި ހީރަސްބޮޑު ސިޔާސީ އަދި ދީނީ ބޭފުޅުންނޭ ކިޔާ މީހުންގެ މުސީބާތާހެދީ މުޅިމި ގައުމު މިޔޮއް ޢަރަގުވަނީ. ގައުމުގެ މުޅި މާލިއްޔާ ތި ބައިގަނޑުގެ ސެކިއުރިޓީއައް ތަޅާހުސްކޮއްލާ. ކޮވިޑުގެ ނުރައްކަލުންވެސް ރައްޔިތުން ސަލާމަތެއް ނުކޮއްދެވުނު. ވެކްސިނެއް ފޯރެއް ނުކޮއްދެވުނު. ހުރިހާ މުޖުރިމުންތައް އުފަލާއެކީ މަގުމަތީ
ތިކަމަކުންވާނެފައިދާއްނެއް ތިބުނާމީހުން ނައްއޮއް އެންމެރަނގަޅުގޮތަކީ އަގަ ކޮންޓުރޯލްކުރުން އެމީހުންގެސަބަބުން މިގައުމައްމިލިބޭ ގެއްލުން ބަލާތަހުގީގުރަންފެނޭ ތިބުނާއޮސްޓުރޭލިއާގެފުލުންނާ އިގެރޭސިން އަވަހައް ފަލސްތީނައްފޮނުތޯބަލާ މިހާރު އެތަކެއްބަޔަކުއެމަރާހުސްކިރަނީ ސޯލިހުމިކަންކޮއްބަލަ
އަހަރެމެން ކުޑައިރު ރައީސް މައުމޫން ދައުރުގައި ސިފައިން މާލޭގެ އެކި ދިމަދިމާގައި ސެކިއުރިޓީ ކުރާތަން ފެނެއެވެ. މިހާރު ވަރަށް ގިނަ ފުލުހުންނާ ސިފައިން ތިއްބަވާއިރުވެސް މިގޮތަށް ތިއްބައެއް ނުފެނެއެވެ. އެހެންކަމުން މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި 24 ގަޑިއިރު ސިފައިނާ ފުލުހުން އަބަދުވެސް ޙަރަކާތްތެރިވުންފެނޭ! އެއީ ތަމްރީނު ލިބިފައިވާ ސިފައިންނާ ފުލުހުންނާ މިފަދަގޮތަށް ޙަރަކާތްތެރިވާނަމަ ނުރައްކާތެރި މީހުން ވަރަށް ރަނގަޅަށް ދެނެގަނެވި ކުރިއަށް ފިޔަވަޅުތައް އެޅޭނެތީއެވެ. ދިވެހި ދިފާޢީ ބާރުތަކުން ކުރައްވާ މުހިއްމު މަސައްކަަށް ޝުކުރިއްޔާ!
ދީނައް ފުރައްސާރަ ކުރާ މީހުން މިނިވަން ކަމާ އެކީގަ އެވެ. ސޯސަލް މީޑިޔާ ގަ ދީނައް ފުރައްސާރަ ކުރީމަ ވެސް ކަމެއް ނުކުރެއެވެ. މިވާހަކަ އަށް ހައްލެއް ލިބެންދެން ދައްކަން ޖެހެ އެވެ.