މިއަދު ރާއްޖެއިން 1003 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެކަން "ވަގުތު"އަށް އެނގިއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މި އަދަދުތަކުގެ ތެރޭގައި އިއްޔެ ޕެންޑިންގައި އެންޓަރ ނުކޮށް ހުރި އަދަދުތައްވެސް ހިމެނެއެވެ.

ދެން ހުރި އަދަދުތަކަކީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތަކެވެ.

އެހެން ނަމަވެސް އަދި މި އަދަދުތަކެއް އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ.

އެޗްޕީއޭ އިން މިއަދު ފައްސިވި މީހުން އިއުލާނު ކުރާނީ މިރޭ 10:30 ގައި ބާއްވާ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ވެގެން ދާނީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހަށެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ދެ ހަފްތާއެއް ދުވަހު ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް ހުރީ ނުރައްކާ މިންވަރަކަށް އިތުރު ވެފައެވެ.

އެގޮތުން ފާއިތުވެދިޔަ ތިން ދުވަހުގެ ތެރެއިން ހަ ވަނަ ދުވަހު 703 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ހަތްވަނަ ދުވަހު 766 މީހަކު ކޮވިޑަށް ފައްސިވިއިރު، އިއްޔެ ފައްސިވެފައި ވަނީ 590 މީހެކެވެ. އިއްޔެ ފައްސިވި އަދަދު މަދުވީ އެންޓަރކޮށް ނުނިމުުމުންނެވެ.

މިއަދު ފައްސިވި 1003 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35000 އަށްވުރެ މައްޗަށް އަރާފައެެވެ.

އަދި ފަރުވާދޭ މީހުންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރާނެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް 84 މީހަކު ނިޔާވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވެފައި ވަނީ 71 ދިވެހިންނާ، 13 ބިދޭސީންނެވެ.

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 10 މީހަކު ނިޔާވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެ، އެބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މި ވަނީ އިތުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. akif

  އަދި ވެސް ވޯޓު ލާން މީހުން ފޮނުވާ😂😂😁 ދެން ވެސް އިންޑިޔާގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮބަލަބަ
  މޮޔަ ސަރުކާރު
  #އިންޑިޔާ އައުޓް

  36
  3
 2. ބަޅ

  ސަރުކާރުގެ ނާގާބިލްކަމުގެ ހެކި މި ފެންނަނީ

  37
  3
 3. ސާބަހޭ

  މިވަރުވާއިރުވެސް މިސާރުކާރު ހަމަނިދާފަ. ހަމަ ހައިރާންވެ މިމީހުންނައް މިހާރު ދުނިޔޭގަ އެންމެ ނުރައްކާތެރިގައުމުން މީހުން އައުން ނުހުއްޓުވިގެން އުޅޭސަބަބު. މިއަދު މިވާހަކަދެއްކުމުގެ ފުރިހަމަ ހައްގުއެބައޮތް އަހަރެމެން ކޮންމެދިވެއްސަކައްއެބައޮތް. އަހަރެމެންނަކީ މިގައުމުގެ ކަންތައްތައް ރަގަޅުކުރުމައް އަހަރެމެން ދިރިތިބުމައް ބޭނުންވާ ފެންފުޅިއައްވެސް ދިވެހިދައުލަތައް ޓެކްސް ފައިސާދައްކާ މަޑުމައިތިރި ކެތްތެރި ދިވެހިން.

  32
  3
 4. ސާބިތު

  ސަރުކާރުން ހިންގި ސިޔާސީ ބޮޑު ކާރުވާނެއް ގެ ނުބައި ނަތީޖާއެވެ. މިކަމަށް ޒިއްމާ އުފުލަން ޖެހޭނީ ރައީސަށް ނާއިބު ރައީސާއި، މަޖުލީހުގެ ރައީސާ، މެންބަރުން ތަކަކާއި، އަދި ހެލްތް މިނިސްޓަރާއި އެޗްޕީއެވެ. ތިހުރިހާ މީހުން ވަނީ ބޮޑު ތަނުން ފެއިލް ވެފައެވެ. ލަނޑެއް ހުރިހާ އިސްތިޢުފާދޭށެވެ! އެކަމަކު ރައީސްމީހާ އަދިވެސް އަންނާނީ އޮޑިޓެއް ހަދާށެވެ. އިޑިޓް ހެދީމާ ޖެހޭނީ ބަދަލު ދޭށެވެ.

  28
  5
 5. ރައްޔަތުން

  ސަރުކާރުން އޮތީ ހުރިހާ ކަ މެ ރައްޔަތު މީހާގެ ބޮލައް ދޫކޮއްފަރުދީ ޒިން މާ އޭ ކިޔާ ފިލާފަ. ދެން ބަލަނީ އިންޑިޔާ ރުއްސޭތޯ.

 6. އިހުތިރާމް

  ކިތަންނެބޮޑުއަދަބެއްލިބުނަސް ސަރުކާރަށާއި އެޗްޕީއެއްފާޑުކިޔާނަން!! ސަރުކާރުގެދޯހަޅިކަ މާއި އެޗްޕީއޭގެފަރުވާކުޑަކަން މިގެނީ!! ދިހައެއްޖަހާއިރަށް ޓީވީއަށްއަރާތިބެގެން ރައްޔިތުންގެބޮލަށްކަނޑާނެކަ މެއްނެތް!! ސަރުކާރުގެނުކުޅެދުންތެރިކަން މިފެންނަނީ!

 7. އިހުތިރާމް

  ރައްޔިތުންނޭވަރަށްސަ މާލުވާންޖެހިފަ މިއޮތީ! ސަރުކާރުން މުޅިރާއްޖެއަށް މިބަލިފަތުރައިފި!
  މިކަންތައްގަނޑުގެއަޑުކަނޑުވާލަންވެގެން ފާޑެއްގެބޮ މެކޭކިޔަން މިފެށީ ؛

 8. ހަމްދަރުދީ

  ބަލިފެތުރުމުގެ އެންމެއިސްމޭސްތިރިއާއެއޮތީ ހޮސްޕިޓަލުގައަރާމުކުރަން. އެޗްޕީއޭގެބޮޑަކަށްއެހުރީ ޗާބީދީފަހުންނަބުދެއްކަހަލައެއްޗެއް. ރައީސްގެލޮލުންވެސް މިހާރަކުނުފެނޭ ލޭކަރުނަފައިބާތަނެއް.
  އަލިފު ހާ

 9. ކަނަކުރި

  އަމިން ކޮށްޕާ ވައްޓާލަފައި ޤަަސިމަށް ދިން ފުރުޞަތު އަތުލަފައި މިނިސްޓަރުކަން ބޮޑުބެއަށް ދީފައި ބޮޑުވަޒިރު ވިދާލުވި ތަފާތު ދައްކަވާނޭ. ޢެބަ ފެނޭ ތަފާތުތައް. ބޮޑުބެއަށް މަތިމަތިން ސްޓޭޓް މިނިސްޓަރުން ގެނައުން އެންމެ މުހިންމުކަމަކަށް ވެފައިއޮތީ. މައުމޫނު ސަރުކާރުގައި ބަލަދުއަރާ މީހުން ތިބެނި އަތޮޅުވެރިޔާގެ ބަދަލު. މިސަރުކާރުގައި ބަލަދުއަރާ މީހުން ސްޓޭޓް މިނިސްޓަރުންނާ ރައީސް އޮފީހުގެ މިނިސްޓަރުންނާ މިނިސްޓަރުން ފެންވަރުގެ މަޤާމުތަކަށް.