މިއަދު މާލެއިން އެކަނި 700 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން 'ވަގުތު' އަށް އެނގިއްޖެއެވެ.

މާލެއިން 700 އާއި ގާތްކުރާ އަދަދަކަށް މީހުން ފައްސިވެފައިވާއިރު، މިއަދު ރާއްޖެއިން ރިކޯޑް އަދަދަކަށް މީހުން ވެސް ވަނީ ފައްސިވެފައެވެ. އެއީ 1003 މީހެކެވެ.

މި އަދަދުތަކުގެ ތެރޭގައި އިއްޔެ ޕެންޑިންގައި ހުރި ސުންކުތައް ވެސް ހިމެނެއެވެ. ދެން ހުރި އަދަދުތަކަކީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތަކެވެ.

މާލެއިން ފައްސިވެފައިވާ 700 އެއްހާ މީހުން ފިޔަވައި ދެން ފައްސިވެފައިވަނީ އަތޮޅުތަކުގެ ރަށްތަކުންނާއި މިހާރު ހިންގަމުން އަންނަ ރިސޯޓުތަކުންނެވެ. އެހެން ނަމަވެސް މި އަދަދުތަކެއް އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން މިއަދު ފައްސިވި މީހުން އިއުލާނު ކުރާނީ މިރޭ 10:30 ގައި ބާއްވާ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއިން މިއަދު ފައްސިވި މީހުންނާއި އެކީ މިއަދަދު ވަނީ މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު