ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންވެސް އެ ހަމަލާއާ ގުޅުން ނެތް ކަމަށް ބުނެފިއެވެ.
މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ. މީގެ ތެރެއިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އަހްމަދު އަދްހަމްއެވެ. އަދްހަމް ހައްޔަރު ކުރީ މިއަދު ހެނދުނެވެ. އަނެއް ދެ މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
މި މީހުންގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
މި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައި މިއަދު ކޯޓުން ނެރުނު އަމުރުތަކުގައިވާގޮތުން އެ މީހުން ބުނެފައި ވަނީ އެ މީހުންގެ ބައިވެރިވުން އެކަމުގައި ނޯންނާނެ ކަމަށެވެ.
އަދި އެ މީހުންގެ ތެރެއިން ތަހުމީން ބުނަނީ އޭނާގެ ސައިކަލު އޮންނަނީވެސް އޭނާގެ ނަން މައްޗަކު ނޫން ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
ޝައްކެއް ނެތް މިންވަރަށް ހެކި ފުލުހުން ޖެހޭނީ ހޯދާފަ އެމީހުންގެ ކުރިމައްޗަށް ހުށަހަޅަން. ލަފާކުރެވޭ ގޮތް ފުލުހުން ބުންޏަސް އެއީ ޕްރޫފެއް ނޫން. އެހެން ނޫނަސް ދިވެހި ފުލުހުންނަކީ އިތުބާރު ކުރެވޭ ބައެއް ނޫން.
ދަންތުރަ ތީ ފައްކާ ރޯނު އެދުރެއް...
ފުލުހުން ހޯދަންޖެހޭނީ ހެކި ހެތްކާއެތްކޮއް ކޯޓަށް ހުށައަޅާ ދެންކޯޓުން ގޮތްނިންމާނީ
ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ޝަ ރުޢީ ނިޘާމް ގަޑުބަޑުކޮށްފައިވުމުން މި ތިންމީހުންވެސް ސަލާމަތްވާނެކަމަށް ބެލެވޭ. ކުއްވެ ރިން އަދަބުނުދީ ސަލާމަތްކޮށް މުޖުތަމައުއަށް ދޫކު ރުމަކީ އެމްޑީޕީން ރާއްޖޭގައި އުފެއްދި ސަގާފަތެއް.
މީގެން މީހަކު ސަލާމަތްވެގެންވެސް ދެނެއް ދިވެހިރާއްޖޭގަ ނޫޅެވޭނެ.
ތީ ފެންވަރަކީ... ޖިހާދު ކުރަންނިކުންނައިރު ގަޓެއް ނުހުރޭ! މޭގައަތްޖަހާލާފަ ފަޚްރުވެރިކަމާއެކު އެއްބަސްވާކަށް ނުކެރޭ ފިނޑިންތީ ހައްތާވެސް!ކޮންވައްތަރު ޖިހާދު ތިކުރަމީ..
ހާރޑުކޮށް ތަހުޤީޤު ހިންގާލަނިކޮށް ހޭރިގަންފަ އެއްބަސްވެދާނެ. ފިނޑިން ތީ.. ހިތްވަރެއް ނުހުންނާނެ ތިއިން ގޮލައަކު.
ދެން ދުވަސް ކޮޅަކުން އިވޭނީ ތިތަނުން އެކަކު ޒިހާދައްގޮސް މަރުވި ހަބަރު.
ހުރިހާ ހެއްކާ އެކީ
އެތެރެއިން ހިންގި ޢަމަލެއް ކަމަށް ދަރިކަނބަލުން ދެންނެވުމުން މިހާރު ޤަބޫލު ކުރެވޭއެބަ
ތިޔައީ ނަސީދު ރާވާ ހިންގި ކަމެއް ހުރިހާ ރެޒާފުކަށް ދަސްކޮށްދިނީ ނަސިދަ ދިމާލަށް ދާން .އޭޑީކެއަށް ވަދެވުނީ މަ ގޮހޮރުގަވެސް އެތި އެއީ ފަރިކުޅުއްވީ ރޭޒާ . ވީމަ ގޮހޮރުގަ ވެސް ހުރީ . ބޭރުން ވަތްނަމަ ލޭތިއްކެއް ނައީ ކީއްވެ. ލޭ ހިކިފަހުރީތަ؟