ގދ. ގައްދޫން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށު ކައުންސިލުން "ވަގުތު"އަށް ދިން މައުލޫމާތަށް ބަލާއިރު، މިއަދު އެރަށުން ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

"ވަގުތު"އަށް އެނގިފައިވާގުން އެރަށުން ފައްސިވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރަކުވެސް ހިމެނެއެވެ.

ކައުންސިލުން ބުނީ، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ސުންކު ނަގައި ޓެސްޓު ކުރުމަށް މިހާރު ފޮނުވާފައިވާ ކަަމަށެވެ.

އެރަށް މޮނީޓަރިންގއަށް ލައި ކައުންސިލުން އެރަށަށް ލިޔުން ފޮނުވީ މިރޭގެ ވަގުތެއްގައެވެ.

މިހާރު ރާއްޖޭގެ އަތޮޅު ތެރޭގެ 30 ރަށެއް އޮތީ މޮނީޓަރިންގ ހާލަތުގައެވެ. ބައެއް ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު