މާލެ އިން ކޮވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކު އެ ބައްޔަށް ފައްސިވާ ކަމަށް ހެލްތް ޕްެރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން މިގޮތަށް ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގައި މިހާރު ނުރައްކާ މިންވަރަކަށް ކޮވިޑް ދަނީ ފެތުރެމުންނެވެ. އަދި މިހާރު ދުވާލަކަށް ފައްސިވާ އަދަދުތައް 500 އިން މަތީގައި އުޅޭއިރު، މިއަދު ކޮވިޑަށް ފައްސިވި އަދަދުތައް ވަނީ 1000 އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން މިރޭ އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާލެ އިން ކޮވިޑަަށް ޓެސްޓު ކުރާ ކޮންމެ ފަސް މީހަކު ތިން މީހުން ކޮވިޑަށް ފައްސިވެފައެވެ. އަދި އެވްރޭޖް ގޮތެއްގައި އުމުރުން 10 އަހަރުން ދަށުގެ 80 އަށްވުރެ ގިނަ ކުދިން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ފައްސިވާއިރު، މީގެ ތެރެއިން 4-5 ކުދިންނަކީ އެއް އަހަރުން ދަށު ކުދިން ކަމަށް އެ މައުލޫމާތުގައި ވެއެވެ.

އަދި މިހާރު ކޮންމެ ހަފްތާއަކު ކޮވިޑަށް ފައްސިވާ ޕަސެންޓޭޖް މިހާރު އެއް ހަފްތާ ތެރޭގައި 75% އަށް އަރާފައިވާ ކަމަށް އެ މައުލުމާތުގައި ވެއެވެ.

"މި ސިގްނަލްތަަކީ މި ޕެންޑެމިކް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑްގެ އައުޓްބްރޭކް ވަރަށް ނުރައްކާ ހާލަތަކަށް ގޮސްފައިވާކަން އަންގައިދޭނ ނިޝާންތައް". އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ދެ ހަފްތާ ތެރޭގައި މާލެ ސަރަހައްދުގެ ފްލޫ ކްލިނިކް ތަކަށް ދެއްކި މީހުންގެ ތެރެއިން ފައްސިވާ މީހުންގެ އަދަދުތައް ވަނީ ހަތަރު ގުނަ އިތުރުވެފައި ވެއެވެ.

އަދި މިހާރުގެ ފައްސިވާ އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ 80% އެނދުތައް ފުރިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

މިއަދު ރާއްޖެއިން ފައްސިވި 1000 އަށްވުރެ ގިނަ މީހުންނާއެކު މިހާރު ރާާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35000 އަށްވުރެ މައްޗަށް އަރާފައެެވެ. އަދި ފަރުވާދޭ މީހުންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރާނެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް 84 މީހަކު ނިޔާވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވެފައި ވަނީ 71 ދިވެހިންނާ، 13 ބިދޭސީންނެވެ.

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 10 މީހަކު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    އިއްޔެ ބުނީ ދެމީހަކުން އެކަކު ފައްސިވެޔޭ.. ދޮގުހަދާ ބައެއް އެޗްޕީއޭ އަކީ ތިވީގޮތުން.. ދެ ދުވަހު ބުނާ އެއްޗެއް ދިމަލެއް ނުވޭ

  2. ލޯބިވާގައުމު

    ކޮބައި ރައީސް ނުފެނޭ މޮޑީކޮބައި މިގައުމު ހަލާކުކޮއްނިމިޖެ އްމަރުއިތުރު ބިރު އިތުރު އަދިއަންނާނެ ފައިދޮށައް ވޯޓްހޯދަން ވިސްނާލާގައުމާމެދު ވަރައްދެރަ ކޮންކަންތައްތިކުރަނީ ދެރަވާތީ

  3. ހުދު ހުދު

    މީގެ އަހަރެއް ކުރިން މި ގަައުމަށް ކޮވިޑް އައިއްސި. ގައުމުގަ ކޮވިޑް ޓެސްޓެއް ހަދާލެވޭނެ ފެންވަރު ވެސް އެެއިރު ނެތް. އޭގެ އެއް އަހަރު ފަހުން އަނެއްކާ ކޮވިޑް ގެ ހާލަތު ގޯސް ވި އިރު މާލެ ސަރަހައް ދުގަ އިނީ 200 އެދު. ދިވެހި ސަރުކާރަށް ތައްޔާރު ވެވުނު ވަރަކީ މި އީ. ހުރިހާ އުދަގުލެއް ރައްޔިތުންނަށް