ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހަސަންފުޅު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ރައީސްގެ މަންމާފުޅު ކޮވިޑަށް ފައްސިވެގެން މިހާރު ފަރުވާދެއްވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައެވެ.
ނަމަވެސް އެކަމަނާގެ ހާޅުކޮޅާއި ގުޅޭގޮތުން މައުލޫމާތެެއް ނުލިބެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޮވިޑަށް ފައްސިވެގެން ފަރުވާ ހޯއްދެވިއެވެ.
މަންމާފުޅު ކޮވިޑަށް ފައްސިވި ނަމަވެސް ރައީސް ސޯލިހާއި މީން ދުވަހަކު މަންމާފުޅާއި ބައްދަލު ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއަދު ވެސް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ރައީސް ސޯލިހުގެ މަންމައަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން
ލޮބުވެތި މަންމާފުޅަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން
މަންމާ ފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން
ހޮހޮޅައިގެ ބޭނުން އެނގިވަޑައިގެންފިތޯ. ޢިބުރަތަކީ ﷲ ތަޢާލާ ކޮންމެ ގޮތަކަށް ވެސް މިންވަރުކުރައްވަފާނެ އެއްޗެއް. އެހެންވީމާ މީހުންކުރާ ރަނގަޅު މަސައްކަތަށް މަލާމާތް ނުކުރަންވީ. ޤައުމު މިއަދު ހަމަ ނޭވާލާން މިޖެހެނީ ރައިސް ޔާމީން ކުރައްވާފައިވާ ދަރުމަވެރި ޚިދުމަޔްތައް ހުރީތީވެ. މަލާމާތްކުރި ތަންތަން ރަނަށް ވެފައި މިއަދު މިވަނީ
ޝަފާކިﷲ