މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1091 އަށް އަރައިފިއެވެ.

މިއަދު ފައްސިކަމަށް ދެއްކި 1091 މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ފައްސިވެފައި ވަނީ 760 މީހެކެވެ. ބާކީ ތިބި މީހުންނަކީ އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އެންޓާ ނުކުރެވި ހުރި އަދަދުތަކެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35815 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 9423 މީހެކެވެ. އޭގެ ތެެެރެއިން 250 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

މިއަދު ރާއްޖެއިން ފައްސިވި ކަމަށް ދެއްކި 1091 މީހުންގެ ތެރެއިން 933 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 147 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން ހަ މީހަކާއި، ސަފާރީތަކުން ތިން މީހަކާއި، ތަރައްގީ ކުރަމުންދާ ރަށްތަކުން ދެ މީހަކު ފައްސިވެފައި ވެއެވެ.

މިރޭ ކޮވިޑަށް ގިނަ ބަޔަކު ފައްސިވެފައި ވީނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް އިތުރު ބަދަލެއް ގެންނާކަށް އަދި މިހާތަނަށް އެޗްޕީއޭ އިން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެޖެންޑާ2021

    މިހިސާބަށް ކޮވިޑުގެ ޙާލަތު ދިޔައިރު ރަށްކާތެރިކަމަށް މާރަގަޅު ފިޔަވަޅެއް އެޅިފަ އޮތްކަމަށް ޤަބޫލުކުރަންދަތި. ތެދެއްބުނަންޏާ ދެކިދެކިވެސް ހަމަ އަމީނުވަރެއްނުފެނުނު.

    14
    1
  2. ހޮށިގެދޮރު

    މާއްކަލާންގެއަށްޓަކައި މާލެ ސަރަހައްދުގެ ކޯޓުތަކާއި އޮފީސްތައް އެއްކޮށް ބަންދުކޮށް، އެންމެ ހަފްތާއަކަށް ނަމަވެސް މާލެ އޭރިޔާ ލޮކްޑައުން ކޮށްބަލަ. ނިކަން ގޮތް ދޫކޮށްފަ ޑޮކްޓަރުންގެ ލަފާގައި ހިފާބަލަ. ހެޔޮނުވާނެ! މިރާއްޖޭގެ ސިއްހީ ނިޒާމަކަށް މީތި ނުކަތާނެ. މީހުން މަރުވާން ފަށާނީ ހޮސްޕިޓަލްތައް ފުރިގަތީމަ. ހެޔޮނުވާނެ! ޑޮލަރޭ، ޓޫރިޒަމޭ ކިޔާގެން ތިއްބާ ޓޫރިޒަމްވެސް ފުނޑި އިގްތިސާދު ސުމަކަށް މިދަނީ!

    18
    2
  3. ޟމ

    މީ ސަރުކާރުގެ އިހުމާލު

    21
    1
  4. ބެޓެލް ޔަރްމޫކް

    ކިތައް މީހުންތޯ. .. މިިިި މީހުންގެ. ރައްޔީތުންގެ. މާލިއްޔާ ދަވާލާފަ ...ވައްކަން ކޮށް . ..ރައްޔިތުންގެ. .. މުދާ ހަގީގަތުގައި.. ޣަނީމާ ކުރަނީ.. ހަރުކަށި ފިކުރުގެ މީހުންނެތް..ވުރެން ބޮޑަށް ..އަދިިިިިިި ގިިިިިނައިން މި އުޅޭ މަޑުކަށި ..ވެރިކަންކުރާ.. އަދި.. އެމީހުންގެ ހާމާނީ. .. އެކުވެރިންތައް ... އެމީހުން.. މަޖުލީހަށް އައިސްފަ ..ތިމަންނާއަށް ދެރަށާ، ކާރާ، ދެލައްކަ ރުފިޔާ.. ކޮންމެ.... މަހަކު.. މުސާރަޔާ ..އަދި ..މާލިއްޔާގެ.. ބާކީ..ބައި އެކި އެކި ނަންނަމުގައި.. މި ވެރިންގެ ބަދަލުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރަކާ ..އެއްޗެހި.. ޣަނީމާ ނުކުރޭ ހެއްޔެވެ؟ އެއްވެސް މީހަކު އަތް ބުރި ކުރޭ ހެއްޔެވެ؟ މިއަދު މިތިބަ މީހުން ﷲ ޝަރީޢަތޭ ބުންޔަސް ހީބިހިނަގައި ލަދުގަނެ އިސްޖަހައެވެ. ބިރުގަނެއެވެ. ޝޭޚުންގެ ހާލު އަދި މާ ބޮޑެވެ. މިތަނައް ނައިސް ..އަދި އޮތީ ﷲ ކޯފައެވެ. ޢެހެން ހުރިހައި ކަމެއް މިހާރު މިތާ ހަމައެވެ. ޥަރަށް ސުންފާ.ވެފަ ބޮޑާވެފަ ބުނެއުޅޭ ދިވެހިންގެ ބާރަކީ ދުޢާ އެވެ. .. ޔަހޫދިންފަދައިން މި މީހުން.. ހީކުރަނި ދިވެހިންނަކީ.. ﷲ.. ޚާއްސަކުރެއްވި ﷲ ގެ ..ކޯފާ މި މީހުންކުރާ ކަންކަމަށް.. ނުދެއްވާ ދޫކޮށްލައްވާ ކަމަޢްހެއްޔެވެ؟މިތާ ﷲ ޝަރީޢަތުގެ ބަދަލުގައި އެތައް ވަޟަޢީ ހުކުމްތަކެއް ، ޤާނޫނުތަކެއް ، ގަވަޢިދު ތަކެއް ހަދަމުން އަދި ހަދާފަ އެބަހުއްޓެވެ. ހުރިހައިވެސް އައްޑަނަޔަކިިީ.. 10 ވަނަ މާއްދާއެވެ. ޢެކަމަކު ޤުރުއާނުގައި ރިބާ ހުއްދަ ހެއްޔެވެ؟، ރާ ރިސޯޓުގަވިޔަސް އަދި ..އެހެނަތަނެއްގަވިޔަސް.. އިސްލާމީ އިޤްސޯދެއްގައި ހުއްދަ ހެއްޔެވެ؟.. ޤުރުޢާނުގައި ކޮންތަނެއްގައިތޯ އޮތީ ރާ ހުއްދައޭ؟..، ޢޫރުމަސް.. ހުއްދަކަމަށް ..ޤުރުޢާނުގައި ވިޔަސް.. ސުންނަތުގައިިި.. ވިޔަސް އެބައޮއްހެއްޔެވެ؟، ޜިސޯޓުތަކުގައި.. ކާފަރުން ..އޮރިޔާމުން ..އުޅެވޭނެ ކަމަށް ޤުރުއާނުގައި... އެބައޮތްހެއްޔެވެ؟ މިޔުޒިކު ކުޅުމާއި ހައިވާނުންތަކެއްފަދައިން.. ވުމަށް ޤުރުޢާނުގައި އެބައޮތްހެއްޔެވެ. ޢިސްލާމީ ބާރުވެރިކަމާއި... ހިޔާވަހިކަމުގައި ..ﷲ އައް އަދި ރަސޫލާއަށް ...އަދި އިސްލާމި.. ޝަރީޢަތައް ..މަލާމަތްކޮށް ފުރައްސާރަ ކުރާމީހުން.. ފުރުވާލާ މިނިވަންކޮށް އުޅެވޭހެއްޔެވެ؟ ކުފުރީ ޑިމޮކުރަސީ ޤުރުޢާނުގައި ހުއްދަ ހެއްޔެވެ؟ ޢާދެ ޑިމޮކުރަސީ އަކީ ކުފުރެކެވެ. ޙުރިހައި ޢިލްމުވެރިން އިއްތިިފާގު ވެ..

    21
    1
  5. ރާއްޖެތެރެ

    މީ ކިހިނެއްވާކަމެއްތަ ދިވެހިން މިއުޅެން ޖެހެނީ ގޭބަންދުކޮއްގެން. ސަރުކާރުން ޤައުމު ހިންގަން ނޭގެންޏާ ރައިސް ޔާމިން ވެރިކަން ހަވާލުކުރޭ

    19
    4
  6. ރުއް

    އަޅެ މިރާއްޖޭގަ އެންމެ މީހެއްތަ އުޅެނީ ހުރިހާ ނޫހެއްގަ އެވާހަކަ ހުރިހާ ވެރިން ވެސް އެކަމާ މިހާރު ކޮވިޑް ގެ ކަންތައް ނިމުނީތަ؟؟
    ރައްޔިތުން މިތިބީ ގޭގަ އަނގަޔާ އަތާ ދިމާނުވެފަ🙄

    13
    1
  7. މޮޔަ ސަރުކާރު

    އަދިވެސް އިންޑިޔާ މީހުން ކަރަންޓީން ވާން އަންނަ ޖަހަހަ އަކަށް ރާއްޖެ. ދުނިޔޭގެ ހުރިހާ ގައުމަކުން އިންޑިޔާ މީހުން އެތެރެ ވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފަ. މިތާ ވެެރިކަމުގަ އިންޑިޔާ ގޮނޑި ކޮއްކޮޮ ވެރިން ތިބެ މުޅި ރާއްޖެ އަށް ބަލި ފަތުރައިފި

  8. ބަސަރާ

    މިތަނަށް ދެވަނަ ފަހަރަށް ކޮވިޑް ފެތުރުނީ ސަރުކާރުގެ އިހުމާލުން. މާ އަވަހަށް ނުރައްކާ ބޮޑު ގަެުމުތަކަށް ބޯޑަރު ހުޅުވާލުން. ދުވާލަކު ޕޮޒިޓިވްވާ އަދަދު 20 ތިރީގަ އޮއްވާ ނިއު އިޔާއަށް ޕާޓީ ކުރަން ހުއްދަ ދިނުން. އޭގެ ސަބަބުން ކޭސް ތައް 50 އިން މައްޗަށް ދިޔަ. އޭގެ ފަހުން ހަފަތާއަކުން. އަނެއްކާ ތިރިވެފަ އޮއްވާ ކައުންސިލް އިންތިހާބަށް ހުޅުވާލީ އޭގެ ހަފްތާއެއްފަހުން 100 އިން މައްޗަށް ޖެހުނީ. ދެން ފެނުނީ އިންޑިޔާ އިން އެކި ގައުމުތަކަށް ދާމީހުންނަށް ކަރަންޓީނު ފެސިލިޓީ އަކަށް ރާއްޖެ ހަދައިދިންތަން. އަދި އެވަރުން ނިމުނީއެއްނޫން އިންޑިޔާއިން ކޮވިޑަށް ފިލަން އަންނަ މީހުނަށް ޓަކައި ރާއްޖޭގެ ފްރީ ވިސާ އެއް އަހަރަށް ހަދާލިތަން. މިވަރުންވެސް މިކިޔަނީ ރައްޔިތުން ގައިޑް ލައިނާ ހިލާފް ވަނީއޭ.

  9. ޝޭޙް

    މާދަމާ ތިޔަ މަކްރޫހް މީހާ ބުނާނެ 2000 ފައްސިއޭ މިވީގޮތަކީ މިދިޔައަހަރުގަ ހަނދާންނެތިފަ ހުރި އެއްޗިއްސާވެސް އެކުގައޭ މިހެން މިވީ. ކީކޭދެން ބުނާނީ ތިޔަ ކޯވިޑް ވެއްޖެ އެއްނު މިހާރު ރަންނަމާރި ސްޓޯރީ އަށް ވީހެން ވިސްނޭވަރުވީމަ ހަގީގަތް އިނގޭ ބޮޑު ސިއްރަކަށް.

  10. އަހްމަދު

    ކީހާވަރެއްވީމާ ވެރިން ހޭއަރާނީ! މިނުކިޔޭނެތޯ އަނިޔާއޭ! އެއްބަޔަކު ގޭގައި އަނެއްބަޔަކު މަގުމަތީގައި އުޅެނީ އެމީހަކު ބޭނުންވާގޮތަކަށް! މާސްކުވެސް ނާޅާ!!! މިކަން ނުވަންޏާ މިކަންވާވަރު ބަޔަކާ ޙަވާލު ކުރަންވީއެއްނުން!

  11. މިނާނު

    މެއި 07 ގައި ނެގި އަޅުގަނޑުގެ ސާމްޕްލަށަ ވި ގިތެއް ނޭގެ.

  12. ދޮންކަމަނަ

    ކޯވިޑް 19 ގެ އެންމެ ކޭސްއެއް ނުފެންނަ އިރު ދީފައިވާ ސަމާލުކަން ނުވަތަ ބެހެއްޓި ފަރުވާތެރިކަން މިހާރު ރާއްޖޭގެ ސަރުކާރުން ނުގެންގުޅެނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އަނެއް ސުވާލަކީ ކަންމަތީ ހޮސްޕިޓަލް ނުވަތަ ފްލޯޓިން ހޮސްޕިޓަލް އާ ޑަކުޓަރުން ރާއްޖެ ގެންނާނީ މިހާރު ޕޮޒިޓިވް ރޭޓް ކިހާވަރަކަށް މަތިވީމައިތޯއެވެ.

  13. ނާޗަރަންގީ

    ހިންގުންތެރި ކުޅަދާނަ ސަރުކާރުން ވަރަށް ޕްރޮފެޝަނަލް ކަ މައި އެކު ރައްޔިތުން އެކި ޒާތްޒާތުގެ ފިތުނަތަކާ ކޮވިޑް19 ގެ ފުރިހަ މާ ތަރައްގީ އާއި ތަހުޒީބަށް ގެންގޮސްދީ، ކިރިޔާ ކައިގެން އުޅެވޭ ވަރު ވަކިން ހާއްސަކޮށް ކުއްޔަށް އުޅޭ ފަރާތް ތައް މަގުމަތިވާން މަޖުބޫރުވާ ހާލާތައް ނިކަ މެތިކޮށްދީ ދަރިވަރުންގެ ތައުލީ މާ ޒުވާނުންގެ ވަޒީފާގެ ފުރުސަތުތައް ގެއްލުވާލަމުން ގައުމު އަރައިނުގަނެވޭފަދަ ނިކަމެތިހާލަތަކަށް ވައްޓާލައިދިން ކަމަށްޓަކައި ހިތުގެ ފުންމިނުން ޝުކުރުވެރިވަން.

  14. ރާއްޖެތެރެ

    ކައުންސިލް އިންތިޙާބު ނުބާއްވަން ސިއްޙީ މަހިރުން ލަފާދެއްވާފައިވަނިކޮށް ކައުންސިލް އިންތިޙާބުވެސް ބޭއްވީ. މިހާރު ހުރިހާ ރަށެއްގައި ހުވާކުރުމުގެ ހަފްލާ ބާއްވަން އެލް.ޖީ.އޭ އިން އެ އޮތީ އަންގާފަ. ބަލި ފެތުރޭނެ ހުރިހާ ދޮރެއް ސަރުކާރުން ދަނީ ހުޅުވަމުން.
    އިގްތިޞާދު މިހާ އަޑި އަޅާލާފަވާ ވަގުތުގައިވެސް 03 ކައުންސިލަރުންގެ ބަދަލުގައި 05 ކައުންސިލަރުން ބޮޑުމުސާރައާއިއެކު ނެރެނީ. މި މީހުންގެ މުސާރަވެސް ރައްޔިތުން ފެލައިގެން ދޭންވީ.