ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 250 އަށް އަރައިފިއެވެ.
ކޮވިޑް ޖެހިގެން އިއްޔެ ހޮސްޕިޓަލްތަކުގައި ފަރުވާ ދީފައި ވަނީ 230 މީހަކަށެވެ. މިއަދު އިތުރު 20 މީހަކު ހޮސްޕިޓަލްތަކުގައި ވަނީ އެޑްމިޓްކޮށްފައެވެ.
ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ހޮސްޕިޓަލްގައި ފަރުވާދެމުންދާ 250 މީހުންގެ ތެރެއިން އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނީ ތިން މީހެއް ކަމަށެވެ. އަދި އައިސީޔޫގެ ވެންޓިލޭޓަރަށް ނުލާ ޖުމްލަ ފަސް މީހަކު އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން 1091 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35815 އަށް އަރާފައެވެ.
މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 9423 މީހެކެވެ.
ލޮކްޑައުން ނުކޮށް ގަދަ ދައްކާފައި ކުރިއަށް ދާނަމަ، ސިއްހީ ނިޒާމު ބޮއްސުން ލައިގެން ގޮސް މީހުން މަރުވާން ފަށާނީ މަދު ގަޑި އިރުތަކެއްގެ ތެރޭގައި. މިހާރުވެސް އެކި އިސްތިސްނާގެ ދަށުންނާއި، ހާއްސަ މުހިންމު ބޭނުންތަކުގެ ނަމުގައި އޮފީސްތަކަށް ބަރާބަރަށް މީހުން އެބަދޭ. މާރުކޭޓުތަކުގައި މީހުން ފުނިޖެހިފައި. ރެސްޓޯޜެންޓު ކެފޭތައް މީހުންނާއިގެން ތޮއްޖެހިފައި. މަގުތައް ފުރިފައި.
ވަރަށް އަވަހަށް ލޮކްޑައުން ކުރާނެ ކަމަށް ބެލެވޭ.. ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ..