ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމަށް ފިޔަވާ އެހެން ގޮތަކަށް މީހުން ދަތުރުކުރުން މަނާ ކުރި ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ އަކާއި ނުލާ ދަތުރުކުރެވޭނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި މެދު އެޗްޕީއޭ އިން ނެރުނު ސަރކިއުލާ އާއި މެދު ކައުންސިލްތަކާއި އާއްމުންނަށް ވެސް އޮޅުން އަރާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން މޮނިޓަރިންގައި ނެތް ރަށްރަށުން އެހެން ރަށްރަށަށް ދަތުރު ކުރާ އިރު ވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ކައުންސިލްތަކުން ވެސް އިރުޝާދު ދޭކަން ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެޗްޕީއޭގެ ހުއްދަ އާއި ނުލާ ދަތުރު ނުކުރެވޭނީ ރަށަކުން ކޮވިޑް ބަލި ފެނި އެ ރަށެއް މޮނިޓަރިން އަށް ލާފައިވާ ހާލަތުގައި އެކަނިކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މޮނިޓަރިންގައި ނެތް ރަށްރަށުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމަށް ދަތުރު ކުރާ ނަމަ ހޯދަން ޖެހޭނީ ކައުންސިލްތަކުގެ ހުއްދަ ކަމަށް މަބްރޫކް ވިދާޅުވިއެވެ
." މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދިއުމާއި މެދު. މޮނިޓަރިންގައި އޮތް ރަށަކުން މީހަކު ދާ ނަމަ ހުއްދަ އަށް އެދެން ޖެހޭ. މޮނިޓަރިންގައި ނޮ އޮންނަ ރަށްރަށުގައި އެކަން އިންތިޒާމްކޮށްދިނުމުގައި އެހްޕީއޭގެ ދައުރެއް ނޮއޮންނާނެ. އާއިލާ އަށް ދިމާވާ ބޮޑެތި ކަންކަން. ސިއްހީ ފަރުވާ ހޯދުން. އަނބިމީހާ ވިހެއުން. އެ މީހާގެ ވަޒީފާ ހަމަޖެހިފައިވާގޮތުން އެހެން ރަށަކަށް ދާން ޖެހުން. " އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މޮނީޓަރިންގ ހާލަތުގައި މިހާރު 32 ރަށެއް އެބަ އޮތެވެ. އަދި މިހާރު ގިނަ ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.
ޒަރޫރީ ބޭނުމޭ ކިޔައިގެން ބަޔަކު ހިތު ހުރި ގޮތަކަށް އެބަ އެނބުރޭ. ގަސްތުގައި ލޮކްޑައުން ނުގެނައުމުގެ ސަބަބުން މަރުވާ މީހުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ އިންގޭ.
އަންހެނުން ވިހަން ދާން ވީމަވެސް މި ޖެހެނީ ކައުންސިލުގަ އެދެން. ކައުންސިލުން ހުއްދަ ދެނީ ރަށުގެ ހެލްތް ޕޯސްޓް ގެ ނުކިޔަވާ ޑޮކްޓަރު ހުއްދަ ދިނީމަ. ބަންދު ކޮއްފަ އިންނަ ހެލްތް ޕޯސްޓް ހުޅުވައިގެން ޑޮކްޓަރު އައިސް ހުއްދަ ދެވުނު އިރު އަންހެނުން ގެންދަން ޖެހުނީ ފަތްޖެހި އެދަކައް ލައިގެން. ކައުންސިލް ތަކުގަ ނުކިޔަވާ މީހުން ލައިފަ އެޗްޕީ އޭގަ ކައުންސިލުން ހުއްދަ ދިނުމުގަ އަމަލު ކުރަން ވީ ގަވައިދެއް ވެސް ބުނެދީފަ ނެތީމަ ވާގޮތް މި އީ
ހުދު ހުދު އެ ހުއްދަ ލިބެންދެން ބަނޑުގާ ރިއްސާ ރިއްސާ އޮންނަ މާބަޑުމީހާ ނުވިހާނެ ، އެޔަގީން ކަން މަބްރޫކު މެނަށް އޮވޭ ، ހުދު ހުދު ވެސް މަބްރޫކު މެން ޖޯކަރުން ނަށް ނަހަދަ ބަލަ ދޯ ؟ އެހުންނަނީ ނިއުސް ބްރީފިންގް ދޭއިރުވެސް ހޮޓްޕޮޓް އިން ހިއްޕަވާލަ ހިއްޕަވާލާ، ތިހެން ނަހަދާ ހުދު ހުދު ، އެއީ ޖޯކަރުން ނަށް ނަހަދާ، ބަނޑުގަ ރިއްސުން އެ އީ މާބަޑު މީހާގެ މައްސަލަ ނުކިޔަވާ ޑޮކްޓަރުން އެއީ އައްޔަތުންގެ މައްސަލަ ސަރުކާރު ހަމަ އޯކޭ އިބޫ .
ތި ވާހަކަ މި ދައްކަނީ. ތި ޕްރެސް ތަކަށް އަރާ ބޮޑެތި ގަވައިދު އާއްމު ކުރާ އިރު ދެން ތިބި ރައްތަކުގަ ނެތް އެއްވެސް ހިދުމަތެއް. ހެލްތް ޕޯސްޓް ގަ އެމްބިއުލާންސް ގަޑެއްގެ ވަރުވެސް ނެއި. ބޭސް ފިހާރައިގަ ފާމަސީ ކިޔަވައިގެން ހުރި ކުއްޖެއްވެސް ނެއި.އެކަމް ވެސް ގައުމު އޯކޭ.
ތިއޮތީ ޕަބްލޮކު ހެލްތު ޕޮލިސީ ހަދަން އެނގިފަ. ދެން ރައިވަރާއި ޅެންބަހުރުވައިން ޕޮލިސީ ލިޔޭ.
މިނިސްޓަރ ކަމަށް ކެމްޕޭނު ނުކޮށް ބޯޑަރ ބަންދު ކޮށް އިންޑިޔާ މީހުން ނަށް ރާއްޖެނާދެވޭގޮތް ހަދާ ބަލަ މަބްރޫކް . މިސަރުކާރުގެ އިޙްމާލް އިން މިގައުމު މިވައްޓާލީ ހާދަ ބިރުވެރި ކަމެއްގެ ތެރެ އަށޭ ، މަބްރޫކް ތިތާ ހޮޓްޕޮޓް އިން ބައްވަލަން އިދެފަ ދާއިރަށް ރައިސް އޮފީހުން ބޮޑު މަގާމެއް ލިބިދާނެ އެކަން ނިކަމެތި އައްޔަތުން ކިހިނެއް ހަދާނީ؟
މި ވަގުތައް އެންމެ މުހިންމީ ލޮކްޑައުނައްވުރެ އިންޑިޔާއިން ޓޫރިންޓުން މި ގައުމައް އެތެރެވުން ބަންދު ކުރުން.ސަރުކާރުން މިކަމައް އަވަސް ފިޔަވަޅެއް ނާޅައިފިނަމަ ރައްޔިތުން ޖެހޭނެ ހާލަކީ މިސާލަކައް މިއަދު އިންޑިޔާއައް ޖެހިފަވާ ހާލު...އަޅުގަޑުމެން މިސަރުކާރައް ހުރި ލޯއްބާ،ކުލުނު އިތުބާރު ނުކެޑެނީސް މިހައްލު ގެނެސް ދެއްވާ...