ކޮވިޑް-19 ޖެހިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުން އިތުރުވެ، މިހާރު މާލެ ސަރަހަައްދުގެ 70 އިންސައްތަ އެނދުތައް ފުރިފައިވާ ކަަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ހާމަ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރް ވިދާޅުވީ، މިހާރު މާލެ ސަރަހައްދުގައި ހުރީ 293 އެނދު ކަމަށާއި،އަދި މިހާރު 80% އެނދުތައް ފުރިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ކްލިނިކަލް އެޑްވައިޒަރީ ޓީމްގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި އައިސީޔޫ އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި ކަމަށެވެ. އަދި މިިއަދު މެންދުރު ފަހު އެއް ބަލި މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރުމާއެކު އައިސީޔޫގައި ހުހަށް ހުރީ އެއް އެެނދުކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު އައިސީޔޫގައި ފަރުވާދެމުންދާ ބަލި މީހުންގެ ތެރެއިން 65% މީހުުންނަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

"އެއީ ކުރިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މަތީ އުމުުރުގެ މީހުން ސީރިއަސް ހާލަތްތަކުގައި އުޅޭކަން، އެހެން ނަމަވެސް މި އައި ސާޖާއެކު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ޒުވާނުންވެސް މީގެ ތެރޭގައި ސީރިއަސް ހާލަތަށް ދާކަން".

އަދި އެ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިން ދީފައި ނުވާ މީހުން ކަމަށް ޑރ. މުހައްމަދު ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ވެކްސިން ޖަހާފައި ވަނީ ތިން ފަރާތްކަމަށާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އެކަކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން ވެކްސިން ދެ ޑޯޒް ޖެހި ފަރާތް ވެންޓިލޭޓަރަށް ލުމަށްފަހު ފަހުން، ވަނީ އޭގެން ނަގާފައި، ދެވަނަ މީހާ އިރާދަކުރެއްވީތީ ވެންޓިލޭޓަރަކަށް ލާކަށް ނުޖެހޭ".

އަދި އެތަނުގައި ފަރުވާދެމުންދާ މީހުން ތެރޭގައި މާބަނޑު ދެ މީހެއްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ދެ މީހަކުވެސް ސީރިއަސް ހާލަތުގައި އައިސީޔޫގައި އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު