ހުޅުމާލޭ ހޮސްޕިޓަލްގައި ރޭ މީހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
02:32 އާދަމް ނަވާޒް

ހުޅުމާލޭގައި ހުންނަ އަމީން ކޮންސްޓްރަކްޝަންގެ އިމާރާތެއްގައި އަލިފާން ރޯވެ 22 މީހަކަށް އަނިޔާވެއްޖެ. އަލިފާނުގެ ހާދިސާ ހިނގީ މިރޭ 00:30 ހާއިރު. އަލިފާން ރޯވި އިމާރާތަކީ ތިން ބުރިއަށް ހަދާފައި ހުރި އިމާރާތެއް. އެއިމާރާތުގެ ތިރީބުރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައި. އިމާރާތުގެ މަތީ ދެބުރި ބޭނުން ކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި. އަލިފާން ކޮންޓްރޯލް ކުރެވުނީ 01:45 ހާއިރު.

އަލިފާނުގެ ހާދިސާގައި އަނިޔާވި 22 މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައި. އޭގެތޭރޭގައި ހިމެނެނީ ފިހުނު މީހުންނާއި އަލިފާން ރޯވުމުން އިމާރާތުގެ މަތިން ފުންމާލުމުގެ ސަބަބުން ތަންތަން ބިނދުނު މީހުން. މިހާދިސާގައި އަނިޔާވި އެންމެންނަކީ ވެސް ބިދޭސީން.

02:25 އާދަމް ނަވާޒް

އަމީން ކޮންސްޓްރަކްޝަން އިން ބުނީ އިމާރާތުގެ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތުގެ ތިރީ ބުރީގައި ގިނައިން ހުންނާނީ ފްލެޓުގެ މަސައްކަތަށް ބޭނުންވާ އެލުމެނިއަމް ކަމަށް. ގުދަނުގައި ހުރި ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ނުވާ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދޭ. އަމީން ކޮންސްޓްރަކްޝަން އިން ބުނާ ގޮތުގައި ގުދަނުގެ ސްޓާފް ކުއާޓާޒްގައި އުޅޭނީ ހުޅުމާލޭގައި މިހާރު އެ ކުންފުނިން އިމާރާތްކުރާ 300 ފްލެޓްގެ ކަންކަމާ ހަވާލުވެ ތިބި ބިދޭސީ ސީނިއާ މުވައްޒަފުން.

02:22 އާދަމް ނަވާޒް

އިތުރު ފަރުވާ އަށް މާލެ ގެނައި މީހުންގެ އަދަދު ނުވައަކަށް އަރައިފި.

02:18 އާދަމް ނަވާޒް

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް މީހުންނާއި އިންޑިއާ މީހުން.

02:16 އާދަމް ނަވާޒް

މާލެ ގެނައި މީހުންގެ ތެރޭގައި ފިހުނު މީހުންނާއި އެކި ތަންތަން ބިނދުނު މީހުން ވެސް ހިމެނޭ. އަނިޔާވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނޭ.

02:11 އާދަމް ނަވާޒް

އިތުރު ފަރުވާ އަށް ހަތް މީހަކު މާލެ ގެނެސްފި.

01:54 އާދަމް ނަވާޒް

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް 30 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

01:43 އާދަމް ނަވާޒް

އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އެނގިފައިވާ ގޮތުގައި އަދިވެސް އަލިފާން ރޯވި އިމާރާތުން ވަރަށް ބޮޑަށް ދަނީ ދުން އަރަމުން.

01:43 އާދަމް ނަވާޒް

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އަލިފާން ކޮންޓްރޯލް ކުރަން އެއާޕޯޓްގެ އަލިފާން ނިއްވާ މީހުންގެ އެހީތެރިކަން ލިބުނު ކަމަށް.

01:41 އާދަމް ނަވާޒް

ހާލު ސީރިއަސް ދެމީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ސީއެނބިއުލެންސްގައި މާލެ ގެނައުމަށް ދަތުރު ކުރަމުން އެބަގެންދޭ.

01:38 އާދަމް ނަވާޒް
އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެނީ – ފޮޓޯ : އަވަސް
އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެނީ – ފޮޓޯ : އަވަސް
01:38 އާދަމް ނަވާޒް
އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެނީ – ފޮޓޯ : އަވަސް
އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެނީ – ފޮޓޯ : އަވަސް
01:36 އާދަމް ނަވާޒް

އަލިފާން ރޯވުމުން ބައެއް މީހުން އިމާރާތުގެ ތިންވަނަ ބުރިން ވެސް ފުންމާލި. އަލިފާން ރޯވީ ތިން ބުރީގެ އިމާރާތެއްގައި. އެއިމާރާތުގެ ތިރީ ބުރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައި. މަތީބުރިތައް ބޭނުން ކުރަނީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި.

01:34 އާދަމް ނަވާޒް

އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނެތް. މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ މުޅިން ވެސް ބިދޭސީންނަށް.

01:32 އާދަމް ނަވާޒް

އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 21 އަށް އަރައިފި ކަމަށް އާސަންދަ އިން ބުނެފި.

01:30 އާދަމް ނަވާޒް

ޕީއެސްއެމް އިން ބުނާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމް ފުރިގެން ހޮސްޕިޓަލްގެ އެކި ތަންތަނުގައި ދަނީ މީހުންނަށް ފަރުވާ ދެމުން. އެނގިފައިވާ ގޮތުގައި އަދިވެސް ހޮސްޕިޓަލަށް އިތުރު މީހުން އެބަގެންދޭ.

01:28 އާދަމް ނަވާޒް

ތިން ކްރޭން ބޭނުން ކޮށްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.

01:28 އާދަމް ނަވާޒް

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ދަމާސްގެ ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވި ނަމަވެސް އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ކުރިން އެގޮތައް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށާއި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އަމީންގެ ގުދަނެއްގައި ކަމަށް.

01:25 އާދަމް ނަވާޒް

އަލިފާނުގެ ހާދިސާގައި އަނިޔާވެގެން މިހާތަނަށް 18 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ކަށަވަރު ކޮށްދީފި.

01:24 އާދަމް ނަވާޒް

ހުޅުމާލޭ ހޮސްޕިޓަލްގެ ދެ ފްލޯއެއްގައި ދަނީ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން.

01:21 އާދަމް ނަވާޒް

ޕީއެސްއެމްއަށް މައުލޫމާތު ދެމުން ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ފަސް މީހުން ކަމަށް. އޭގެތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވެސް މައުލޫމާތު ދިން. ދެވަނަ ބުރުގައި ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ ފަހުން ވެސް އިތުރު މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނޭ. ނަމަވެސް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ މީހުންގެ ޖުމްލަ އަދަދު އަދި ސާފުނުވާ ކަމަށް ހޮސްޕިޓަލުން ބުނޭ.

01:18 އާދަމް ނަވާޒް

އަލިފާން ރޯވީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށް ވެސް މައުލޫމާތު އެބަލިބޭ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށެއް ނުދޭ.

01:17 އާދަމް ނަވާޒް

ކްރޭން ބޭނުން ކޮށްގެން އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބޭ.

01:10 އާދަމް ނަވާޒް
އަނިޔާވި ބައެއް މީހުން އެނބިއުލެންސް އަށް އަރުވަނީ
އަނިޔާވި ބައެއް މީހުން އެނބިއުލެންސް އަށް އަރުވަނީ
01:06 އާދަމް ނަވާޒް

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވަނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަން ކަށަވަރު ކޮށްދީފައި. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވޭ.

01:00 އާދަމް ނަވާޒް

މާލެ އިން ވެސް އަލިފާން ނިއްވާ ސާމާނާއި އެކު ސިފައިން ވަނީ މީގެ އިރުކޮޅެއް ކުރިން ހުޅުމާލެ އަށް ފުރާފައި.

00:58 އާދަމް ނަވާޒް

ކަށަވަރުނުވާ ބައެއް މައުލޫމާތުތައް ބުނާ ގޮތުން އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭތަނުގައި 50 ވަރަކަށް މީހުން ތިބި. ނަމަވެސް މިމައުލޫމާތު އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދޭ.

00:56 އާދަމް ނަވާޒް

ހޮސްޕިޓަލަށް ގެންދިޔަ އެންމެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފިހިގެންނެއް ނޫން. ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދުމުގެ އަސަރު ކޮށްގެން.

00:55 އާދަމް ނަވާޒް

އަނިޔާވި މީހުން އުފުލަމުން ގެންދަނީ ދެއެނބިއުލެންސާއި ފުލުހުންގެ ވެހިކަލަކާއި އެމްއެންޑީއެފްގެ ވެހިކަލެއްގައި.

00:54 އާދަމް ނަވާޒް

"ވަގުތަށް" އެނގިފައިވާ ގޮތުން އަލިފާނުގެ ހާދިސާގައި ފިހުނު 20 މީހަކު މިހާތަނަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި.

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި އަލިފާން ރޯވެ ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް 10 މީހަކު ވަނީ ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހޮސްޕިޓަލަށް މީހުން އުފުލުގައި ތިން އެނބިއުލެންސް ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުމާލޭ އިންޑަަސްޓްރިއަލް ޒޯންގައި ހުންނަ "ދަމާސް" ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ކޮންޓްރޯލް ނުވެ އަދިވެސް ދަނީ އަނދަމުންނެވެ. ކްރޭނެއް ބޭނުން ކޮށްގެން ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ތަފްސީލް އަންނަނީ

ADS BY ASTERS

6 ކޮމެންޓް

  1. ލީގަލް ކޮންސަލްޓެންސީ

    އިންޑަސްޓްރިއަލް ޒޯނަކަށްވީ، އެސަރަޙައްދުގައި ވިޔަފާރި ވެރިންގެ ނަމުގައި ބޮޑެތި ބިންތައްނަގައި އެކަކު އަނެކަކަށް އެއްބަޔަކު އަނެއް ބަޔަކަށް ކުއްޔަށްދީ ތަފާތު ގިންތިތަކާއި ފަންތިތަކުގައި ބިދޭސީ ކިއްލާތަކައި ދޭސީންގެ ކިއްލާތައް ޤާއިމުކުރެވޭ ތަނަކަށް އެތަންތަން ވާތީއެވެ. އެބަހީ، އެއީ އިންޑަސްޓްރިއަލް ޒޯނެއްނަމަ، ވޭތުވެދިޔަ އަހަރުތަކާއި މައްސަރުތަކާއި ދުވަސްތަކުގެ ތެރޭގައި އެސަރަޙައްދު އޮންނާނީ އިންޑަސްޓްރިއަލް ޒޯނަކަށްވެފައެވެ. މިކަންކަން މިހާ ދަށުދަރައަކަށް ވެއްޓިފައިވަނީ، ހުޅުމާލޭގައި މިބާވަތުގެ ކަންކަމަށް ދެވޭ އަޅާލުން ކުޑަވުމުންނެވެ. މިހިނދުން މިހިނދަށް އެކަށީގެންވާ ސާވޭއެއް ހެދިނަމަވެސް، މިބަހުގެ ޙަޤީޤަތް ހާމަވާނެއެވެ.

  2. ދަތުރުކުރާމީހަ

    މިހުންނަނީ ވިސްނާފިކުރުކުރަންޖެހޭކަންތައް މިފަދަކަންކަްން ދިމާވުވުން ފައިބާނެ އމަޖެންސީ ވަލެއް އެންމެކުދަމިނު އޮންނަނަމަ ވަރައްސަޅިވާވެ.. އިގިރޭސިންބުނާނަމަ މަންކީ ލެޑަރެއް އޮތުން އެދވިގެންވޭ...

  3. އޮގަސްޓް 5 ވަނަ ދުވަހު ހަވީރު އެކުވެނި އެއްނަންބަރ ދަނޑުގައި އެއްމިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދުކޮށްފަ އިވެންޓެއް ބޭއްވުނު، އެކަމު ހޮސްޕިޓަލުގަ މީހުން ތިބޭނެ ގޮތެއްނެތް؟

  4. އަނިޔާވި ހުރިހާބޭފުޅުންނަށް އަވަސް ސިފާއަކަށް އެދެން

  5. ހުޅުމާލެ ހޮސްޕިޓަލް ސްޓާފުން މިހާރު ތިބޭނެ ބޮލުން ދުން އަރަ އަރާ...ކެއާލެސް ޕީޕްލް

  6. ދަމަސްގެ މުއަޒަފުން ނިދަނީ އެތަނުގަ