ރާއްޖެ ފުރަބަންދު ނުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ރާއްޖޭގައި މިހާރު ކޮވިޑްގެ ވޭދަނަތައް ކުރިއަށް ވުރެ އެތައް ގުނައެއް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލް ނުކުރެވޭ ނަމަ ރާއްޖެ ފުރަބަންދު ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

"އެއްވެސް ޔަގީން ކަމެއް ނެތް ހަގީގަތަށް ދަންނަވާނަމަ. އެ ޑިޕެންޑް ވާނީ އަޅުގަނޑުމެންނަށް އެޅިފައި ހުރި ފިޔަވަޅުތަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ވަރަކުން އޭގެ އެފެކްޓިވްނެސް އަށް ޑިޕެންޑް ވާނީ. އިތުރަށް ގޯސްވަންޏާ ލޮކްޑައުންއަކަށް ދާނެ ޖެހިދާނެ. އަދި އެފަދަ ހާލަތެއް އައިސްފިއްޔާ އެކަން ވެސް ކުރާނެ." އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރާއްޖެ ފުރަބަންދު ކުރުމުން އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވެސް ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް އެތައް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމާއި އާއްމު ބައެއް ޚިދުމަތްތައް ހޯދަން ވެސް ވަރަށް ގިނަ ދަތިތަކެއް ދިމާވިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭ އެޗްއީއޯސީ އިން ވަނީ ކޮވިޑް-19 ޖެހިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުން އިތުރުވެ، މިހާރު މާލެ ސަރަހަައްދުގެ 80 އިންސައްތަ އެނދުތައް ފުރިފައިވާ ކަަން ހާމަކޮށްފައެވެ.

އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، މިހާރު މާލެ ސަރަހައްދުގައި ހުރީ 293 އެނދު ކަމަށާއި، އަދި މިހާރު %80 އެނދުތައް ފުރިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި އައިސީޔޫ އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި ކަމަށެވެ. މިިއަދު މެންދުރު ފަހު އެއް ބަލި މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރުމާއެކު އައިސީޔޫގައި ހުހަށް ހުރީ އެއް އެެނދުކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކެތްތެރިވަމާ

  ﷲގެ ހެޔޮ ރަހްމަތާއެކު ދިވެހިރާއްޖެ ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވާނެ. އިރާދަކުރެއްވިއްޔާ ރަމަޟާންމަހުގެ ދުވަސްތައް ނިމުމާއެކު މިކަމުން އަރައިގަނެވޭނެ. ހީވާގޮތުގައި ކޮވިޑް ކޭސްތައް މިހާރު މައްޗަށް މިދަނީ ލައިފްސްޓައިލަށް އައިސްފައިވާ ބަދަލާއެކު ރޭގަނޑު ގިނަ ބަޔަކު ހޭލާ އުޅުމުން ހަށިހެޔޮކަމަށް އައިސްފައިވާ ބަދަލުގެ ސަބަބުންނާއި ފިނި ބުއިންތައް ގިނައިން ބޯތީ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބައިގެން ކިޔަމަންތެރިކަމާއެކު އަމިއްލަ ރައްކާތެރިކަމަށް ބަލައިގެން އުޅޭނަމަ މިހާރުވެސް މަދުވާން ފަށާނެ. ބަސްއަހާ ކިޔަމަންތެރި ބަޔަކަށް ވަމާ ހިންގަވާ!

  50
  7
 2. އުސްމާނުބެ

  ފުރަބަންދު ކުރާކައް ނުވާނެ ނަމަނަމަ ، އަދި މަޑުކޮއްލާ އަދި ދުވާލަކު 2 ނުވަތަ 3 ހަސް ވަންދެން ، އޭރުން އެކަމާ ވިސްނާނީ..... ވާނެކަމެއް ވެނިމުނީމަ ފިޔަވާޅު އަޅައިގެން ކޮންކަމެއް ވާނީ.... އެންމެނައްވެސް ދަތިވާނެ... އެކަމަކު މުހިންމީ މިވަގުތުވެެސް ދުނިޔެ ބަޓަރާ ޖޭމް ޖަހައިގެން ކާން އިނުންތޯ ނުވަތަ ފުރާނަ ސަލާމަތް ކުރަން އުޅުންތޯ... ފުލުހުންވެސް ތިޔަ އިސްޓިކާ ސައިކަލްގަ ޖަހާހެއް ރަގަޅައް މާސްނާޅާ ގަވައިދައް ނޫޅޭން މީހުންނައް އިސްޓިކާ ދިނުން ބަދަލުކޮއްލަން ފެނޭ މިދުވަސް ކޮޅައް

  34
  8
 3. ީއިލްތިމަަސް

  ކީއްވެތޯ ފުރަބަންދަކަޢް ނުދެވެންވީ ސަރުކާރަށް ގޮތްހުސްވީ ނަމަ އެއްކައިރިއަށް ޖެހިލަންވީނޫންތޯ

  34
  7
 4. ދިލްބަހާރު

  މަބުރޫކުވެސް ސަރުކާރުންވެސް މޮޅުވާހަކަ ދައްކާނެ ކަމެއްނެތް. ޑޮކްޓަރުން އަދި އާމުން ކިޔަ ކިޔާ އޮއްވާ އިންތހިބާނުގެ ދަހިވެތި ކަމުގަ ވޯޓްލާން ރައްރަށައް 48 ގަޑިއިރައް ދޫކުރިއިރު ހިތަކަށް ނާރާތަ އެއްޗެއް. ކަލޭމެން ގޯސްހެދީ ރަނގަޅައް އެއްވެސް ކަމެއްކުރެވޭތަ؟؟؟

  53
  5
 5. ހާޝިމް

  ލޮކްޑައުންކޮށްފިއްޔާ މުޒާހަރާވެސް ކުރާނަން... ވޯޓޭ ކިޔަައިގެ ބަލިފެތުރީ.... ވަކިވަރަކަށް ކެތްކުރެވޭނީ.. ދެ ޑޯސް ވެކްސިން ޖަހުވާފަ ލުއިވެސް ނުދިން.. ހުސް މަކަރުހެދީ

  8
  6
 6. މޮހޮދު

  ވީހާވެސް އަވަހަށް ލޮކްޑައުންއަކަށް ދިއުމަށް ގޮވާލަން. މީ އަދި ފެށުން ކުރިޔައްއޮތްތަން ބިރުބޮޑު. މިކަހަލަ ގޮތްދޫނުކުރާ ވެރިން ތިބި ގައުމުތައް މިހާތަނަށް ބޮޑުވަރުވެފައޮތީ. މީހުތަކެއްގެ ފުރާނަ އިނގޭ ތިގެއްލުވާލަނީ.

  14
  2
 7. އޮޅުވާލި ވޯޓު

  އިންދިއާ ޔައަވުރެ ހާލުދްށަ ދިއާމަވެސް މިބުންނީ އަދިވެސް ވިސްންނީޔޯ ދެންކިހާދެރަކްމެ

 8. ވަސް

  ފުރަބަންދު ނުކުރިޔަސް ރޭގަނޑު ގެ ވަގުުތުތައް އެބަޖެހޭ ކާރފިއު ހިންގަން. އަދޖ ދުވާލުގަޑީގައި މަސައްކަތް ކުރުން ގެޔައް ބަދަލު ކުރެވެން ހުރި އޮފީސްތައް އެގޮތައް ބަދަލު ކޮއްފަ ލޭބަރ މަސައްކަތް ކުރާ ޒާތު ވޯކްޝޮޕްފަދަ ތަންތަން އެބަޖެހޭ ޚާއަސް ޕުރޮޓޮކޯލް ތައާރަފް ކުރަން. އަދި ވަކި ސަބަބަކާއި ނުލާ މަގުމަތީގައި ދުވާލު ނޫޅެވޭގޮތައްވެސް ހަދަން އެބަޖެހޭ. މި ކަންކަން މަދުވެގެން 3 ހަފްތާވަރު އިމްޕުލިމެންޓުކޮއްފަ ވޭދަނަ ތަކައް ވާގޮތްބަލާފައި އިތުރު ފިޔަވަޅު އަޅަން ނުވަތަ ލުއިތައް ދޭނީ. އަދި ހަމަ މިދުވަސް ކޮޅު ވެކްސީންގެ ދެވަނަ ޑޯޒް ނެތް ފަރާތްތަކައް އަވަހައް އެޑޯޒްތައް ފުރިހަމަ ކުރުމަށް މަގުފަހި ކުރަން ޖެހޭ. އެގޮތުން މީހުން ތޮއް ނުޖެހޭނެ ގޮތަކައް ގިނަ ތަންތާގައި ވެކްސީން ޖަހާދިނުމުގެ ޚިދުމަތް ހަދާގެން ޕޯޓަލްއަކުން ނަންބަރު ދޫކޮއްގެން ވެކްސީން ޖެހުން ކުރިޔައް ގެންދަންޖެހޭ. އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާން ކާރިވެފައިތިބި އެންމެންނައް ޚާއްސަ އިސްކަމެއް ދީގެން ވެކްސީން ޖަހުވަންޖެހޭ. އެހެން ނޫނީ އަލުން ފުރަތަމަ ޑޯޒް ގިނަބަޔަކައް ދޭންޖެހިދާނެ. އަދި ވެކްސީންގެ ބާރު ކުޑަވެދާނެ. އަދި ސެނެޠައިޒާ ފުޅި މަގުމަތީގައި އެކިތަންތާގައިވެސް ގާއިމް ކުރަން ޖެހޭ. އޮޓޮމެޓިކުން ސުޕރޭ ވާގޮތައް. އަދި ގެއިން ބޭރައް ދާނަމަ އަތައް ރަބަރު އަންގި ލައްވައިގެން.ދާންޖެހޭ ގޮތައް ހަދައި ސާޖިކަލް އަންގި ހިލޭ ގިނަ މީހުންނައް ބަހަންޖެހޭ.

  12
  1
  • ވޯޓޭ

   ބޮޑު ބިޔަ ސަރުކާރަކަށް ނުވިސްނޭ ނޭނގޭ ވަރަށް ވަސް އެކަނިވެސް އެބަ ވިސްނަވާ. ސަރުކާ ފެއިލް އޭ ނުކިޔާ ތިބެވިދާނެ ދެރަވެދާނެތީ. އަސްލު ފެއިލް.

 9. ނަންނުގަތި

  އެންމެ 250 އެދޯ މާލޭގައިނީ ކީކޭދެންބުނާނީ🤭

  8
  1
 10. ރައްޔިތުމީހާ

  ކޮބާ ހާހުންމަތިވީމަ ސޯލިހު ރޯތަނެއްނުފެނޭ. ކިހިނެއްމިވަނީ . ހުސްދެއްކުންތެރިކަން. ނުބައި ނުލަފާ ވެރިއެއްމިހިރީ ލިބިފަ. ލޮކްޑައުންކުރާނެކަމެއްވެސް ނެއް. އިންޑިއާމީހުންމިތަނަށް އައުން ނަމަނަމަ މަނާނުކުރާތި. އަޅުވެތިވިއަސްމީ ބޮޑުވަރު

 11. ރައްޔިތުމީހާ

  ކައުންސިލް އިންތިޙާބަށްފަހު މިހާރު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެލް.ޖީއޭ އިން މިވަނީ އަންގާފަ. ބަލިފެތުރޭނެ ހުރިހާ ދޮރެއް ހުޅުވަނީ. އިގްތިޞާދު އަޑި އަޅާއިރުވެސް ބޮޑު މުސާރަދީފަ އިތުރު ކައުންސިލަރުންތައް ނެރެވޭތޯ ސަރުކާރުން މިބަލަނީ

 12. ޜަށުމީހާ

  ރައިސް އިސްތިއުފާ..ކެބިނެޓް އިސްތިއުފާ...
  އޭރުން މިކަމުން ސަލާމަތްވެދާނެ...

 13. ނައީމް

  ފުރަބަންދު ކުރުމުން މަގޭ ވަޒީފާ ގެއްލި ހަޔާތުގައި މަ ނުޖެހޭ ހާލެއްގައި ޖެހުނު! ކަލޭމެން ދެން ފުރަބަންދު ކޮށްފިނަމަ މަށާ އެއްފަދައިން އަނެއްކާވެސް ވަޒީފާ ގެއްލި މަގުމަތިވާނެ އެތަކެއް ބަޔެއް ތިބޭނެ. ކަލޭމެންނަށް ފައިސާ ޗާޕުކޮށްގެންވެސް މުސާރަ ލިބޭނެ!! ހަދާންކުރާތި!!! ކަލޭމެން އަމިއްލައަށް ލުއިތައް އިންތިހާބާއި ދިމާކޮށް ހެދީމަ މިހެންވީ!! ދެން ފުރަބަންދުކޮށްފިޔާމުން ކަލޭމެންގެ ވެރިކަން ވައްޓާލާނަން!!

 14. ކަޅުމަންޖެ

  ކަލޯ ކަލޯމެން ވޯޓްގެ ދަހިވެތި ކަމުގަ ރައްޔަތުން ނުރައްކަލުގެ ތެރެއަށް ވެއްދީ ގަސްދުގަ. މިހާރު ދެން ވެސް އަނގަ ދިގުނުކޮއް އިންޱިއާއިން ބަލިފަތުރަން މީހުން ގެނައުން ހުއްޓަބަލެ މޯދީ ބޭބެ ނުރުހުނަސް.ގައުމު ހިންގަން ނޭގެންޏާ އަނގޭ ބަޔަކާ ހަވާލު ކޮއްފަ މި ތަނުން ފެއްސިގެން ދާއުޅެބެލެ . ރައްޔަތުންނަށް ދުއްތުރާނުޖައްސަ.

 15. ހުދު ހުދު

  މިގައުމުގެ ހާލަތު ގޯސް. މިހެން މި ވީ އެއްމެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓޯލް ކުރަން މަސައްކަތް ކުރަން ނޭގުނީމަ. ދެން ލޮކްޑައުން ކުރަން ޖެހޭނަމަ އެއީ އެޗްޕީއޭ ފެއިލް ވި ކަމުގެ ހެކި.

 16. ޒިޔާ

  ދުވާލަކު 100 މީހުން މަރުވީމާ ރަގަޅު ސަރުކާރު ހެޕީ