މާލޭ ސިޓީ ކައުންސިލުގެ 5 އަހަރުގެ ދައުރުގައި ރައްޔިތުންނަށް ތަފާތު ދައްކައިދޭނެ އެދެވޭ ޚިދުމަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި އެކު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވާނެ ކަން ވިލިމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު ނަހުލާ އަލީ ވަނީ އިއުލާން ކުރައްވާފައެވެ.

ހުޅުވާލެވިފައިވާ ސިޓީއެއް މިއަދު ނަހުލާ އެކަމަނާގެ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާއިރު އެކަމަނާ ވަނީ ޑެޕިއުޓީ މޭޔަރަކަށް އަންހެން ބޭފުޅަކު އައްޔަނު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ނަހުލާގެ މެސެޖްގައި ވިދާޅުވީ ޙަޤީޤީ ޑިމޮކްރަސީގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް ސިޔާސީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް މަސައްކަތުގެ މާޙައުލުގައި ހަމަހަމަ ބަޔަކަށް ހެދުން އެއީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އިތުރު ވިދާޅުވީ ލާމަޒުކަރީ ޤާނޫނުގެ ދަށުން އިންތިޚާބު ކުރެވޭ ކައުންސިލްތަކުގައި އަންހެނުންގެ ދައުރުވެސް އޮންނަ ގޮތުގެމަތިން ވަކި ޢަދަދެއްގެ ގޮނޑިތަކެއް އަންހެނުންނަށް ޚާއްޞަ ކުރެވިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާލޭ ސިޓީ އަށް (މޭޔަރާއިއެކު) ކަނޑައެޅިފައިވާ 19 ގޮނޑީގެ ތެރެއިން، 18 ގޮނޑިއަށް 08 އަންހެނުން އިންތިޚާބް ވެގެންދިޔަކަމީ އަންހެނުން ބާރުވެރި ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ހުއްޓުމެއްނެތި ކުރައްވަމުން އަންނަ މަސައްކަތް ރާއްޖޭގެ ރައްޔިތުން އުފަލާއިއެކު ބަލައިގެންފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

18 ކައުންސިލަރުންގެ ތެރެއިން 8 ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށްވީހިނދު، ދެ ޖިންސަށް ހަމަހަމަ ފުރުޞަތާއި ބާރުވެރިކަން ލިބޭނެ ގޮތަށް މާލެ ސިޓީ ކައުންސިލްގެ އެންމެ އިސް ދެ މަޤާމުގައި ފިރިހެނަކާއި އަންހެނަކު ތިބޭގޮތުގެ މަތިން ޑެޕިއުޓީ މޭޔަރުކަމަށް އަންހެނަކު ޢައްޔަން ކުރުމަކީ، ހަޤީގީ ޑިމޮކްރަސީ އަށް ލޯބި ކުރައްވާ ފަރާތްތަކުން ބޭނުންފުޅު ވާނެ ގޮތް ކަމުގައި ނަހުލާ ގަބޫލުފުޅު ކުރައްވާ ކަމަށް މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ކައުންސިލްގެ މާލޭސިޓީގެ މޭޔަރުގެ މަޤާމުގައާއި، ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ދެޖިންސުގެ ދެބޭފުޅުން ތިއްބެވި ފަދައިން، ކުރިއަށް އޮތް 5 އަހަރުގެ ދައުރުގައި ވެސް ކައުންސިލްގެ ލީޑާރޝިޕްގައި ޖިންސީ ހަމަހަމަކަން އޮތުމަކީ މުހިންމު ކަމެއްކަން ނަހުލާ ފާހަގަ ކުރެއްވި އެވެ.

ނަހުލާގެ މެސެޖްގައި ވިދާޅުވީ މޭޔަރާއެކު އިންތިޚާބު ވެފައިވާ 19 ކައުންސިލަރުންގެ ތެރެއިން އޭނާއަކީ ޢިލްމީ ގޮތުން ޤާބިލް އަދި ބިނާކުރަނިވި ޢިލްމީ މަސައްކަތްތަކެއް ކުރެވޭނެ ބޭކަނބަލެއް ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ފިކުރު ތަފާތު ކުރުމެއްނެތި މާލެސިޓީގެ އެންމެހާ ރައްޔިތުންގެ (މާލޭ ދަފްތަރުގައި ތިއްބެވި ފަރާތްތައްވެސް ހިމެނޭ ގޮތަށް) މަސްލަހަތު އިސްކުރައްވާނެ ގާބިލް ބޭފުޅެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ސިޓީ ނިންމަވާލަމުން ވިދާޅުވެފައި ވަނީ އޭނާ އެ މަގާމަށް ކުރިމަތިލީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޕީ.ޕީ.އެމްގެ ޓިކެޓްގައި މާލޭސިޓީ ކައުންސިލަށް އިންތިޚާބުވެފައިވާ އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އަދި އެހެން ޕާޓީތަކުން އިންތިޚާބުވެފައިވާ މެންބަރުންގެ ތާޢީދުގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމަށް ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކެއްގެ ތާއީދު ވެސް އޭނާ އަށް މި ފުރުސަތުގައި މުހިންމުވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް އިން ނަގާފައިވާއިރު މިހާތަނަށް ޑެޕިއުޓީ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަން ރަސްމީކޮށް އިއުލާންކޮށްފައި މިވަނީ ނަހުލާ އެކަންޏެވެ. ކައުންސިލަރުން ހުވާ ކުރުން އޮންނާނީ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މޯޑު

  ތީ ތަންކޮޅެއްބޮޑުވަރު، އިއްޔެ މާޕާޓީވެގެން ނައިބު މޭޔަރައް ވާންހާދަވަރެކޭދޯ ތިހުރީ، އަހަރެމެނައްއެބައެގޭތީ ނަހުލާކަން

  13
  1
 2. ވިސްނާލުމަށް އެދެމޭ

  ތަފާތު ފެނިއްޖެ..ތިކަ މަކާހެދި ޕާޓީތެރެ މުޅިން ފަނިކޮއްފަ ސޯޝަލް މީޑިޔާގަ ހަގުރާ މަކުރަނީ..އުހުދު ހަގުރާ މައިގަ ޢަނީ މާ މުދަލާހެދި ތެޅިގަތްގޮތަށް ނަހުލާ މަގާ މާހެދި ތެޅިފޮޅެނީ..ގާސި މު ނަހުލާކިޔާތީ މިވަރުކުރަނީތަ...ޑޕއަކަށް ނަހުލާ ހޮވު މަކީ ޕޕ މއިން އަޅާނެ އެއްެ ޅައެތި.،ހުރިހާގޮތަކުންވެސް ސުޖާއަށް އެއް މެ ހައްގީ އެ މަގާ މު..އެއީ ކަންކުރެވޭނެ ހިއްވަރުހުރި މީހެއް..ޕޕ މއިން ޑޕ ގެ މަގާ މު ނީލަ މުގަ ވިއްކަން ބޭނުން ނުވަންޏާ ސުޖާ ޙިޔާރު ކުރަންވީ.. މިއީ ލައްކަ ވާހަކަ މާޒީން އިބުރަތްލިބޭ..

 3. ސްޓީލްކޯ

  ކަމަނާގެ ކާރުކޮޅު ޕާކުކުރަނީ ގަވާއިދާ އެއްގޮތަށްތޯ ކޮރަޕްޝަންގެ ކަމެއް ހަމައެއްގޮތަށްވެސް ނެތިތޯ ބަލާފިމީހަކު ތިމަޤާމަށް ކަމަނާ ވައިވެސް ނާޅުވާނެ!

 4. އާކާޝް

  ޕީޕީއެމް/ޕީއެންސީ ގެ މެމްބަރުން، މި ނަހުލާގެ ޢަމަލުކުރަމުން މިގެންދާ ގޮތާއި މެދު ވަރަށް ފުންކޮށް ވިސްނަވާ، މީނާ އަކީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރަހަކަށް ވުން ވަރަށް ގާތްމީހެއް، ޑެޕިއުޓީީ މޭޔަރު ކަމަށް އައުމަށް އެހެން ޕާޓީ ތަކުން ކައުންސިލަށް ހޮވުނު މެމްބަރުން ގެ ތާއީދު ހޯދުމަށް އޭނާ އެދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން، ޑެޕިއުޓީީ މޭޔަރު ކަމަށް ޢައްޔަން ކުރާނެ މީހަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލް ނޫންތޯ؟ޕާޓީ ގެ ވެރިންގެ އަތް އަނބުރާ ލައިގެން ޑެޕިއުޓީީ މޭޔަރު ކަމަށް އައުމަށް ނަހުލާ މަސައްކަތް މިކުރަނީ މިއީ ސީރިއަސް ކޮށް ވިސްނަންޖެހޭ ކަމެއް، މަޤާމުގެ ދަހިވެތިކަން ކުރިއަށް ނެރެ ދެއިރު ދެ ދަޅައަށް ނޫސް ބަޔާން ނެރެ ނޫސްތަކުގައި ޚަބަރު ލިޔެ ހަދަމުން އެގެންދަނީ ޕާޓީ ގެ މަސްލަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން، ތަޢުލީގޮތުން ފާސް ގިނަ ކޮންމެ މީހަކީ ކާމިޔާބު ހިންގުންތެރި ޕާޓީ އަށް ވަފާތެރި މީހެއްކަމަށް ނުވެދާނެ، އަދި ތަޢުލީމީ ގިނަ ފާސްތައް ނެތް ކޮންމެމީހާއަކީ ޕާޓީ އަށް ފައިދާހުރި ވަފާތެރި އަކަސް ވެދާނެ، މަޤާމަށް ދަހިވެތިވެ އަމިއްލައަށް މަވަރުގެ ތަޢުލީމީ މީހެއްނެތް ކަމަށް ހެދިގެން އުޅުމަކީ ވަރަށް ލަދު ހުތުރު ކަމެއް، ޢިލްމު ޙާޞިލްކޮށްގެން ތިބޭ ފަރާތްތަކުގައި އަޚުލާގާއި ކެތްތެރިކަމާއި އެހެން މީހުންނަށް އިޙުތިރާމް ކުރުން ހުންނަންވާނެ، އެހެން މީހުން ނުކިޔަވާ ތިބި ކަމަށް ދައްކާކަށް ނޫޅޭނެ،

  8
  1
 5. ޑޯޜާ

  މީ ނަ އަކީ ގޮނޑުދޮށަށް ބީއްސާލާ ރާޅާ އެކު ކައިރިވާ މަޅުގަނޑެއް، އަދި އޮއެ ވަރުގަ ދަމާލާ ގަޑީގަ އެއާ އެކީ ދުރަށް ދާ މީހެއް.

  10
 6. މޭ ޔަރު

  ނަހުލާ އަށް މޭޔަރު ކަން ކުރެވޭނެ ޤާބިލު ކަން ވެސް އެބަހުރި ކަން އނގޭތަ؟

  3
  5
 7. މަހީލް

  ތަފާތު ދައްކަން ބޭނުންނަމަ ފުރަތަމަވެސް ބުރުގާ އަޅުއްވާށެވެ. އިސްލާމީ ރިވެތި ހެދުން ތުރުކުރައްވައި މަސައްކަތް ފަށްޓަވާށެވެ. އޭރުން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ.

 8. ވގ

  ތިބުނާ ޕޕ ކިޔާޕާޓީޔޯ އިސްލާމް ދީނައްޓަކާ ގައުމައްޓަކާ މަސައްކަތް ކުރަނީ އިސްލާމް ދީނުގަ އަންހެނުން ތިބޭނީ ހިޖާބް ވެގެންނޭ ބުނާތީ އަހަން

 9. ޏ

  ނަހުލާ ނުހުވޭނެ އިރާދަ ކުރެއްވިއްޔާ

 10. ޟބނވ

  ނަހުލާ ނޮހޮވޭނެ އިރާދަކުރެންވިއްޔާ.

 11. ރިޝް

  އެއްޗެތިނުކިޔާ! ނަޙްލާވެސް ހަަމަ ބަރާބަރުވާނެ! އަދި ޝުޖާވެސް ބަރާވަރުވާނެ! އެކަކަށްތާ ވޯޓުދެވޭނީ؟ އެކަކުތާ ހޮވޭނީވެސް!!!! އެކަމަށް ޝަވްޤުހުންނަބަޔަކު އެކަމަކަށް ކުރިމަތިލަންވީ! ކެމްޕެއިންވެސްކުރަންވީ! ކެމްޕެއިންގައި ހަމައެކަނި ނުކުރަންވީ ކަމަކީ ވާދަވެރިޔާގެ ނާޤާބިލްވާހަކަ ނުދައްކަންވީ! ހަމައެކަނި ކުރަންވީކަމަކީ ތިމާމީހާ ހޮވަންޖެހޭ ސަބަބު ކިޔައިދެންވީ! ވޯޓުދޭބަޔަކު ވޯޓުދިނީމާ ހޮވޭމީހާގެފަހަތުގައި ނުހޮވޭމީހާވެސް ހުންނަންވީ! ނިމުނީ

 12. Anonymous

  ވަރައް ތަފާތުވާނެ އަސްލު ފެނުމާ މޭކަޕު ކޮއްފަ ފެނުމާވެސް ހެހެހެ

 13. ޒަރީ

  މޫނު މަތީގައި ދިހަ ބުރީގެ ފައުންޑޭސަން އަޅައިގެން އުޅޭ އަންހެނުންނައް އިތުބާރު ކުރަން ދަތި. އެއީ ހުރިހާވައްތަރެއްގެ އިތުބާރު އެކުލެވޭގޮތައް މި ބުނީ.

 14. ޢާި

  ކުފޫ ހަމަވާ މީހެއްނޫން. މީ

 15. ސުންކޫ

  ޕާޓީ ގެ މަޝްވަރާ މަޖިލީހުން ނިއްމަންވާނީ ޑެޕިއުޓީީ މޭޔަރު ކަމަށް ޢައްޔަން ކުރާނެ ފަރާތެއް އެއީ ސިޔާސި ގޮތުން ހުރި ގޮންޖެހުން ތަކާއި ޕާޓީ ގެ މުސްތަޤު ބަލަށް ވިސްނާ އެންމެ ޕާޓީ އަށް ފައިދާހުރި ގޮތަކަށް ނިއްމަނީ ކޮންމެހެން އެ ފަރާތަކީ ޢިލްމު ވެރިއަކަށް ވާކަށް ނުޖެހޭ، މިއީ ސިޔާސީ މަޤާމެއް، ވަރަށް ސާބިތުވާންޖެހޭ މަޤާމެއް.

 16. ޢަހުމަދު އަލީ

  ގިނަ ގޮތްގޮތަށް ބަލާއިރު ޑެޕިޔުޓީ މޭޔަރ އަކަށް އެންމެ ކަމުދަނީ ޝުޖާއު.