ކޮވިޑް-19 ފެތުރެމުންދާ ދެރަށް ކަމަށްވާ ލ.ގަމާއި އދ.މާމިގިލީގައި މިރެއިން ފެށިގެން ކާފިއު އިއުލާންކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން ނިންމާ، އެކަން އާއްމުކޮށް އިއުލާން ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނެރުއްވި އެންގެވުމެއްގައި ވިދާޅުވީ މިދެރަށުގައި ވެސް ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. ގަމުގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވެސް މިރޭ ވަނީ އަންގާފައެވެ.

ގަމާއި މާމިގިލީގައި ވެސް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ދެރަށުގައި ވެސް ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށް ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން ހިމެނެއެވެ. އަދި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ.

ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގާފައެވެ. ނަމަވެސް މީގެ ތެރޭގައި، ޓޭކްއަވޭއާއި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

ސިފައިންނާއި ފުލުހުންނާއި ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެންބިއުލަންސާއި، ލ.ގަމާއި އދ.މާމިގިލީގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކުގެ މައްޗަކަށް މިއުސޫލު ނުހިނގާނެ ކަމަށް ވެސް މިރޭގެ އެންގުމުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަޒިއްޔާ

  މައި މޫނާ ރަށަކަށް ގޮތެއްތަ މި އޮންނަނީ ނައިފަރުގަ ހަވީރު 4:00ން ރޭގަނޑު 4:00އަށް ހިގާފަ އުޅުންވެސް މަނާ. ކޮން މެ ފަހަރަކު ޕޯޓެލްއަށް މެސެޖު ކޮއްގެން ނަ މާދަށްވެސް ދެވެނިީ ވަކި މީހަކަށް ވަކިގޮތެއްނުހަދާބަލަ. ހުރިހާއެން ނަށް ހަ މަަހަ މަވެބަލާ.

  4
  2
 2. މާމިގިލީ މީހާ

  ވަރަށް ހަލުވިކަމާ އެކު ބާރަށް، މާމިގިލީގަ މިބަލި އެބަ ފެތުރޭ. އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލް ނަގާދޭން އާދޭސްކޮއް ސިއްހީ މަރުކަޒުގެ ޓާސްފޯހުގަ އެދުނީމާ ނުވެސް އާދޭ. ވަރަށް ދެރަ ކަމެއް މީ.

  • ނަވާރާ

   އެއީ މި ސަރުކާރުގެ ހާއްސަކަމަކީ. އާއްމު ރައްޔިތުން ހިތްފުރެންދެން ފޮނިކަޑާނެ ދެން ތިބޭނެ ރައްޔިތުން ހަނާވާާިއިރުވެސް ހެވިފަ. އަޅައެއްނުލާނެ. ތިޔަހެން ނުހައްދަވާ ރައީސް... އާދޭސް ކުރަން.

 3. މާމިގިލި

  މާމިގިލީގައި ހަލުވިކާމާއިއެކު ކޮވިޑް ފެތުރެމުންދާއިރު ފިޔަވަޅުތައް މިއަށްވުރެ ހަރުކަށި ކުރުމަށް އެދެން.

 4. މާމިގިލިން

  މާމިގިލީ ގައި ކޮވިޑް ފެތު ރެނީ ބަލިޖެހިފަ ހު ރި މީހާވެސް އުޅެނީ މަގުމަތީގަ އާދައިގެ ރޯގާ އެކޭކިޔާފަ ދެން ނުފެތު ރިހު ރޭ ދޯ