22:43

ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކޮވިޑަށް ފައްސިވެއްޖެ.

20:11

ކޮވިޑް-19އާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ބުދަ ދުވަހުން ފެށިގެން 27 ދުވަހުގެ މުއްދަތަކަށް މެލޭޝިއާ ފުރަބަންދު ކޮށްފި.

19:33

ކަރަންޓީން އާ ހިލާފުވި ދެ މީހަކު އައްޑޫ ސިޓީ ހުޅުމީދޫން ހައްޔަރުކޮށްފި

19:03

މާލެއިން ލ. ފޮނަދޫއަށް ދިޔަ ބޯޓަކުން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:34

އިންޑިއާގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުންް ކަމަށް ބެލެވޭ ހަށިގަނޑުތަކެއް ބިހާރްގެ ގަންގާ ކޯރު ކައިރިއަށް ލައްގަން ފަށައިފި

18:08

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ދެ ހަފްތާގެ މުއްދަތަކަށް ފުރަބަންދު ކުރަން ނިންމާފައިވާކަން "ވަގުތު"އަށް އެނގިއްޖެ.

17:31

ގއ. ކޫއްޑޫގައި ބަނދަރުކުރި މިފްކޯގެ މަސްބޯޓަކުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:26

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސްގެ ގޮތުގައި މިހާތަނަށް 145.08 މިލިއަން ރުފިޔާ ދޫކޮށްފި

16:53

ފިލުމު ''ބޭޖާ ފުރައި 2''، ''ސުވަދޭސް'' ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރ ރާހުލް ވޯރާ ކޮވިޑް-19 ބަލީގައި މަރުވެއްޖެ.

15:46

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ނިލަންދޫއިން އިތުރު 21 މީހަކު ފައްސިވެއްޖެ

15:34

14:55

ކޮވިިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

14:21

ރާއްޖޭގައި ކޮވިޑަށް ފައްސިވެގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ޖެހިގެން ހާލަތު ދެރަވާނެ ކަމަށް ބެލެވޭ މީހުން ބޭތިއްބުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލް، ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި.

14:11

ކ. ގުރައިދޫއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ އަދަދު 11 އަށް އިތުރުވެއްޖެ.

14:09

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

13:57

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:21

ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ.

10:47

މިއީ އުއްމީދު ކަނޑާލާ ފަހަތަށް ޖެހެންވީ ވަގުތެއް ނޫން - ޑރ.މުހައްމަދު އަލީ

10:41

އިންޑިއާ ވޭރިއަންޓަކީ މުޅި ދުނިޔެއަށް އޮތް ބިރެއް - ޑަބްލިއުއެޗްއޯ

10:21

ފުވައްމުލަކުގައި މިހާރު ކޮވިޑް ބަލީގެ 21 މީހުން

09:55

ކޮވިޑް ޖެހިގެން އަންހެނަކު ނިޔާވެއްޖެ.

09:11

ބަލި މީހުންނަށް ޒިޔާރަތް ކުރުން އޭޑީކޭ އިން މަނާކޮށްފި.

00:44

ރާއްޖެ ފުރަބަންދު ނުކުރާނެކަމުގެ ޔަގީންކަމެއް މިހާރު ނެތް: މަބްރޫކް

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އެއްހާސް ހުރަސް ކޮށްފިއެވެ. ވެރިރަށް، މާލެ އިން ކޮވިޑަށް ޓެސްޓް ކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކީ ކޮވިޑަށް ފައްސިވާ މީހަކަށް ވެއްޖެއެވެ. ނަމަވެސް ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމާއި، މާސްކް އެޅުން މަޖުބޫރު ކުރުމާއި، ޕާކްތައް ބަންދުކުރުމާއި، ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގުން ފަދަ ފިޔަވަޅުތައް ފިޔަވައި އިތުރު ފިޔަވަޅެއް އަދި އެޅުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ބިރުގަންނަ ވަރަށް އިތުރުވަމުންނެވެ. ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ބިރާއި ކަންބޮޑުވުން ކޮންމެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ.

ނަމަވެސް ހާއްސަކޮށް މާލޭގެ މަގުމަތިން "ބިރުވެރިކަމެއް ނުފެނެއެވެ." ގިނަ މީހުން މާސްކް ރަނގަޅަށް އެޅުމަށް ސަމާލުކަމެއް ނުދެއެވެ. ފިހާރަތަކާއި މިސްކިތްތަކާއި، ގިނަ ބަޔަކު ޖަމާވެގެން ހިދުމަތް ހޯދަން ޖެހޭ ތަންތަނުގައި ގައިދުރުކަމެއް ނެތެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަދުރޭ

    ޜާއްޖެއައް ކޮވިޑް ފެތުރިބަޔުވެސް ތިބޭނެ ސީސީޓީވީ ކެމެރާތަކުން ނުފެއްނަނަމަ ރާއްޖޭގަހުރި ޓީވީޗެނަލްތަކުން ފެއްނާނެ ޖަލިޔާޖަހަމުން ދުވިތަން ވޯޓައް ދެން އަވައްޓެރި ގައުމުތަކުން މީހުންގެނަސް ކަރަންޓީންކުރަމުން ދިޔަތަން އެތަންތަނުގަ ހުރިކެމެރާތަކުން ހުޅުލޭގަހުރި ކެމެރާތަކުން ފެއްނާނެ މީދިވެހިސަރުކާރަުން އެޅި ފިއަވަޅުތައް މޮޅުކަމުން ރައްޔިތުންނައް ދިމާވިކަމެއް ބަންދުވެސްކުރަނީހުޅުވަނީވެސް އެއްބައެއް ހުރިހާތަކުލީފެއް ބާރެއްނެއް ނިކަމެތިންނައް ފަޒީގެއްލި ވަޒީފަގަ ތިބެމުސާރަނުދެވި ވިއަފާރިތައް ފުނޑެމުންދަނީ މިބަންދުގަވެސް އެތައްބައް ނިކަމެތިވާނެ ބަހާލި ފުލެޓް ގެކޭބަލްކޮޅުވެސް ނުފެނުނު ތަނައްވަދެވޭނު ކަމުގެ އުއްމިދެއްނެތި އަހަރުތަކެއް ނިމިގެންމިދަނީ ގޭބަންދު ރަޝުބަންދުގަ ވަދުވީ ރަޝުބަންދުން ފިލުވާޖީބުފުރާލަދޭން

  2. ދޮހޮއްކޮ

    ބީރައްޓެހި ކުއްޖަކު އައިސް މީހެއްގެ އަމަޔަށް މަންމާއޭ މަންމާއޭ އަސްލީއޭ ކިޔައިގެން ކިތަންމެ ވަރަކަށް ބޯކާލެވޭތޯ އުޅުނަސް އަމިއްލަ ދަރިއަށް އޮންނަ ކުލުނެއް އެމީހަކަށް ނޯންނާނެ. އޮޅިގެން އުޅެވޭއިރުވެސް ނޭގެ

    6
    1
  3. ޕާޓީ ސިސްޓަމް

    އަދިވެސް ވީ ދޮރުން ދޮރަށޭ ކިޔާފަ މަށަށް ވާނޭ ކިޔާފަ އިންތިހާބާ އެއްޗެހި ބާއްވަން. ތިމާވެށްޓަށް ވުރެ ތަރައްޤީ މުހިންމުވީ ގޮތަށް ސިއްޙަތަށް ވުރެ ސިޔާސަތު މުހިންމުވީމަ ވީގޮތް ތިފެނިވަޑައިގަންނަނީ.