ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށާއި މިހާރު ވެސް މަސައްކަތްތައް ޕްލޭން ކުރެއްވުމުގެ މަސައްކަތް އެބަކުރައްވާ ކަމަށް އާއިލާ އިން ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ.އިބްރާހިމް ނާޝިދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދާއި ވަރަށް ރަނގަޅަށް ވާހަކަދެވިއްޖެ ކަމަށެވެ. "ވަރަށް ރަނގަޅަށް އަންނިއާއި ވާހަކަދެއްކިއްޖެ. އަނިޔާތަކުން ރަނގަޅު ވަމުން އަންނަނީ ވަރަށް ރަނގަޅަށް. މިހާރު ވެސް މަސައްކަތުގެ ޕްލޭންތައް ތައްޔާރުކުރެވޭތޯ އުޅުއްވަން ފައްޓަވައި." ނާޝިދު ވިދާޅުވިއެވެ.

https://twitter.com/i_nashid/status/1391597668577599490

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ހުކުރު ވިލޭރޭ ދިން ވަރުގަދަ ނިރުބަވެރި ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުރި ގިނަ އޮޕަރޭޝަންތަކަކަށް ފަހު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ވަމުން އައިނަމަވެސް އަދި ހޮސްޕިޓަލްގައި ކިހައި ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޭނގެއެވެ.

ނަޝީދަށް ހަމަލާދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރު ކުރިއެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ. ނަމަވެސް ހައްޔަރުކުރި ތިން މީހުން ވެސް ވަނީ އެހަމަލާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ކޯޓުގައި ބުނެފައެވެ. ތިން މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި އަދިވެސް އިތުރު ބައެއްގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ފުލުހުން ލަފާކުރެއެވެ. އިތުރު މީހަކު ނުވަތަ ބަޔަކު ހޯދަން ފުލުހުން މިވަގުތު އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް އަންގައި ދިނުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަޝީދު

    މިހާރުވެސް އެމަނިކްފާނުގެ މަސައްކަތް ޕުޅު ފައްޓަވައިފި ނޫންތޯ ބަރާބަރަށް ދެބައުޑުވޭ ބަރާބަރަށް ދޮގުހަދާ ބަރާބަރަށް ފާޑު ފާޑުގެ ސްޓަންޓް ޖައްސާ ރައްޔިތުން ގުނބޯ ހައްދާ .. ފަށާގެން ތިބި ހަށި ފާރަވެރިންނައް ނުވާވަރު މީނާޔައް ވެގެން އުޅޭ ކަމައްދައްކައިގެން ރައްޔިތުންނައް އޮޅުވާލުން ކުރިއަށް ގެންދޭ އެހެން ވީމަ މަސައްކަތްޕުޅު ބަރާބަރަށް ކުރިއަށް ދަނީ ނޫން ތޯ...

    56
    8
    • ބުރޯ

      ނަޝިދުއަށް ދިން ހަމަލާ ކުއްވެރި ކުރަން. އެކަމަކު ނުވާ ވަރުގެ ބޮޑެތި އަނިޔާ ވެފައި ހުރިކަމަށް ދެއްކުމީ ވަރަށް ހަޑި ކަމެއް. އޭޑީކޭ އިން 16 ގަޑިއިރު ތިއޭޓަރުގައި ސަރޖަރީ އަކަށް ފަހު ސަރޖަރީ އެއް ހަދައި އައިސީޔޫގައި އޮތް މީހެއް އެހާ އަވަހަށް ރިކަވަރ ވާތަނެއް އަދި މިދުނިޔެ އަކުން މަށެއް ނުދެކެން. ވެދާނެ އޭޑީކޭ ހަމަ މޮޅީ ކަމަށްވެސް ސަރޖަރީ ހަދާފަ ރިކަވަރ ކުރަން. ނޫނީ ވެދާނެ ނަޝީދު އަކީ ސުޕަރ ނެޗުރަލް ހީލިން އެބިލިޓީ ހުރި މީހަކަށްވެސް. މީ އަޅެ ހޮލީވުޑް ސުޕަ ހީރޯ މޫވީ އެއްތަ.

  2. ސާޖީލް

    ނަޝީދުގެ ގޮހޮރުފުޅާއި ފުއްޕާމޭފުޅާއި ދެންވެސް ހުރި ގުނަވަންތައް އަދި ރަނގަޅައް ހިނގައިގަންނާން ދުވަސްކޮޅެއް ނަގާނެ. ވީމާ އަރާމު ކުރެއްވުން މުހިންމު. އަދި އެއްވެސް ޒާތެއްގެ ދިލަނަގުވާ ވައްތަރު ބުއިމެއް ނުހިތްޕެވުންވެސް ވަރައް މުހިންމު.ގަވާއިދުން ޑަކްޓަރުގެދޭ ބޭސް ބެއްލެވުމާއި އެކު ސިކުނޑީގެ ހާސްކަން ފިއްލަވައި ނިދިހަމަ ކުރުން މުހިންމު. އަދި ކިވިޑުގެ ނުރައްކާވެސް އޮތަތީވެ މާސްކު ތުރުކުރައްވައިގެން އުޅުން ވަރައް ބޮޑު އިސްކަމެއްގެ ގޮތުގައި ބަލަންޖެހޭ.

    33
    2
  3. ހުދާ

    މީނާ އަކީ އެކްޓިވިސްޓެއް... ސިޔާސީ ގޮތުން ޤައުމެއް ހިންގުމުގެ ޤާބިލް ކަމެއްނެތް.

    47
    4
  4. ހުސޭނުބޭ

    އަނެއްކާ ކޮން މަސައްކަތެއްބާ! ރިހާކުރު އޮލަކުރުންތަ؟ ލޮނުމަސްއެޅުންތަ؟ ފަންގިވިނުންތަ؟

    36
    5
  5. ޑެއިލް

    ޑޮކްޓަރުން ބުނި ހަށިގަނޑު ފޫއެޅިފައޭހުރީ. ހާދައަވަހަކަށް ރަނގަޅުވީ. ކަންތައް ބޮޑުކުރަނީތާ. ދަށްވި ސަޕޯޓްމމިހާރު ލިބިދާނެ

    43
    5
  6. ރައްޔިތުމީހުން

    ސަޗް ރެޕިޑް ރިކަވަރީ.. އިއްޔެ ބުނީ ކިރިޔާ ކިރިޔާ އޯ އޮތީ..

    19
  7. ޒަމީރު

    ހަހަ ހެޔޮ ނުވާނެ އަވަސްކުރައްވާ، މަނިކުފާނުގެ މަސައްކަތް ހުއްޓުނީމަ ގައުމު ވެސް މި އޮތީ ހުއްޓިފަ. އެހާ ވެސް ގައުމަށް ބޭނުން މަސައްކަތް ކުރައްވާ މީހެއް ވިއްޔާ

    10
    4
  8. ކޮވިޑް

    ސިދާ މައިބަދަ ޑްރާމާ ، މަޖިލީސް އަށް ދާ ދުވަހު ގޮޑި ރޭސް ޖާލާ އިރަށް ފިޓް ވާނެ، ދިވެހިން ދަންނަ ޑްރާމާ އެއް ބޮރޯ

    15
  9. އިމްރާނނު

    ސަޕޯޓަރުބް ތިބީ މިކަލޭގެ އާދިމާ އިދިކޮޅައް ޕާޓީގެ ރއީސް އަކީ މީނަ ކަމަކައް ގަބޫލެއްނުކުރެ

  10. އިބްރ

    ރައީސް ނަޝީދު ދެން ރަނގަޅުވާނީ އާއްމުންގެ ތެރެއަށް ނުނިކުންނެވިއްޔާ. އެހައި ހައިރިސްކް ބޭފުޅަކު އޮޑިދޯނިފަހަރަށް އަރުއްވައި ، ސައިހޮޓާ ތަކަށް ވަންނަވަން އުޅުއްވީމާ ދައުލަތުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކަށް ވާނީ ބޮޑު ތަކްލީފަކަށެވެ.

    12
  11. އިބްރާހީމް

    ޑރ. ނިޔާފް ޑައިރެކްޓް ކުރި ޑްރާމާ އެވަނީ ފެއިލް ވެފައި. ވަރަށް ރޭވުންތެރިކަމާއެކު ކުޅުނު ޑްރާމާ ރައްޔިތުން ތިބީ ބަލަން.

    16
  12. ނައު

    އެކްޓިވިސްޓެއްވެސް ނޫން ޓެރަރިސްޓެއް. ރާއްޖޭގައި އެކި ހިސާބުތަކުގައި ހުޅުރޯކުރި ހަނދާން އެބަހުރި.؟..

    15
  13. ޢާއިޝަ

    އެހާ ގިނަ ތަންތަނުން ފޫއެޅުމުންވެސް ހާދަ އަވަހޭ ރަނގަޅުވުލެއް... ހުރިހާވެސް ޝުކުރެއް ޑަކްޓަތުންނަށް..

    9
    1
  14. ޑެޑުއހ

    މުޅި ސަރުކާރު ގަސްދުގައި ރައްޔިތުން ކޮވިޑުގެ މި ނުރައްކާތެރި ހާލަތައް ވައްޓާލީ މަރުވާ ކޮންމެ މީހެއްގެ ޒިއްމާ ސޯލިހު، މައިމޫނާ، ނަޝީދު، މައުސޫމު ނަގަންޖޭހެނެ. މިއީވެސް ޒާތެއްގެ ޓެރަރިސްޓު ހަމަލާ.

    19
  15. މަންޖެ

    މީ އަޅޭ އަރަތެއްތަ؟ މި ހުސްވި މަހު މާލޭގައި މަގޭ ރައްޓެއްސެއް ބިންމައްޗަށްވެއްޓި ހަންމަށާގެން ދިޔަ، އަދިވެސް އެތަން އެއްކޮށް ހަންގަނޑު ނުބެދޭ! ކުރަމަގާލި ލާފަ ހުންނަނީ! އެކަމް މިކަލޭގެ وقتــــــن وقــــــت وقــتن وقـــــت އަށް އެ ރަނގަޅުވީ! މީ ހާދަވަރުގަދަ ފިސްޓަން ހަރުކޮށްފަހުރި ޑިކްޓޭޓަރެކޭ ދޯ؟ ޑކ ނިޔާފް ކޮން ކަހަލަ ރޮންދާއަކުން މިލަކޭގެ ޕޮލިސްކޮށް ކޮންކަހަލަ ޝަރާބަކުން މިހާ ފައްކާކޮށް މިކަން ރަނގަޅުކޮށްލަނީ!މި ކަލޭގެ ހަށިގަނޑު ބަލަންއެބަޖެހޭ! ދިޔާ ހަށިގަނޑެއްވީމަ އެހެންވެދާނެ! ޑކ ބުނީ އެރޭ ނުކައިހުރީމަޔޯ؟ މި އޮއްފަދަ ރޯދަމަހު ރޯދަޔަށް ހުންނަ މީހަކު ހުސްގޮހޮރާ ހުރޭބާ ރޭގަނޑު! މި ފިލްމުކުޅެން ބޮލީވުޑަށް ފޮނުވަންވީ! އެމްޑީޕީ މީހުން

  16. ގާބިރު އިބްނު ބައްތި

    2 ދުވަސް ކުރިން މުޅި ހަށިގަނޑޫ ފޫގޮސްފަ ހުރި މީހަކު އެހާ އަވަހަށް ރަނގަޅުވީ؟ ސާމިޔާ ވެސް ތި ވާހަކަ ގަބޫލެއް ނުކުރާނެ

  17. ނިޔާފާ

    ޑރ. ނިޔާފް އަދި ވިދާޅުވިއޭ ދޯ، އެމަނިކުފާނު ރޯދައަށް ހުރީމާ، ގޮހޮރު ފޫއެޅުމުން ވެސް ނިޖިސް ނުދިޔައޭ ބަނޑުތެރެއަށް. އެކަމަކު ނިޔާފަށް ނޭނގުނީ، ހާދިސާ ހިނގީ ރޭގަނޑުގެ ވަގުތެއްގައި ކަމާ، އެގަޑީގައި އާންމުކޮށް ރޯދަ ހިފާ މީހާވެސް ހުންނާނީ ގަދައަށް ކައިގެން ބަނޑު ފުރައިގެން ކަން. މިދެން، ޑްރާމާ ޖެއްސިޔަސް ބޮޑުވަރު. ހަގީގަތުގައި ރައީސް ނަޝީދަށް ލިބިފައިވާ ގެއްލުން އެބަ ޖެހޭ، ސެނެހިޔާ، ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސްގެން ބަލަން. އޭޑީކޭގެ ޑްރާމާއަށް އިތުބާރެއް ނެތް.

  18. ޢިޔާބު

    ހަމްދަރުދީ ވޯޓެއް ނުލިބޭ ނެ

  19. ޝެއިހް ޝަހީމް

    ރައީސް ނަޝީދު ޝަހީދު ކޮށްލަން ދިން ހަމަލާއިން މާތްﷲ ސަލާމަތް ކުރެއްވީތީ އެކަލާނގެއަށް ހަމުދުކުރަން. އަދި ހަމަލާދިން ފާސިޤުން ނަށް ގަދަފަދަވެގެންވާ އަޒާބު ދެއްވާންދޭ. އާމީން!

  20. ޗަރުކޭަސް

    މިވަގުތު ޕުލޭންކުރަންވީ އަމިއްލަ ފައިދަާއަކައްނޫން ގައުމުގެބހާލަތައް

  21. މަޖީދު

    މިކަލޭގެޔަކަށް އެއްވެސް ކަމެއްނުވޭކަން ނޭގޭ. ކައިރީގަ ތިބި ބޮޑީގާޑުން 1 ގަޑި އިރު ނުވަނީސް ދޫކޮށް މިކަލޭގެ އެކަނިތަ 24ގަޑީގެ އޮޕަރޭޝަން ކުރަންޖެހުނީ.
    ސިޔާސީ ސްޓަންޓް ޖެއްސުމުގަ އަރާހުރި ތަރިޔެއް ތީ. އެންމެ ފަހުންވެސް ބެކްބޯނޭ ކިޔާފަ ގޮސް ގޮނޑިދުއްވަން އޮތީ.
    ފޭކް