ފުވައްމުލަކުން ކޮވިޑް-19 އަށް އިތުރު އެކަކު ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 94 އަށް އަރައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ރޭ އާއްމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި އިއްޔެ ފުވައްމުލަކުން ފައްސިވީ އެންމެ މީހެކެވެ. މިހާތަނަށް އެރަށުން 94 މީހުން ފައްސިވެފައި ވާއިރު އޭގެތެރެއިން 74 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް ޖެހިފައި ތިބީ 21 މީހުންނަށެވެ.

ފުވައްމުލަކުގައި މިހާތަނަށް 5711 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. 2868 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިމަހުގެ 07 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ވެސް ހަފްތާއެއްގެ މުއްދަތައް ކާފިއު އިއުލާންކޮށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ކާފިއު އިއުލާން ކޮށްފައި ވަނީ ރޭގަނޑު 21:00 އިން ފަތިހު 04:00 އަށެވެ. ފުވައްމުލަކުގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

މިހާރު ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ކޮވިޑްގެ ގިނަ އަދަދެއްގެ ބަލި މީހުން އެބަތިއްބެވެ. އޭގެތެރޭގައި ފުވައްމުލަކުގެ އިތުރުން އައްޑުއާއި ގދ.ތިނަދުއާއި ލ.ގަމާއި، ހއ.ދިއްދޫ ހިމެނެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މިހާރު އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ވެސް ހާހަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީ ލޯބި

    އިންޑިޔާ މީހުން އައުންހުއްޓުވާ.. ފޮރިންމިނިސްޓަރާއި ހެލްތް މިނިސްޓަރު އިސްތިއުފާ ދީ..

    އިންޑިޔާ ޓްރާންސިޓް / ކޮރަންޓީން ފެސިލިޓީއަކަށް ރާއްޖެ ހަދައިގެން ދިވެހީންގެ ލޭ ތިބޮނީ.. ދިވެހީން މަރަން ފައިސާ ހޯދަނީ ؟

    ޚައްދާރުވިޔަސް ބޮޑުވަރު.. ޓެކްސް ފައިސާއިން މުސާރަ ނަގައިގެންތިބެ.. ރައްޔަތުން މަރާފައި އެންމެ ނުރައްކާ ކޮވިޑް ރާއްޖޭގައި ފެރުރުނަސް ވަރިހަމަ ކޮށް..

    ތި އުޅެނީ މީހުން އިންޑިޔާ މީހުން ދުބާއީއަށް ފޮނުވާނެ މަގުތަނަވަސްކުރަން ތޯ؟

    އިނޑިޔާބޭން