ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ޝަރީއަތުގައި ވަކާލާތު ކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނިންމަވައިފިއެެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ޒޫމް މެދުވެރިކޮށް ރޭ ބައްދަލު ކުރައްވައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރައްވަން ވަޑައިގަންނަވާނީ ސީދާ ޕީޖީ ހުސައިން ޝަމީމް ކަން ރައީސަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައިގެން މަޖީދީމަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސި ވިލާތުގެ މީހަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

އެންމެ ބޮޑު އަނިޔާއެއްވީ ރައީސް ނަޝީދަށެވެ. ބޮން ގޮއްވާލި ވަގުތުގައި ރައީސް ނަޝީދު ހުންނެވީ އެ ބޮން ހަރުކޮށްފައިވާ ސައިކަލުގެ ވެސް އެންމެ ކައިރީގައެވެ. ރައީސް ނަޝީދުގެ ހަތަރު އޮޕަރޭޝަނެއް އޭޑީކޭއިން ކުރިއެވެ. މިހާރު އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމާލައި، ކުރިއަށް ދަނީ ޒަޚަމްތައް ފަސޭހަވުމުގެ މަރުހަލާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ވެސް ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ކްރިމިނަލް ކޯޓުން ޖަހައިފައެވެ. އެ ތިން މީހުނަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން މި ހަމަލާގައި ޝަމީމް ވަކާލާތު ކުރައްވާއިރު، މީގެ ކުރިން 2008 ވަނަ އަހަރު ހއ. ހޯރަފުށީގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ވަޅިން ހަމަލާ ދޭން އުޅުނު މައްސަލާގައި ވެސް ޝަރީއަތުގައި ވަކާލާތު ކުރެއްވީ ޝަމީމެވެ. އޭރު ޝަމީމަކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ގ74ގދރެ

  ތިމައްސަލައިގަ ހިމެނޭ މީހުންވެސް ތިޔަ ސަލާމަތްވީ. މި ކިބުރުވެރި ބޮޑާ ސަމީމު ގޮސްގެން ކާމިޔާބުކުރެވުނު އެންމެ މައްސަލައެއްވެސް އެބައޮތްބާ؟ އިބްތިހާލުގެ މަންމަގެ ވަކީލު އަދީބުގެ ވަކީލު ސަމީމު

  24
  1
 2. ހުސޭނުބޭ

  ވަރަށް އުންސަރުތައް ގިނަވާނެތާ! ދެން ދެކޮޅު ބަލާފައި ޑީލްއެއް ހެދީމާ އެ ނިމުނީ!

  22
 3. ޑެއިލް

  އާފިޔާގެ މައްސަލައިގަވެސް ވަކާލާތުކުރީ ޝަމީމމް. ޢަދީބުގެ މައްސަލާގަވެސް. ޥިކަމެއްނެތް.

  23
 4. އަޙްމަދު

  ޝަމީމަކީ މާ މޮޅުމީހަކީތަ؟ ޝަމީމްއަށްވުރެ މޮޅު ބޭފުޅުން އެބަ ތިއްބެވި ތި ޕީޖީ އޮފީހުގަ ވެސް
  ޝަމީމް ދިޔައިމަ ވަކި އިންސާފް ލިބޭނެތަ؟
  ބަލަ ތީ ނަޝީދު ކުޅެމުން އަންނަ ފިލްމުގެ ފަހު ބައި
  އެހެންވީމަ އޭނަ ބުނާ ގޮތަކަށް ތި މައްސަލަ ވެސް ނިމޭނީ ، އޭނަ ބުނާ ގޮތައް ނަހަދައިފި ނަމަ ޖޭއެސް ސީގެ ތެރެއިން ގާޒީ ނަޖިސްކޮށްލާނެ

  23
  1
 5. އަސީ

  ރައީސްޔާމީންއައް ދިންބޮމުގެ ހަމަލާގަ ދިފާއީވަކީލަކީވެސް ސަމީމުނޫންތޯ(ފިނިފެންމާދޯނި).

  15
  1
 6. ކޮވިޑް

  ތި އެއްނޫން ކުރަން ވީ ކަމަކީ އުންސުރު ، މިޤައުމަށް މި ނުރައްކާތެރި ދަނޑިވަޅުގައި " އިންޑިއާ ވޭރިއަންޓަކީ މުޅި ދުނިޔެއަށް އޮތް ބިރެއް - ޑަބްލިއުއެޗްއޯ" އިން މިހެން ގޮވަމުންދާއިރުގަ މިޤައުމަށް އިންޑިޔާ މީހުން ނުގެނެއުމަށް ގޮވާލާ ދީބަލަ އާދޭހާ އެކު.

  25
 7. އަހްމަދު

  ދަޢުވާކުރެވޭވަރަށް ހެކިލިބޭނެބާ

  12
  1
 8. އަހައްމާ

  ރައީސް ނަޝީދަށް ދިން ހަމަލާ އާ މެދު ދެރަވެ ކުށްވެރި ކުރަމެވެ. ނަމަވެސް ހިތަށް އަރަނީ
  ނުފޫޒު ގަދަ މީހަކަށް ގެއްލުމެއްވާ އިރަށް އޭނާ އަށް އިންސާފު ހޯދާ ދިނުމަށްޓަކައި މި ގައުމުގެ ހުރިހާ މުއައްސަސާތައް 5 ވަނަ ގިޔަރުގައި މަސައްކަތް ފަށާ ގޮތް. މާލެ ތެރޭގައި ހައްދުފަހަނަޅާފައިވާ މީހުންނާއި ގޭންގު ތަކުން މީހުން މަރައި އެތަށް އަހަރެއް ވީ އިރުވެސް މަރުވީ މީހަކަށް ނުވަތަ އާއިލާ އަކަށް އިންސާފެއް ވެސް ނުލިބޭ. ޕޮލިސް ސާރވިސް އިން މައްސަލަ ބަލާ ބަލާ ނުނިމޭ، ދުވަހަކު ކޯރޓަކުން ގާތިލުންގެ މައްޗަށް ކުށް ސާބިތެއް ނުވޭ. ނަޝީދަށް ހަމަލާ ދިނުމުން، ޕޮލިސް އިންޓެލް ފެއިލްވީ ކީއްވެތޯ ބަލަން ރައީސް އަމުރުކޮށްފި، ނަޝީދުގެ މައްސަލައިގަ ކޯރޓަށް ވަކާލާތު ކުރަން ދަނީވެސް ސީދާ ޕްރޮސެކިއުޓަރ ޖެނެރަލް. އެކަމަކު އާންމު ރައްޔިތުން މަރާ ހުސްކުރާއިރު ރައީސް އަކަށް ނުބެލޭ ޕޮލިސް އިންޓެލް ރަނގަޚުތޯ، ކޯރޓްތައް ރަނގަޅުތޯ އިންސާފު ލިބޭތޯ ބަލާނެ މީހެއްވެސް ނެތް. މި މީހުން ގެ ލަދު ހަޔާތް ކޮބައިބާ ހިތަށް އަރާ ؟ ތިމާގެ މަގާމާއި ހައިސިއްޔަތު ނޭގޭ މީހުން ގައުމުގެ ވެރިންނަށް ލެވުނީމަ ފެންނާނީ މި ކަހަލަ މަންޒަރު.

  23
 9. ޒާ

  ތީދެން ޝައްކެއްވެސް އޮތްކަމެއްނޫންތާ. ޢެއީ އޭފުޅާގެ މަންމަފަދަ ލޯބިވާ ނަޝީދު ކަމަށް ބުނެފަނޫންތޯ ެ އޮތީ

  19
 10. އެދުރުބެ

  ހީހީ ހަލާކު، ބުނާނެ އެކަށީގެންވާ ހެކިނެތޭ ދެން ފިލަން ހަރަށް ވަންނާނީ

  14
  1
 11. އަބްދޫ

  ވަކާލާތަށް ކިކޭ ކިޔާނީ ގާނޫނުއަސަސީގެ 52 ވަނަ މާއްދާގަ ބުނަނީ ފަނޑިޔާރުން އަމަލުކުރަންވާނީ ސަރީއަތުގެ މަޖިލީހުގަ ވެވޭ އިއުތިރާފަށް އެކަނި ކަމަށް ވީއިރު ހެއްކެއްނެތް ދުށް މީހެއްނެތް ގޮވިތަންފެނުނު މީހަކު ނެތް ފެނުނީ ވެއްޓިފައިތް ފިލްމުކުޅުއްވާ ބެފުޅާ.އަޅުގަނޑަށް ވިސްނުނީ ކޯޓަށް ވައްދަންއުޅުނު ދުވަހުގެ ޓީވީ ޑްރާމާ. މިއީވެސް އެފަދަ ތޯއްޗެއް؟

 12. ވަހީދުބެ

  ވަކިބަޔަކަށް ސީދާ ޕީޖީ ވަކާލާތުކޮށްދިނުމަކީ ހަމަހަމަކަން ނެތް މިންވަރު ދައްކައިދޭހެއްކެއް. ޕީޖީއަކީ ވަކާލާތުކުރާ ވަކީލަށްވާގޮތަށް މިވީ ކިހިނެއް؟

  10
 13. ރަސީދު

  ވެންޓިލޭޓަރު ވަގު ޑީލް ހިންގިކަމަށް ތަހުގީގަށް ފެންނަކަމަށް އެންޓިކަރަޕްސަނުން އެަތައް ފަހަރަކު ބުނުމުންވެސް މިނާމީ ކަމުގެ އުންސުރު ނފެނި މައްސަލަ އަނބުރާފޮނުވާލާ އަދި އަދި އެމައްސަލާގަ ނަޝީދު އާ ސިޔާސީކޯޅުމަކަށް ގޮއްސަ ހުރި ބެޑު "އުންސަރު" ޕީޖީ.އަދި މިނާއެމައްސަލައެއް ކޯޓަށް ފޮނުވާފަ ދައުވާއުފުލިފަ ހުރި މިސަރުކާރުގެ ވަޒީރު :"ކަރާ ފަޅާ" ރާއްޖޭން ފިލާދިޔަ މައްސަލާގަ ރައްޔިތެއްގެ ހަމަބުއްދިއަށް ވިސްނޭފަދަ ޖަވާބެއް ނުދެވުނު ޕީޖީ.މީނާ މީ ބޮޑުވައްކަމުގެ ތުހުމަތާ ރިއާސީ ލޯންޗެއް ގޮއްވާލުމުގެ ތުހުމަތުގަ ހުރި ކުރީގެ ނައިބުރައިސް އަދީބު ހިޔާމަޔަތް ކުރަން ގާނުނީ މުޑިވިއްދާފަ ހުރެ އަދި ހަމަ އެއަދީބާ ދެކޮޅަށް މިހާރު ޖިނާއީ ދައުވާކުރަން ވެސް ހުރި ޕީޖީ.ގައުމުގަ މިފަދަ ހާލަކަށް ކަންކަން ގޮސް ރައްޔިތުންގެ އިތުބާރު މީނާއާދޭތެރޭ ގެއްލި ދެން މިމީހުން އެއްވެސް ކަމެއްގަ ދައްކާ އުންސުރަކި ރައްޔިތުން ބަލައިގަން އުންސުރަކަށް ނުވާހިސާބަށް މިފަދަ މީހުން ގެ އަމަލުތަށް ގޮސްފަވާއިރު މިސަރުކާރުން މިފަދަ މިހުން މަގާމުދަ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރައާ އިނާޔަތް ދީފާ ބައިތިއްބަން ޖެހޭނެތޯ؟

  10
 14. Anonymous

  ކޯޓް ގައި ވަކާލާތު ކުރުމުގެ އިޖުރާތާއި ޚިލާފު އަމަލެއް ޝަމީމު ހިންގަން އުޅޭތީ އެކަން ކުށްވެރި ކުރަން

  11
 15. ޢިއްތިހާދު

  ދެންމިބައިގަނޑު އުޅޭފާޑެއް މާގިނަދުވަހެއް އަހަރުތަކެއްނެއް ބޭރުއަރުވާނެ ރައްޔިތުންތިގުރޫޕް ވޯޓްއިންތަޅާ އެކަންފެނިފަވާނީ ނިމިދިޔަ އިންތިހާބުންވެސް

  11
 16. ޗާބީ

  އެތަނުގައި ބައިވަރު މީހުންތިބިއިރު އެހަމަލާ ދިނީ ސީދާ ނަޝީދަށްކަން ސާބިތުކޮށްދެވޭނީ އިއތިރާފު ވެއްޖެނަމަ. ޢެކަމަށް އިންކާރު ކޮށްފިނަމަ ހެކިދައްކައިގެން ވަކިމީހަކަށް ސީދާ އަމާޒުކޮށްގެން ކަމަށް ސާބިތެއް ނުކޮށްދެވޭނެ. އެއްޗެއް ކިޔެދާނެ. ޙުކުމެއްވެސް ކުރެވިދާނެ.