ކޮވިޑް-19 ފެތުރުން އިތުރުވެ ހާލަތު ގޯސްްވި ނަމަވެސް މިއީ އުއްމީދު ކަނޑާލަންވީ ވަގުތު ނޫންް ކަމަށް އައިޖީއެމްއެެޗްގެ އެތެރެހަށީގެެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެެވެ.

ރާއްޖެއިން ފައއްސިވާ މީހުންގެ އަދަދު ކުއްލިއަކަށް އަންނަނީ ބާރު ސްޕީޑުގައި އިތުރު ވަމުންނެވެ. އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އިއްޔެ ވަނީ މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ހާހެއް ގިރާކޮށް 1091 އަށް އަރާފައެވެ. މިއީ މި ބަލީގެ ހާލަތު ފުރަތަމަ ގޯސްވެ ފައްސިވި މީހުންނާ އަޅާ ބަލާއިރުު އެތައް ގުނައެއް އިތުރު އަދަަދެކެވެ.

ޑރ.މުހައްމަަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާާޅުވެފައި ވަނީ، މިއީ ފަހަތަަށް ޖެެހެންވީވަަގުތު ނޫން ކަމަށާާއި ގަދައަޅައި މަސައްކަތް ކޮށްފި ނަަމަ މިބަލިމަޑުކަމުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ ކަމަށެވެ. މި ދަނޑިވަަޅުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ހަތަރު ކަަމެއް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެކަކު އަނެކެއްގެ ހާލު ބަލާ އޯގާތެރިވުމަށާއި، ބަލީގެެ އަލާމާތްތައް ފެންނަ ނަަމަ ފަރުވާ ހޯދުމަށާއި، އޯއާރުއެސް، އަދި ކުރުނބާފަދަ ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން މިކަމާ މެދު ހާސްވެ ކަންބޮޑު ނުވުމަށް ޑރ.މުހައްމަދު އަލީ އިލްތިމާސްކުރެއްވިއެވެ.

އިއްޔެ ރާއްޖެއިން ފައްސިވި 1091 މީހުންގެ ތެރެއިން 933 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 147 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން ހަ މީހަކާއި، ސަފާރީތަކުން ތިން މީހަކާއި، ރިސޯޓް ތަރައްގީ ކުރަމުންދާ ރަށްތަކުން ދެ މީހަކު ފައްސިވެފައި ވެއެވެ.

އިއްޔެ ކޮވިޑަށް ގިނަ ބަޔަކު ފައްސިވެފައި ވީނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް އިތުރު ބަދަލެއް ގެންނާކަށް އަދި މިހާތަނަށް އެޗްޕީއޭ އިން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔުންތެރިއެއް

    މީ ތިބޭފުޅުން ސަރުކާރު ރުއްސެވުމަށްޓަކާ ކުރިކަމެއްނުންތޯ، އަޅުގަނޑުގައިމުވެސް ތިބޭފުޅުންނަށް އުންމީދެއްނެއް.

    10
    2
  2. ޝުކުރިއްޔާ

    މި އީ އަދި އެހެން އިންތިހާބެއް ބާއްވަންވީ ވަގުތު

    10
  3. ކޮވިޑް

    ތިބޭ ފުޅުންގެ މަސައްކަތަށް ޝުކުރު ވެރިވަން ޑރ ޢަލީ. އުމްމީދު ކެޑެނީ "އިންޑިއާ ވޭރިއަންޓަކީ މުޅި ދުނިޔެއަށް އޮތް ބިރެއް - ޑަބްލިއުއެޗްއޯ" މިހެން ބުނަމުންދާ އިރުގަ ވެސް މިސަރުކާރުން އިންޑިއާ މީހުން އައުން ނުހުއްޓުވާތީ ޑރ ޢަލީ، ކޮންމެ ދުވަހަކު ހަތަރު ފަސް ފްލައިޓުން އިންޑިޔާ މީހުން ރާއްޖެ އޮށް އޮހެނީ ، މިވާހަކަތަށް ދައްކަވާ މީސަރުކާރަށް އެގިގެން ކުރުވާކަމެއް، މީ

  4. ލޮލް

    އުއްމީދުގެ ހުޅު ކޮޅު ދިލޭނެ އަނެއް ވޯޓު ލިމަ.

  5. ސިސިލީ

    މުޅި ސަރުކާރު ގަސްދުގައި ރައްޔިތުން ކޮވިޑުގެ މި ނުރައްކާތެރި ހާލަތައް ވައްޓާލީ މަރުވާ ކޮންމެ މީހެއްގެ ޒިއްމާ ސޯލިހު، މައިމޫނާ، ނަޝީދު، މައުސޫމު ނަގަންޖޭހެނެ. މިއީވެސް ޒާތެއްގެ ޓެރަރިސްޓު ހަމަލާ.