ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގދ. ކާޑެއްދޫ އެއާޕޯޓު، ވިލާ އެއާގެ އަތުން އަތުލީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއާޕޯޓް އަލުން ވިލާއަށް ދިނުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލިއެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން 2019 ވަނަ އަހަރު އޮތީ ތާއީދުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލާގައި ފަނޑިޔާރުގެ ސުއޫދުގެ ރައުޔައަށް ފަނޑިޔާރު ޝުޖޫނާއި، ފަނޑިޔާރު މަހާޒް ވެސް ތާއީދު ކުރެއްވިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއް ގޮތަށް ވިލާއިން އަމަލު ކުރަމުން ނުދާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ލިޔެކިއުންތަކަކީ އެ ކަން ސާބިތު ކުރަން އެކަށޭނަ ލިޔުންތަކެއް ނޫން ކަމަށެވެ.

މި ގޮތުން އެއިން ބައެއް ރިޕޯޓްތަކަކީ، ވިލާގެ ވާދަވެރިއެއް ކަމުގައިވާ އައިލެންޑް އޭވިއޭޝަނުން އުފައްދާފައިވާ ރިޕޯޓަކަށް ވުމުންނާއި ރަންވޭގެ ފެންވަރެއް ނެތް ކަމަށް ބުނިއިރު ވެސް އެއާޕޯޓަށް ފްލައިޓްތައް ޖައްސަމުންދާތީ އެ ލިޔެކިއުންތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމުގައި ބެލެވޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެއީ 2016 ގައި އެކުލަވާލި ރިޕޯޓްތަކެކެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އުސޫލުތަކާ ޚިލާފަށް ވިލާއިން އެއާޕޯޓް ހިންގަމުންދާ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރަމުން ދިޔަ ނަމަވެސް އެ ކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމުގައެވެ. އެހެންކަމުން އެ ކަން ޝަރީއަތަށް ސާބިތު ކުރެވިފައި ނުވާތީ، އެ ކަން އެ ގޮތަށް ދިޔަ ކަމަށް ޝަރީއަތަށް ބަަލައިގަނެވެން ނެތް ކަމަށެވެ.

ވިލާއަށް ގެއްލުމުގެ ބަދަލު ދިނުމަށް އެދިފައިވާ ކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ވިލާއަށް ލިބިގެންވާ ކަމަށެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި ވިލާއިން ޝަރީއަތުގައި ދައުލަތުގެ މައްޗަށް ދައުވާ ކުރެވޭވެނެ ކަމަށް ސުއޫދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލާގައި ގެއްލުމުގެ ބަދަލަށް ފައިސަލާއެއް ނުނިންމެވުމަށް ކަނޑައެޅުއްވިއެވެ.

ވިލާގެ ޗެއާމަނަކީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް ވިދާޅުވާ ގޮތުގައި، ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ އޭރުގެ ސަރުކާރާ އިދިކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަތުމުންނެވެ. އެކަމަކު އެ ނިންމުން މި ސަރުކާރުގެ ބަންޑާރަ ނައިބު ދިފާއު ކުރައްވާތީ ގާސިމް ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓުރިނިޓީ

    ވިލާ އަ ކީ ޓްރީނިޓީ ލޯގޯ ގެންގުޅޭ ބައެއް އަދި މެދުގަ އެއީ ކޮން 9 އަދަދު ނެރިފަ

  2. ބަޅ

    މި ސަރު ކާރުގެ މަސައް ކަތަކ ކީ ފައިސާ ޗާޕު ކުރުމަށް ފަހު އެމީހުންގެ އައުވާނުންނަށް ބަދަލުގެ ނަމުގައި ރައްޔިތުންގެ ފައިސާތައް ބެހުން.

  3. މަނީމަނީ

    މިސޭޓާ ހުރެ ބޮޑު އުނދަގުލެއް ސަރުކާރައް ބަލަދުއަރާފަ

  4. ކޮއިފުޅު

    މުޅިިގައުމު ބުރުމާގެ ގޮހޮރަންލެވޭތޯ އަބަދުވެސް ބަލާނެ ގާސިމްގެ ރިސޯޓުއުޅޭ ކުދިންނަން ސާވިސްޗާޖު ދޭގޮއިބަލާލީމަށް އެގޭނެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެއްކަން ބުރުމާ

    6
    1
  5. ސުމައްޔާ

    ސާބަސް ސުޕްރިންކޯޓް.އަދުލު ވެރިވާންވާނެ.ގާސިމް އަތުން އަތުލި އިރު އެއަރޕޯޓް އޮތްވަރަށްވުރެ މިހާރު ހަލަތު ގޯސް.ގާސިމް އަތުން އެއރޕޯރޓް އަތުލީ ސިޔާސީ ބޭނުމެއްގަ.މިފަހުގެ ތާރީޚެއްގަ ކާޑެއްދޫ އާރޯކުރަން މާހިރެއް އައްޔަން ކުރި.އޭނަ އައިސް މަގުތައް ސާފުކޮށްފަ އާރޯކުރި.ކަރަޕްޝަން އިންތިހާއަށް.

    1
    3
  6. މާމީ

    ހިތްފުރޭވަރައް ދީފަ ބަހައްޓާ

  7. Anonymous

    ޢަނެއްކާ ލާރިގަޑެއް ގާންޓެއަށް ދޭންޖެހުނީ ކީއްކުރާނީ ހަމަ ލައްގާ ހުރަޔަށްލައްގާނީ

  8. Anonymous

    ފުރަތަމަވެސް މުއްސަދި ކަމުގެ ފެށުން އިލިޔާސް އާއި މައުމޫ އަދި މިސޭޓާ ވެގެން ސަރުކާރު ދަވާލައިގެން ދެން ޕޯޑިތަކަށް އަރާހުރެ މިކިޔަނީ ކަލޯމެން މުއްސަދިނުވީ ކަންނެއްކަމުންނޭ ހަޔާތް ކުޑަކަން

  9. ޖާބެ

    ދެން ހުރިތަނެއް ވެސް ދީ