ހދ. ކުޅުދުއްފުށީ ގެސްޓުހައުސްއެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި ބެހެން އޮއްވާ ހައްޔަރުކުރީ 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުޅުދުއްފުށީ ގެސްޓު ހަައުސްއެއްގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި، ރޭގެ ވަގުތެއްގައި ވާނީ ފުލުހުންގެެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފަައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މައްސަަލަ އިތުރަށް ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެސްޓު ހައުސްގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގަން އޮއްވާ ހައްޔަރުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ.
ގެސްޓްހައުއެސްގައި ސިފައިންގެ މީހާ ކުޑަކުއްޖަކު އޮތްކަން އެނގިގެން ގިނަ އަދަދެއްގެ ބަޔަކު ގެސްޓްހައުސް ކައިރިއަށް އެއްވެ، އަޑުގަދަކޮށް ސިފައިންގެ މީހާ ގެސްޓްހައުސް އިން ނެރުނީ ރޭ މެންދަމު 02:00 ކަންހާއިރު ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު ގޮސް ގެސްޓްހައުސްއަށް ވަންއިރު ސިފައިންގެ މީހާ އޮތީ ކުޑަކުއްޖާ އާއި ޖިންސީ ގުޅުން ހިންގާށެވެ. ނަމަވެސް މިކަން ރަސްމީ ފަރާތަކުން ކަށަވަރެއް ނުކުރެވެއެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ މުޒާހަރާތައް ވެސް އަންނަނީ ކުރަމުންނެވެ.
ސިފައިންނާ ފުލުހުން އުޅުއްވަނީ ހުރިހާ ކަމެއްގަވެސް ވަރައް ކުރީގަ،
ތިކަމުގަވެސް ކިހާ ތަފާތުތޯ... ބެހުނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާ، އެނުބައި ފާހިސް އަމަލު ހިންގީވެސް ރޯދަމަހުގެ 27 ވިލޭރޭގައި، ތަފާތު ވާނީ ދެން މިހާކަންހާވަރަށް...
މިވެސް މެދުމިންވަރު ކަމަށް ގަބޫލުކުރާންވީތޯ؟...
މިޒާތު ކަންކަމާ އެއްޗެކޭ ނުބުނެހުރެވޭނީ ކިހިނެއް.....
ކުއްޖާކުޑައެއްނޫން 18 އަހަރުނުވަނީތޯއްޗެ
މިސަރުކާރައް ބެލެނީ ކޮންކަމެއްތަ؟ އަބަދުވެސް ހަރުކަށި ފިކުރަކުންނުނެއްޓިގެން އުޅޭބައެއްމީ. މިމީހުންނައް ބިރަކީ ތުނބުޅިޔާއި ފައިކުރި.
18 އަހަރު ނުފުރޭ ދެ ކުދިން ގެސްޓު ހައުސްގަ ނަމަ؟ 18 ނުފުރެއޭ ކިއާފަ ދޫ ކޮއްލާނީ؟
18 އަހަރު ނުފުރުނަސް ބާލިޢުވުމާއެ ކު އެއީ ބޮޑު މީހެއް. އޭނާގެ މައްޗަށް ﷲ ގެ އަމުރު ހިނގާނެ. ސުވާލަ ކީ އެއީ ކިހިނެއް ވީ ކަމެއްތޯ؟ ރުހުމުގާތޯ ގަދަ ކަމުންތޯ ފިރިހެން އަންހެންތޯ މިއިން އެއްވެސް މައުލޫމާތެއް ޚަބަރަ ކު ނެތް..
އިންސާފު ނުލިބުމުގެ ވާހަ ކަދައް ކާއިރު މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހައްޔަރު ކޮށް އިސްލާމީ ޝަރީޢަތުގާ އޮތް އަދަބު ދެވިގެން ނޫނީ ލާހި ކު ކުޅަދާނައެއް ނުވާނެ މި ކަހަލަ ކަންތައް ހުއްޓުވާ ކަށް.
ޒިނޭވެސް ކުރަންވީ ރާވެސް ބޯންވީ ސިހުރުވެސް ހަދަންވީ ރޭޕްވެސް ކުރަންވީ ވައް ކަންވެސް ކުރަންވީ އޭނާވެސް މަރާލަންވީ މަގުވެސް ފޭރެންވީ އަދަބެއް ލިބެނިއްޔަ ކީ ނޫން. އަދަބު ދޭން ތިބި ފަރާތްތަ ކަކކކކ ކީ ހުޅަނގުން ދޭ ސް ކޮލަރޝިޕްތައް ހިފައިގެން އަހިސްތިބި ބައެއް. ދީނެއް މިއްލަތެއް ނުދަންނަ ބައެއް....
ކުޑަ ކުއްޖެ ކޭކ ކިޔާތީ ހިތައްއަރާ ދަންވަރު ގެސްޓް ހައުސްއެއްގައި އޮތްއިރު ކޮބާހޭ މައިންބަފައިން ނުވަތަ ބެލެނިވެރިން ގައިމު ދުވާލު އަޅާނުލިޔަސް ނިދަން އޮތްތޯ ބަލާލިނަމަ މުގޮތަށް ރަށްރަށުގައި އިހުމާލުވާ ކުދިންގެ ކަން ކަން ރަަށުގެ ގިނަ މީހުނަށް އިގޭ ނަމަވެސް އަޅާނުލާ މިފަހަރުވެސް ރަށުން ބޭރުމީހެއްވީމަ މީހުންތިއެއްވީ
ޔަތީމު ކުއްޖެއްތަ؟ ދަންވަރު 2 ޖަހާއިރު ކުޑަކުދިން ގެސްޓް ހައުސްތަކުގައި ތިބޭތަ؟
މިސަރު ކާރައް ތިއޯކޭ ވާނެ. އިންސާފު ގެ ނަމުގަ އައި އަނިޔާ ވެރި ސަރުކާރު
ދަންވަރު 2 ޖަހާއިރު ކުޑަކުދިން ގެސްޓް ހައުސްތަކުގައި ތިބޭތަ؟
ދަންވަރު 2 ޖަހާއިރު ކުޑަކުދިން ގެސްޓް ހައުސްތަކުގައި ތިބޭތަ؟