ހުތުރު ބަހުން ވާހަކަދެއްކުމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސްގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުލާފައިވާ ދަޢުވާ ކުރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މި ދައުވާ ބާތިލުކޮށްފައިވަނީ ހެކި ހޯދާފައިވަނީ ޤާނޫނާ ހިލާފަށް ކަމުގައިވާތީ ކަމަށް ކަނޑައެޅުމަށް ފަހުއެވެެ.

މިއަދު ކްރިމިނަލް ކޯޓުން ނިންމީ މިމައްސަލަ ކޯޓުގައި ބަލާނެ ޖާގައެއް ނެތް ކަމަށެވެ.

އަދުރޭގެ މައްޗަށް ދައުވާ އުުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުުގައެވެ.

ކުރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ، މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާ އާއި ހިލާފަށް ކަމަށެވެ.

މައްސަލާގައި ހިމެނޭ އެންމެ މުހިންމު ދެ ހެއްކަކީ ގާނޫނާ ހިލާފު ދެ ހެކީގެ ގޮތުގައި ޝަރީއަތުން ކަނޑައެޅުމާ އެކު، ދެން އެ މައްސަލާގައި ހިމެނޭ އެހެން ހެކިތަކަކީ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ނުފެންނަ ކަމަށް ވެސް ގާޒީ ވަނީ ނިންމަވައިފަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މައުޟޫއީ ގޮތެއްގައި ޝަރީއަތް ހިންގޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތައް އަދި އޮންނާނެއެވެ. ނަމަވެސް މައްސަލަ އިސްތިއުނާފު ކުރާނެކަން ނުވަތަ ނޫންކަން އަދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިއުލާނެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙަބޭ

  ދެތިން ދުވަސް ކުރިން ދިވެހި އިސްޒަތްތެރި ވެރިންނަށް ވަކި ވަކިން ހަޑިހުތުރު ބަހުން، ވެރިއެއްގެ ދަރިޔަކު މުޢާމަލާތްކޮއް ޓްވީޓްތަކެއް ކުރި، ދިވެހި ރައްޔިތުން ހެކިވާނެ އެކަމަށް، މި މައްސަލަ އެއް ނުބެލޭނެ ދޯ

 2. ޒާ

  އެވަރު ކަމެެްގާ ދައުވާކުރީ އެހެންތާވާނީ އެމްޑީޕީ މީހުންނަކީ ހުތުރު އެއްޗެއްނުކިޔާ ނުލާހިކު އަޚްލާޤް ރަނގަޅު ސޯލިހުބައެއް ވިއްޔަ

 3. ޤާ ޒީ

  މަތި މައްޗަށް ޓިނު ޖެހީ ދޯ؟

  4
  9
 4. ބަކުރުބެ

  ރިޝްވަތުގެ ހުތުރު ޢަމަލު

  4
  6
 5. ޢަލީ

  މިހާ ތާ ކުން ތާ ކު ނުޖެހޭ އަންޕްރޮފެޝަނަލް ޕީޖީ އެއް ނާދޭ. ސިޔާސީ ބޮޑުން ބުނާ ގޮތަ ކަށް ދައުވާ ކޮށް ވަ ކި ބަޔަ ކަށް މޮޅުވާގޮތައް ކަން ކުރަމުން ދަނީ. ލަދެއް ހަޔާތެެއް ނެތް. އަދުލު އިންސާފަ ކީ ނެތް އެއްޗެއް.

 6. ބްރެޑްޕިޓް

  ޑީލް ހަދާ މިއޮތް ނިމުނީ.... ބަރުލަމާނީ އަންނަން އުޅޭހެން ވަރަށް ބޮޑަށް ހީވާން ފަށާފި

 7. ޙެހެ

  ޅ.ަތޮޅުމީހުންނައް އަދުރެއަކީ ކާކުކަމެއް ވަރައް ރަނގާޅަކައް ނޭނގޭ. ޙަބަރު ކިބޭގޮތުގައި......

 8. ހާލުގެދުލުން ދިވެހި ޤައުމު

  ދިވެހިރާއްޖޭގާ ބޮޑުން ހިންގާފާވާ ބޮޑެތި ޖަރީމާތަ ކުގެ ހައްޤު ހޯދާދެވިފައެއް ނެތް. އަބަދުވެސް ކޮންމެސް ސިޔާސީ މަޤްސަދެއްގާ އެވާހަ ކަތަށް އެއްފަރާތްު ކުރަމުން ކޮންމެ ބަޔަ ކުވެސް ބޭނުން ކުރާ ސިޔާސީ ހަތިޔާރަ ކަށް ހެދީމާ ދެންވާގޮތަ ކީ އެފަދަ ކަންތައް ހުއްޓުވުމުގެ ބަދަލްގާ ދުވަހުން ދުވަހަ ކަށް އިތުރުވަނީ. ޤާނޫނުގެ ކުރިމަތީގާ ސާލިހެ ކޭ ޔާމީނެ ކޭ އެންމެ އާދައިގެ ރައްޔިތެ ކޭ ވާނީ ހަމަހަމަ.
  ދަންނަވަން މި އުޅޭ އެއްޗަ ކީ ހައްޤު އަދަބު ކުށް ކުރާ މީހުންނަށް ލިބިދެވެންޏާ އެ ކަން ކަމުން އަރައިގަންނަން ފުރުސަތު ލިބިގެންދާނެ.
  ﷲ ގެ ޙު ކުމާ ޝަރީޢަތް ތަންފީޒު ނުވާ ތަނެއްގާ ހަމަޖެހުމެއް އަމާން ކަމެއް ސުލްހަ މަސްލަހަތެއް ނޯންނާނެ...
  މިސާލަ ކަށް ﷲ އަންގަވަނީ ވައް ކަން ކުރާ މީހާގެ އަތް ކަނޑާށޭ. އަހަރުމެން މި ހަދާ ގޮތަ ކީ އެހެނެއް ނޫނޭ އޮންނާނީ 3 އަހަރަށް ޖަލަށްލީމާ އެހެންޏާ ގޭބަންދަށް އެހެންޏާ އަރުވާލީމަ ކަމުދާނޭ. މިފަދަ އަދަބުތަކ ކަށް ﷲ ގެ ޝަރީއަތް ތަންފީޒުވެގެން ނުދާތީ މުޖުތަމައު އެ ކީއެ ކަށް ބަރުބާދުވެފާ މި ވަނީ.
  މިސާލަ ކަށް އެއް ފަހަރުނަމަވެސް ވައް ކަމުގެ ކުށް ސާބިތުވެ އަތް ކަނޑައިފީވިއްޔާ ވައް ކަން ކުރާ މީހާވެސް ޖެހިލުންވާނެ ދެއްތޯ އެފަދަ ކަމެއް ނު ކުރާން...

 9. ަވެރިންނަށް

  ކަލޭމެން މިއަދު ވެރިޔާކ ކައިރިޔަށް ގޮސް ވަގުވަގުން ވާތްފަރާތުން ގޮސް މައްސަލަ ނިންމާލިޔަސް ހަނދާން ކުރާތި މާދަމާ ﷲ ގެ ދަރުބާރުގާ ކޮޅަށް ތިބޭ ދުވަހު ތިޔަގޮތަށް މައްސަލަ ނިންމާނުލެވޭނެ ކަން....