ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ހަފުތާ ބަންދުގެ ތެރޭގައި ބޮޑު ނިންމުމެއް ނިންމައިފައެވެ. މަޖިލީހުގެ އިދާރާއަށް ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތަކުގެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ލިބިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެ ދުވަހުގެ ރޭ ބޮޑު ހަމަލާއެއް ދެވިގެން، އޭގެ ތަހުގީގަށް ވެސް މި ކޮމިޓީން ދަނީ ފާރަވެރިވަމުންނެވެ.
އެކަަމަކު ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީތައް ދާނީ ސިއްރުންނެވެ. މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާ ވެސް ސިއްރުން ގެންދާން މަޝްވަރާ ކުރެވުނެވެ. އަދި އެމްޑީޕީގެ މެންބަރުން ވަނީ ޚިޔާނާތުގެ ލިސްޓު ސިއްރު ކުރުމާއި ލިސްޓު ދިރާސާ ކުރުމުގެ މަރުހަލާ ސިއްރު ކުރުމަށް ވަކާލާތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. މި ދެ މައްސަލައަށް އިސްކަން ދޭން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އަދި މި ގޮތަށް ސިއްރުން ގެންދަން ވެސް ހުށަހެޅުއްވިއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ އެ ކަމަށް ވަކާލާތު ކުރައްވައިފައެވެ.
"މިއީ ރައީސް [އިބްރާޙީމް މުޙައްމަދު ޞާލިޙް] އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއްގައި ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މި ދައްކަނީ. ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ވާހަކަ. އަދި ބައެއް މައްސަލަތަކަކީ އަދި މައުލޫމާތު އެބޭފުޅުން ހޯއްދަވަމުން ގެންދަވާ ނަންތަކެއްގެ ވާހަކަ. މިކަހަލަ ނަންތަކެއް އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހާމަކޮށްގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކޮމިޓީގައި ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
މި ޚަބަރުތައް ރާއްޖޭގެ ނޫސްތަކުން ޝާއިއުކޮށްފައިވާއިރު، މީސް މީޑިއާގައި އާންމުންގެ ބައެއް މީހުނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އެ ލިސްޓު ހާމަކުރުމަށް ގޮވާލާ އަޑު އަނެއްކާ ވެސް މީސް މީޑިއާގައި ވަނީ ގަދަކޮށްލައިފައެވެ.
ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާޙީމް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނުތަކުގައި ޤައުމީ ސަލާމަތް ކަނޑައަޅާފައި ނުވާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުގައި ސިއްރު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ވިދާޅުވިއެވެ.
"މަޖިލީހުގައި ހިނގާ ހުރިހާ ކަމަކީ ދަފްތަރު ކުރެވި އާންމު ކުރަން ޖެހޭ ކަންކަން، ކޮމިޓީތައް ބާއްވަން ޖެހޭނީ ހުޅުވާލައިގެން،" އިބްރާގެ ޓްވީޓްގައިވެއެވެ.
Qaanoonugai qaumee salaamaiy kamah kan'da alhaafai neiy evves kameh, @mvpeoplesmajlis gai sirreh nukureveyne. E ee kan'da elhigen QA aai khilaafuvun. Majlihugai hin'gaa hurihai kamakee dhaftharukurevi a'ammu kuranjehey kankan. Committee thah baavvan jeheynee hulhuvaalaigen.
— Maverick Ibra (@ibramandhu) May 8, 2021
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަ ކުރަން ޖެހޭ ކަމަށެވެ. ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންނާއި ތުހުމަތުވާ ބޭފުޅުން ވެސް ސާފުވެފައި ނެތުމުން އޭގެ ބަދުނާމާއި ނަފްރަތު އާންމުންގެ ތެރެއިން ވެސް ކަމާ އެއް ގޮތަކަށް ވެސް ޝާމިލްނުވާ މީހުނަށް އަމާޒުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެތައް ކަމާ ނުބެހޭ މީހުންގެ ބޮލުގަ ވަގު ބަދުނާމު އަޅުވާތީ ކިތައް ދުވަސް މި ވަނީ. ތީގަ ކުށްވެރިވާ ބައެއްގެ ނަން ވިއްޔާ ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް މި ކުރާ ބަދުނާމު ނުހުއްޓުވޭނެ،" ރޮޒައިނާގެ ޓްވީޓްގައިވެއެވެ.
Haama kuran eba jehey. Ethah kamaa nubehey meehunge boluga vagu badhunaam alhuvaathaa kithah dhuvas mivanee. Theega kuvverivaa baehge nan viyyaa haama koggen noonee siyaasy beynumah mi kuraa badhunaamu nuhutteyne. https://t.co/t7FemaqBoi
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) May 8, 2021
އަހްމަދު ޝިޔާމް ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ އެމްޑީޕީގެ ހަގީގީ ފެންވަރު މިހާރު ފެނިގެންދާ ކަމަށެވެ. އޭނާ ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެ އެ ފައިސާ އެތައް ބަޔަކަށް ބަހައި ދައުލަތުގެ ތެރެއިން އެކި އިންތިޒާމުތައް ހަމަޖެއްސިކަން އެއީ ކޮންމެ ރައްޔިތަކަށް ވެސް އެނގޭ ކަމެއް ކަމަށާއި އިތުރަށް ލިސްޓު ފޮރުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ދެން އިތުރަށް ފޮރުވައި ކަންކަން އޮޅުވާލަން ޖެހޭ ސަބަބެއް ނެތް، ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް ފެއިލް، ރައްޔިތުންގެ މަޖިލިސް ފެއިލް، ސަރުކާރު ފެއިލް، އެމްޑީޕީ ފެއިލް،" އޭނާ ލިޔެފައިވެއެވެ.
ޖެނިފާ ލަތީފް ކުރި ޓްވީޓެއްގައި ބުނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ވާހަކަތައް އާންމު ނުކުރާނެ ކަމަށެވެ. އެއީ ކުރީގެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވިޔަސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަމުގައި ވިޔަސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް ކަމުގައި ވިޔަސް އެ ކަން ކުރުމުގެ ނިޔަތް އޮތް ތަނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
"ހުރިހާ ޕާޓީއެއްގެ މީހުން އޭގައިވޭ، އަދި އޭގެ އިތުރުން، މުއްސަނދިންނާއި، މުއައްސަސާތަކުގެ ވެރިންނާއި، ސިފައިންނާއި، ފުލުހުންނާއި، އަދި އާންމުންގެ ތެރެއިން ވެސް މީސް މީހުން ވާނެ،" ޖެނިފާގެ ޓްވީޓްގައިވެއެވެ.
MMPRC ge vaahaka eh beyreh nukuraane’... YAG, MAG, Qasim, Ibu adhi Anni viyas! Huriha party eh ge meehun eyga vey. Adhi eyge ithurun, muhsandhinna, mu’ahsasa thakuge verin na, sifainna, fuluhunna, adhi aamun thereyn meesmeehun vaane!
— Jenny Latheef #RiseRT 🇲🇻 (@LitmusTimes) May 10, 2021
MMPRC vahkkan dhaulathuge sihrakah vejje!!!
— Azim (@xeroazim) May 10, 2021
އައިމިނަތު ވިލްމާ ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ކަމުގައި ވިޔަސް، އަދި ދައުލަތުގެ އެތެރެއިން މި ގޮތަށް ރޭވިގެން ހިންގާ ބޮޑު ޚިޔާނާތްތަކުގެ ހަގީގަން ހޯދުމަށާއި އޭގައި ބައިވެރިވާ މީހުންގެ ނަތްތައް ހާމަކުރަން ގޮވަމުން އަބަދުވެސް ދާނެ ކަމަށެވެ.
"މެންބަރު ޙަސަން ލަތީފު ކޯއްޗެއް ފޮރުވަން ތި އުޅެނީ، މުޅި ބޮޑު ހެންވޭރަށް ހުރި ލަދަކަށްނު ތިވީ، އަސްލު އެމްޑީޕީ ނޫން ތަންކޮޅެއް ފެނޭބާ،" ވިމްލާ ބުންޏެވެ.
MMPRC viyas dhaulathun vahkan kureema ehoadhaashey, emeehun haamakurashey govaanan. @HassanLatheef koncheh foruvan thiulhenee. Mihaaru thi vanee maasingaa henveyrah huri ladhakahnu. Aslu MDP noon thankolhu feneyeba.
— Aminath Wimla (@awimla) May 10, 2021
މީސް މީޑިއާގައި ދަނީ މީގެ ކުރިން މެންބަރު ޙަސަން ލަތީފްއާއި މެންބަރު އީވާ އަބްދުﷲ ދައްކަވާފައިވާ ވާހަކަތައް ވެސް ދައުރުވަމުންނެވެ. އޭރު ޙަސަންއާއި އީވާ ހިމެނޭހެން އެމްޑީޕީގެ މަޖިލިސް މެންބަރުން ގޮވާލައްވަމުން ގެންދެވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމަށާއި އެ ލިސްޓު އާންމު ކުރުމަށެވެ. އެ ކަމަށް ގޮވާލައި ކުއްލި މައްސަލަތަކާއި ގަރާރުތަކާއި އެތައް ސުވާލެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، މިއަދު މި އެންމެންގެ ރާގު ވަނީ ބަދަލުވެފައެވެ.
ރައްޔިތުން އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުން ވަނީ ލިސްޓް ފެނިލާށެވެ. "ވަގު ހިފަން" އައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން "ވަގުންގެ ދަށަށް" ދިޔައީ ހެއްޔެވެ؟
ވަކިބަޔަކު ސަލާމަތް ކުރަން ކުރާ ކަމަކަށް ވެދާނެ އެވެ.
މި ހަސަންލަތީފަކީ މަކަރުވެރިއެއް މަކަރާޖަހައިގެން މުޅިމަޖިލިސް އާއި ހިޔާނާތުގެ ލިސްޓާއި މުޅިދުނިޔެވެސް ކާލާ ދިރުވާލައިފި އަށްސަރިބަހާއި ސާބަސް މަޖުލީހުގެ ނައިބުރައީސްގެފަރާތުން އަރިޝް ކުރަން.
ވަގުން ވަގު ހޯދަން ޖެހުނީމަ ވާނެގޮތް މިވަނީ.އެމްޑީޕީ އިން އެމްއެމްޕީއާރުސީ ކިަޔައިގެން މިވާހަކަދައްކަނީ ރަނގަޅު ނިޔަތެއްގަނުން.އަބަދު ޔާމީން އެއްމިލަޔަން ޑޮލަރުގެ ވާހަކަ.އެކަމަކު މިހާރު ރައްޔިތުންނަށް އެނގިއްޖެ.ޔާމީން ނޫންކަން ވަގީ.ޔާމީން ޚިޔާނާތް ތެރިވިއޭ ތިބުނާ ރުފިޔާ ސަރުކާރަށްވެސް ލިބިއްޖެ.އެކަމަކު މި ވަގުންތައް ދިރުވާލި ރުފިޔާ ނުލިބޭ.މިހާރު މިއޮތީ ޔާމީން ސަރުކާރާ ކައިރި ކުރާ ވަރުގެ ސަރުކާރެއްވެސް ނުން.މި ވޮވިޑާއި ގުޅުވައިގެން އެކިގޮތްގޮތުން މިގައުމު ދިރުވާލައިފި.ދައުލަތުގެ މިލްކިއްޔާތާއި ބޭރުގެ އެހީތައް ބަނޑު އަޅައިފި.
ޔާމިނު ނުހަދަ އެއްޗަކައް ފެންތައްޓަކާނުލާ ބުއްޅަ މެން ދިރުވާލީ މުޅިގައުމު. މިހާރު މޮޅެތި ޑުރާމާތައްކުޅެނީ ރައްޔިތުން މިތިބީ ވ ކައިރިން ބަލަން
ތިޔަލިސްޓުގާވާ އެންމެން 5 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލާ 5މިލިޔަން ފަހަރު ހަށްދު ޖަހާ 5 މިލިޔަން ފަހަރު 'ވަށްކަން ކުރީކަމަށް 'މިހެން އަތުން ލިޔުމަށް އެއްބަސް ކުރުވާ ދައުވާކުރުމަށް ގޮވާލަން.
އަހަރުމެން ރައްޔިތުން ވޯޓުން ޖަވާބު ދޭނަން. ތިތާންގައި ތިތިބީ އޭގެ މަންފާ އެކި ގޮތް ގޮތުން ލިބިފައިވާ މީހުން.
އޭގަ އޮތީ އެންމެ ނަމެއް....200 ފަހަރުވެސް ލިޔެފަ އޮތީ ޔާމީން...
އެހެންވެގެން ލިސްޓް ނުނެރެވިގެން އުޅެނީ
ތިފޮޓޯއިން ތިފެއްނަނީހުސް އެލިސްޓުގަ ނަންއޮތްމީހުން.
ހާމަނުކޮށް ނޫޅެވޭނެ ހާމަ ކުރަން ޖެހޭނެ. ވައްކަންކޮށްފަ ރައްޔިތުންނަށް ފިލާގެން ނޫޅެވޭނެ. ހުސްވަގުން
މިިިމީހުބްވެސް އޭގެ ނާޖާއިޒު ފައިދާ ނަގާފަ ހުރީ ނޫނީ އެފައިސާ ބޭނުންކޮށްފަ ހުރީ ވ.ސާފު ހުސް ވަގުންނާ ޙިޔާނަތްތެރިންނަ ޤައްދާރުން ، ރައްޔިތުންނައް ޙަރާންކޯރު ވާނީ މިވަރަކައް ކޮބާ ރީނދޫކުދިން ޒީރޯ ޓޮލަރަންސް ދެން އަތްޖަހާ
ހައްހައްހާ ހުސް ވަގުން ހުސް ވަގުން ހުސް މަކަރުވެރި ހީލަތްތެރިން ރައްޔިތުން ގުންބޯހެއްދުން .
ކޮބާތަ މޯޅު ވާހަކަ ދެއްކިމީހުން
މަގުމަތިން ގާނޫނު ކިޔަވައިގެން އައީމަ ވާ ގޮތަ ކީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިސްލާމީ ގައުމެއްގެ ރައްޔިތުންމަޖިލީހަށް ކީއް ކުރަން ވެރި ކަމުގެ ނިޒާމުގެ ތެރެއަށް ލަންވެސް ހެޔޮ ނުވާނެ.
ޜައްޔިތުން ގާތަށްވޯޓް ހޯދަން ލަދުހަޔާތް ނެތިގެން އަންނާނެ. 2023 ގއި ނަތީޖަ އިންޝާﷲ މި ބައިގަނޑު މަގުމަތި ކުރަން ޖެހޭނީ
ޓިމައްސަލަ ބަލަން ރައްޔިތޔުން އެބަޖެހޭ ނިކުންނަށް މަޖްލިސްއަކަށް ކޮމިސަނަކަށް ތިކަމެއްނުވާނެ
މިމީހުން ނުވޭދޯ ކުށްވެރިއެއް
ރައްޔިތުން މަޖިލީހަށްގޮސް މިމައްސަލަ ބަލަން އެބަޖެހޭ މިމީހުންނަކަށް މިކަމެއް ނުވިއެއްނު؟
ލިސްޓު ފޮރުވާނެތާ ލިސްޓު ލިބުނުއިރު އޮތީ އަތަށް ގޮވާފަ.
މީ ޔާމީނު ކޮއްގެން އުޅޭ ކަމެއް ނޫންތާ. މީ ސިޔާސީ އެންމެންވެގެން ކޮއްގެން އުޅޭ ކަމެއް އަދި މީގެ ފައިސާ މިއެންމެންނައް ބަހާ ކާގެން ތިބިބައެއް. އެހެންވެ ސިއްރުކުރަން މަޖުބޫރު ވެގެން މިއުޅެނީ. މަރާލެވުނު މީހުންގެ ތަހުގީގް ނުނިމިގެން ވެސް މިއުޅެނީ މީގެ ކަމެއްބާ؟؟؟
ދެންމަވެރިކައް އައިސް ތިލިސްޓް އާމުންނައް ދޭނަން
އެމްއެމްޕީއާރުސީގެ ޚިޔާނާތް ކަމުގައި ވިޔަސް، އަދި ދައުލަތުގެ އެތެރެއިން މި ގޮތަށް ރޭވިގެން ހިންގާ ބޮޑު ޚިޔާނާތްތަކުގެ ހަގީގަން ހޯދުމަށާއި އޭގައި ބައިވެރިވާ މީހުންގެ ނަތްތައް ހާމަކުރަން ގޮވަމުން އަބަދުވެސް ދާނެ ކިހިނެއްތޯ ލިސްޓްހާމަކުރާނީ ނިމިނުއިރު އަލީއާޒިމް މަހުލޫފު އިބޫ އަންނި މިހެންގޮސްކިޔާނެ ކަމެއްނެއި ހުރިހާ ވުޒާރާއެއްގެބޮޑުންވެސް މިހަރުލިސްޓް ހުލާސާކުރަނީ ވީއެންމެއަވަހަކައް ރައިޔަތުންނައްދަކާނަން.......
ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ
ހުރިހާ އެންމެންވެސް ރާވައިގެން ރައްޔިތުންގެ ލާރިގަނޑު ކަނީ!! ވެރިކަން ހޯދަނީ އެބޭނުމުގައި ސާބަހޭ!! ކުރިއަށް ކުރިއަށް،،،،،،،،،
މިހާރު އެނގިއްޖެ ރައީސް ޔާމީނު ނޫންކަން ވަށްކަން ކުރީ ސޯލިހުގެ ވެރިކަން ހިންގަން ލަދުން ރައީސް ޔާމީނު ހަށްޔަރު ކުރީ ..
ރައީސް ޔާމީން ހަށްޖަށްދުރުވި ވަގުތުގެ ދަނޑިވަޅުބަލާފަ ލާރިގަނޑު ބަހާލީ މިކަމުގެ ފަނިއެޅުވީ ނަޝީދު.
ތި އާންމު ކުރާނީ ކިހިނެއް.. ތިތާތި ތިބި އެންމެންގެ ނަން އޮންނާނެ ތީގަ
ފޅާއަރާފަ އޮއް ނަންލިސްޓެއް މިހާރު ސިއްރުކުރުމުގެ ބޭނުމަކީ ކޮބައިބާ؟؟ ތިޔައީ ސައްހަ ލިސްޓެއްނަމަ އެ ފައިސާ ބަސްތާ ތަކުގެ ރަހައަށް މުލުވަގު އަދީބު ކިޔަމަންކުރުވާފައިވާ ފަނޑިޔާރުންތަކާއި މަޖިލިސްގެ ކުރީގެ އަދި މިހާރުގެ މެންބަރުންގެ އިތުރުން އެއްމެ ފުރަތަމައައް އޮންނާނީ ރައީސު އިބުރާހީމް މ.ސާލިހުގެނަން، އެއީ މުލުވަގު އަދީބު އެއްމެ ގިނައަދަދަކަށް ޑޮލަރ ދިނީ އެމަނިކުފާނައްކަން އަދީމުގެ ދުލުން ބުނެ ޕަބުލިކަށް ހާމަކޮށްފައިވަނީ އަދި އެލާރި ދަބަސް ރ.އ. ސާލިހު އަމިއްލަފުޅަށް ގެންދިޔަތަން ވީޑިއޯތަކުންނާއި ސީސީ ކެމަރާތަކުންވެސް ރައްޔިތިންނަށް ފެނިފައިވަނީ، ވީއިރު ތިޔަ ރިޔާސީކޮމޮޝަނަށް އިންސާފުވެރި ތަހުގީގެއް ހިންގަން ނުކެރޭނެކަން އިނގޭ
ސިއްރުކުރަނީ ކީއްކުރަންތަ؟
ރައްއިތުންނޭ ދެން މިމަޖިލިސް މެންބަރަކު މަގުމަތިން ފެނިއްޖިއްޔާ ގޮވަންނީ ވަގު ކުރިޔަލާފައި އޭރުން ސައިޒުވެދާނެ
މިރައްއިތުންގެ މަޖިލީހާ މެދު ސުވާލު އުފެދޭ ރައްއިތުންނައް މިމީހުން ކަމެއްކޮއްދެވިދާނެ ކަމާމެދު
މާތެދުވެރިކަމަށް ހެދިގެން ފާޅުކަންބޮޑުކޮށް ވަކިމީހެއްގެ މައްސަލަބަލައިޙައްޤުނުވާ ޙުކުމެއްކޮށް އުފަލުގައި ޕިއްޒާކައި ނެށުމަށްފަހު އެލިސްޓްގެ އިތުރުމީހުން ސިއްރު ކުރުން ޖޯކަކަށް ވަނީ
ޔާމީނުގެ ނުބައިކަމަކީ ރައްތުން އިތުބާރުކޮއް ރައްތުންގެ ވެރިޔަކަން ހޮވީމަ ރައްތުންގެ ފައިސާއިން ވައްކަންކުރީމަ އެޔަކީ ކުޑަމެއްނޫން ނަސީބޭނޫން މިތާ އަތް ނުކަނޑާކަން
ރަތްވިޔަސް ފެހިވިޔަސް އަހަރުމެންޖެހޭނީ ހަމަތެޅިތެޅި ތިބެން....
ވަގު ހިފަން އައި މީހުންތިބީ ވަގު ނަގޫ ފިތިފަ
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާހާވެސް މިސިޔާސީ މީހުނަށްވެގަނެގެން އުޅެނީ !
އަންދާ ގަނޫނު......ލަަރި ކާާގެން މަޖްލީސް ތެރޭތިބެން ލަދުކޮބާ. މްޑީޕީ ގެމެމްބަރުން ލަދުކޮބާ ހުސް ވަގުންގެ ޕާޓީއަކީ މްޑިީޕީ..........
ތީގަ އޮތީ ޔާމީނާ އެބޭފުޅާގެ އާއިލާ ބޭފުޅުންގެ ނަންތައް..އެހެންވީމަތަ އެބޭފުޅާއަށް ޙުކުމް އިއްވީ